މާލޭއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ދަށުން، މާލޭގައި ވެހިކަލް ލިމިޓް ކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިކަން ހާމަކުރައްވާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު، ޝަމާއު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވެހިކަލް ލިމިޓް ކުރުމަށްވެސް މަސައްކަތް ކުރެވޭ ކަމަށެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންގެ އިދާރާ އަދި ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ދާދި އެވަހަށް އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ، ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ މާލެއަކީ ދިރިއުޅެން ފަސޭހަ ފެހި ތަނަކަށް ހެދުމަށް ކަމަށެވެ.

"ވެހިކަލް ލިމިޓް ކުރުމަށްވެސް މަސައްކަތް އެބަ ކުރެވޭ. ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން އަދި ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. ދާދި އަވަހަށް އެކަންވެސް ވާނެ. އަޅުގަނޑުމެން އެންމެންވެސް މަސައްކަތް މިކުރަނީ މާލެ އަކީ ދިރިއުޅެން ފަސޭހަ ފެހި ތަނަކަށް ހެދުމަށް،" ޝަމާއު ވިދާޅުވިއެވެ.

ތޮއްޖެހިފައިވާ މާލެއަށް ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެހިކަލްޕާކު ކުރުމުގެ މައްސަލައެވެ. މި މައްސަލައަށް ހައްލު ގެނެއުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ހުސް ބިންތަކުގައި ޕާކިން ޒޯނުތައް ތަރައްގީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

އެގޮތުން ދާދި ފަހުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ކޮށްގެން މާފަންނުއާގޭގެ ބައެއް ތަޅާލައި ޕާކިން ޒޯންއެއް ހަދަން ނިންމާފައިވާއިރު، އިސްލާމީ މަރުކަޒަށް ނަމާދަށް ދާ މީހުންނަށް ހާއްސަކޮށްގެން ކަޅުވަކަރު މިސްކިތް ބަހައްޓަން ހުސްކުރި ދިރާގު އިމާރާތް ކުރިން ހުރި ބިމުގައިވެސް ޕާކިންގް ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޫސަ

    މިހާރުވެސް ދިވެހިންނަށްވުރެން ގިނައީ ބޭރުމީހުންދުއްވާ ވެހިކަލްތައް. ހަމައެކަނި ސައިކަލް ބޭރުމީހުނަށް ނުދުއްވޭގޮތަށް ހަދާލިއަސް 52% ގެ ލުޔެއް ލިބޭނެ.

    4
    1
  2. އަލިބޭ

    ތިޔަށްވުރެންމާރަނގަޅުވާނެ މާލެ ތޮއްނުޖައްސާ ރައްރަށުގެ ސްކޫލްތަކުގެ ތަޢުލީމް ފެންވަރުރަނގަޅުކޮށް ހޮސްޕިޓަލްތަކުގެ ފުރިހަމަހިދުމަތް ރަތްޔެތުންނަށްފޯރުކޮށްދީބަލާށެވެ. އޭރުންއަހަރެމެންދުވަހަކުވެސް މާލެ އަންނާކަށްނުޖިހޭނެ މިހާރު އާއިލާގެހުރިހާއެންމެންގޮވައިގެން އައިމާ ކޮންމީހަކަށް ސައިކަލެއް އަދި ކޮންމެމީހަކަށް ސައިކަލް ޕާކްކުރާނެޖާގައެއްބޭނުންވާނެކަން މާލޭ ސިޓީކައުންސިލައްނޭގެނީތަަަ ވެހިކަލްތައްލިމިޓްކޮއްގެން ވަކިބަޔަކު މާލޭގައި ދުއްވީމައި ދެންތިބިމީހުން ރަތައްއަރާނެކަންނޭގެނީތޯ

  3. ނޭފަރު މީހާ

    ޗަކޮޔާ ޝިފާ! ޗަކޮއި ޗަ އުޅެނީ ކިހިނެއް ވެހިކަލް ކޮންޓްރޯލްކުރަން! އިލޮށިފަތިން ކަހޭލޭފޭ ޑަސްބިމައްތަ އަޅަނީ! ބުނެލޭގެން އުޅެބަލޭ!

    1
    1
  4. ބުރޯ

    ގާނޫނުއަސާސީ ބުނާގޮތުން އެންމެން ހަމަހަމަ .ސައިކަލް ކާރު އެހެންވެސް ވެހިކަލް ގަނެވޭ ފެންވަރުގެ އެންމެނަށް ވެސް އެފުރުސަތު ލިބެންޖެހޭނެ. އެކަމަކުން ލިމިޓެއްނުކުރެވޭނެ . ފުރަތަމަ ގާނޫނުއަސާސީ އިސްލާހުކުރޭ އުސްގޮނޑިޔާ ތިރިގޮނޑި . ގަމީސް ގަންޖިފަރާސް ފައިވާން މަރުވަޅި ކާރު ސައިކަލް އާއި ހިގާފަ އުޅެންޖެހޭ . މިހުރިހާ މީހުންގެ ކެޓަގަރީތަކަށް ބެހުމަށްފަހު ވެހިކަލް ލިމިޓްކުރޭ. އޯކޭ.

    • ާގ

      ވެހިކަލް ގިނަކަމުން ހިގޭކަށް ވެސް ނޯވޭ! އަބަދު ހިތާމަ ވެރި އެކްސިޑެންޓްތަށް! ހަމަ ވެހިކަލް މަދުކުރަންވީ...

  5. ޕީޖޭ

    ހާއްސަ އުޅަނދުފަހަރު(އަސްކަރިއްޔާ ޕޮލިސް ރައީސް ނައިބު މިނިސްޓަރުން) އަދި މުދާ އުފުލުމަށާއި ގޯތި ގެދޮރު ހެދުމަށް ބޭނުންކުރާ ބަރު އުޅަނދު ފަހަރު ލިމިޓްކޮށް ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު މާލޭ ދުއްވުން މަނާ ކުރަންވީ..އަދި ޕަބްލިކް ޓްރާންސްޕޯޓު (ބަސްގެ ޚިދުމަތް ވ ފުޅާކޮށް އަގުހެޔޮކޮށް) މާލޭތެރޭ ބޭނުންކުރަންވީ..އިތުރަށް ރަށްތަކާއި ހުޅުމާލެ ތަރައްޤީކޮށް މާލެއަށް ޑިޕެންޑްވާ ކަންކަން މަދުކުރަން(ކިޔެވުން މެޑިކަލް) މާލޭ ދިރިއުޅޭ ޕޮޕިއުލޭޝަން މަދުކުރަން..ކިހިނެތްވާނެބާ؟

  6. ޚ

    މާލެ އަކީ ކުޑަ ތަނެއް. ކޮންހާ ވެހިކަލެއް ތަ. ހިގާފަ އުޅެބަލަ