ބާޒާރުގައި ތަކެތީގެ އަގުތައް އުޅޭގޮތަށް ބަލާއިރު ލެޓިއުސްގެ އަގަށްވަނީ ކުރިން ހުރި އަގާ އަޅާބަލާއިރު ހެޔޮ ބަދަލެއް އައިސްފައެވެ. ރޯމަ މަހުގެ ފުރަތަމަ ދުވަހު ލެޓިއުސް ކިލޯއެއް ލިބެން ހުރީ 250 ރުފިޔާ އަށެވެ. ނަމަވެސް މިހާރު ލެޓިއުސް ކިލޯއެއް 150 ރުފިޔާ އަށް ލިބެން އެބަ ހުއްޓެވެ.

ރޯދަމަހު އާންމުގޮތެއްގައި ހުރިހާ ގެތަކުގައިވެސް އެންމެ ގިނައިން ބޭނުންކުރާ އެކައްޗަކީ ފަތްޕިލާވެލީގެ ބާވަތްތަކެވެ.ދިވެހިން އާންމުގޮތެއްގައި މަސްހުނި ނުވަތަ ސަޓަނި ހެދުމަށް ބޭނުންކުރާ ކޮޕީފަތް މިއަދުވެސް ވިއްކަންހުރީ ރޯދަމަހުގެ ފުރަތަމަ ދުވަހެކޭ އެއްއަގެއްގައި ފަނަރަ ރުފިޔާއަށް ބޮނޑިއެކެވެ. އެކަމަކު ބައެއް ގޮޅިތަކުގައި 20 ރުފިޔާއަށް ވެސް ކޮޕީފަތް ބޮނޑިއެއް ވިއްކަން ހުއްޓެވެ. އަދި ކުއްޅަފިލާފަތް ބޮނޑިއެއް ބައެއް ގޮޅިތަކުގައި 10 ރުފިޔާއަށްވެސް ވިއްކަން އެބަހުއްޓެވެ.

މިރުހުގެ އަގަށް ބަލާލާއިރު ކަނޑޫދޫ މިރުސް ކިލޯއެއް އަދިވެސް ލިބެންހުރީ 600 ރުފިޔާ އާއި 700 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ. ނަމަވެސް ލަންކާ މިރުހާއި ޔުގެންޑާ މިރުސް މިރުހުގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. އެގޮތުން ލަންކާ މިރުސް ކިލޯއެއް 50 ރުފިޔާ އާއި 100 ރުފިޔާގެ އަގެއްގައި ލިބެން އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު