ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަކީ ސަރުކާރާއި ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެއީ ކުންފުނިތަކުގެ ނިންމުން ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާޙިމް ހޫދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރާ މައްސަލައާއި ގުޅިގެން ރާއްޖޭގެ ބައެއް މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން ހޫދު ވިދާޅުވީ، ސިޔާސީ ފިކުރަށް ބަލާ، އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައިނުވާނެ ކަމަށާއި، މުވައްޒަފުން މަދުކުރުމުގެ ގޮތުން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށެވެ.

ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި މި ސަރުކާރުން ވަނީ އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް ވެރިކަމަށް އައުމުގެ ކުރިން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ހުރިހާ އެންމެންނަށްވެސް ވަޒީފާގެ ރައްކާތެރިކަން ލިބޭނެ ކަމަށާއި، އެއްވެސް މުވައްޒަފަކީ ބޭއިންސާފުން ވަޒީފާއިން ވަކިކުރާނެ މީހެއް ނޫންކަމަށެވެ. ނަމަވެސް ވަކިކުރި ގިނަ މުވައްޒަފުންނަށް އެމީހުން ވަޒީފާއިން ވަކިކޮށްފައިވާ ސަބަބު ސާފުކޮށްދީފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ހޫދު ވިދާޅުވޫ މުވައްޒަފުން މަދުކުރުމުގެ ގޮތުން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ވަކި ފިކުރަކަށް ބަލައި މި ސަރުކާރުން އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހާއްސަކޮށް ސަރުކާރުން މުވައްޒަފުން މަދުކުރުމުގެ އެއްވެސް ކަމެއް ނުހިންގާ،" ހޫދު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން، ވެރިކަމުގެ އިދިކޮޅުގައި އޮތް ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ހަމައަކަށް އަދި އުސޫލަކަށް ބެލުމެއް ނެތި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނަ ކަމަށާއި، އެއީ ސަރުކާރުން ވެރިކަމަށް އައިއިރު ވެފައިވާ ވައުދުގައިވާ ގޮތް ނޫން ކަމަށެވެ.

ޕީއެންސީން ބުނެފައި ވަނީ މިއަދުގެ ސަރުކާރު ވެރިކަމަށް އައީ ކޮންމެ ޕާޓީއެއްގައި އުޅޭ، ކޮންމެ ފިކުރެއްގެ ކޮންމެ ކުލައެއް ރީތިވާ ބޭފުޅަކަށްވެސް ވަޒީފާގައި ހަމަޖެހިގެން އުޅެވޭނެ ކަމުގެ ޔަގީންކަމާއެކުގައި ކަމަށާއި، މިހާރު ފެނިގެންދަނީ އެ މަންޒަރު ނޫން ކަމަށެވެ. އަދި މި ރޯދަމަހުވެސް އެތައް ބަޔަކު ވަޒީފާއިން ކަނޑާފައިވާ ކަމަށާއި، މި ރޯދަމަހުގެ ތެރޭގައި ވެސް ކުންފުނިތަކުގައި މަސައްކުރާ އެތަކެއް މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށެވެ.

ސަރުކާރުން ހިންގަމުންދާ އެ އަނިޔާވެރި އަމަލު ޕީއެންސީން ކުށްވެރިކޮށްފައިވާ އިރު، އެ ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފަކީ ވެސް އާއިލީ ޒިންމާތައް އުފުލަމުންދާ މީހެއް ކަމަށާއި، އެތައްބަޔަކު ވަޒީފާއިން ވަކިކޮށް ނިކަމެތިކޮށްލުމަކީ އެތައް ޢާއިލާއަކަށް އޭގެ ވޭނާއި ކެކުޅުން ތަހައްމަލް ކުރަންޖެހޭނެ ކަމެއް ޕީއެންސީން ބުނެފައިވެއެވެ.

އޭގެ އިތުރުން ޕީއެންސީން ބުނެފައި ވަނީ ރާއްޖޭގެ އެތައް ރަށަކުން ކަރަންޓްގެ ހިދުމަތްކެނޑި، މި ރޯދަމަހުވެސް ރައްޔިތުން ކަނު އަނދިރީގައި ހޭދަކުރަންޖެހުމަކީ މިސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ކަންކަން ކުރުމުގެ ގާބިލްކަން ނެތްކަމުގެ ހެތްކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ޙސހސހ

  މޮޅު އަރަތެއް. ދެން ކަލޭ މީގެކުރިން މަގުމަތީ ދުވެދުވެފަ ގޮވި ވާހަކަ ކޮބާ.

  71
  1
 2. ދާއިމު

  މީގެކުރިން އޮތް ވެރިކަމުގެދުވަސްވަރު ރެސޯޓެއްގެ ވަޒީފާއިން މީހަކު ވަކިކުރިޔަސް އެއީ ސަރުކާރުން ކުރާ ކަމަކަށްހަދާފަ މިއަދު މިވަނީ އެހެން އެއްޗަކަށް؟

  75
  1
 3. ސަންތި

  ތީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް! ރައީސް އޮފީހުގައި އުޅޭ މުވައްޒަފުން ވަކިކުރީމާ އެކަނިތޯ، ސަރުކާރުން ވަކިކުރި ކަމަށް ވާނީ!

  70
  1
 4. ކަންބުލޮ

  ކުންފުނިތަކަކީ އަނެއްދިވެހިރާއްޖެ ސަރުކާރުންހިންގާތަންތަން ކަމައްވާނީ އެހެންވެތާ ރައީސްއޮފީހުން ހިންގާސަރުކާރުން ޒިންމާނުގަގަނީ

  61
  1
 5. ހެހެހެ

  ސަރު ކާރުގެ ކުންފުންޏޭ ނުކިޔަމާދޯ އެހެން ވީއިރު، ވިސްނަވާ މީހުން ވަކިކިރާ އިރު އެއީ އައްބެއްޔާ ނުވަތަ ރާނާ އަހައްމަދުގެ ކަމެއް ބަޖެޓުން ޚަރަދު ކުރެވެނީ ކާސިމްގެ ހުއްދަ އޮވެގެން. އެހެން ވީމަ އޭ އެކިޔަނީ ....

  33
  1
 6. އެދުރުބެ

  މީގެ ކުރިންވެސް ކުންފުނިތަކުގެ މީހުން ވަކި ކުރަނީ ސިވިލް ސާވިސް އަކުން ނޫން. ހަމަ އެ ކުންކުފުނިތަކުން. ދެން ކޯއްޗެކޭ ކިޔާކައް.

  54
  4
 7. މޯޑް

  ގޭގެ އިން ފެންކެޑުމަކީ ފެންކުންފުނީގެ ނިންމުން. ސާބަހޭ ސަރުކާރު ހަމަ ތިވަރެއްނެތް.

  66
  2
 8. މނ

  ރައީސް މިމަގާމު މީކީއްކުރާއެއްޗެއް. ބޭކާރު ބޮލެއް

  5
  1
 9. ތްރިއްލާ

  ސަރުކާރު ހިންގުން ލަސް، ތަރައްގީ އަށް ފުރޮޅި ގާކޮޅެއް ނެތް ކަމަށް މަމެން ޕިންކީންގެ ބޮޑަކު ވިދާޅުވާނަމަ އެއީ އދ. ގެ ސަލާމަތީ މަޖްލީހުގެ ސެކިއުރިޓީ ކައުންސިލުން ފާސް ކުރާ ގަރާރަކަށް ވުރެން ބާރުގަދަވާނެއޭ ތަމެންގެ ވެރިކަމުގައި މާލެ ސަރަހައްދުން ފްލެޓްސް ތައް ލިބުނު ކަމަށް މަމެން ޕިންކީންގެ ވެރިކަމުގައި އިއުލާން ކުރި ފްލެޓްސް ތައް ވެސް އޮޅާލަނީ އެއްނޫންތޭ ރައީސް އޮފީހުން ތަމެންގެ ވެރިކަން ޑާރކްނެސް ފޯލްސް އެކްރޮސް ދަ ކަންޓްރީ ދަ މިޑްނައިޓް އަވަރ އިޒް ކްލޯސް އެޓް ހޭންޑް ދަ ފަންކް އޮފް ލޭޒީ ފައިވް އިއަރސް ޔުއަރ ބޮޑީ ސްޓާރޓްސް ޓު ޝިވަރ ފޯރ ނޯމޯރ މިއަރ ކޭން ރެސިސްޓް ދަ އީވްލް އޮފް ދަ ތްރިއްލާ ހާއްހަހަހާހާހާހާ ހާހާހާހާހާ ހާހާހާހާހާ ހޮހޮހޮހޮހޮ....

  4
  1
 10. ކިނބޫ ކޯރު

  މިރޯދަ މަހު އަހަރުމެން ލައްވާ އަވަގުރާނަ ގޮވަންނޫޅެބަލަ ކިނބުލާ

  3
  1
 11. ޝައިޚާ

  ނާހަމަ ތެދެއް.. 100 ޕަސެންޓު ސަރުކާރު ކުންފުނިން މީހުން ކެނޑީމާ އެއީ ކުންފުނިން ކުރިކަމެއްދޮތަ.. ބޮލުގެ ރޮދިތައް މަރާމާތު ކުރައްވަވާ..

  11
  1
 12. މޫސަ

  މިހިރަގަމާރާ ތިޔަކުންފުނިތަކަކީ ސަރުކާރުގެ ހިއްސާއޮންނަކުންފުނިތައް. ކަލޭގެ....

  10
  1
 13. ހާމިދު އިބުރާހިމް

  ކަލޭމެން ހަމަ ބޮޑެތި ދޮގުތައްހަދާށެވެ ވައްކަމާއި ފޭރުން ގިނަވަނީވެސް ވަޒީފައިނުލިބެގެން މިގައުމުގައި ބަންގާޅިންގިނަކަމުން ދިވެއްސަކަށްވަޒީފާގަނޑެއްވެސްނުލިބޭ އިމާރަތްތަކުގައި ކަރަންޓް ވަޔަރުކުރަނީވެސް ބަންގާޅިން މިމަސައްކަތަކީ އެނަޖީއޮތޯރިޓީގެ ހުއްދައޮވެގެންނޫނީ ކުރެވޭނެމަސައްކަތެއްނޫން އެކަމަކުމައްސަލައެއްނެތް

  7
  1
 14. މަސްވެރިޔާ

  ހޭ ހޭ. ބަލަ ކަޑުކޮސް ސިޔާސަތުގެ ވެރިންނަށް ނޭގޭތަ ކުންފުނިތަކުގެ ޕޮލިސީއަކީ އެގްޒެކްޓިވް ބުރާންޗްގެ ސިޔާސަތުކަން. ކުންފުނިތަކުން ރިހަ އަޅާނީ ރައީސް އަންގާގޮތަށް ވާދޫ ސައިދު ސައިޒްކޮށް އޭނާގެ ބެސްޓްބަޑީ 715 މިލިއަން ރ ތުހުމަތުކުރެވޭ އަސްލަންޓޭމެން ސައިޒްކުރާނެ. ވަރަށް އަވަހަށް ނުކުންނާނެ، ޚިޔާނާއްތެރިން ބަންނާނީ ހިމަރޯނުން. އެއްވެސް ކުށެއްނެތް އެތައްސަތޭކަ މުވައްޒަފުން ކަޑަނީ ރީދޫ އެކްޓިވިސްޓުން އެތެރެކުރަން. މިއީ ދޮގްވެރި މަކަރުވެރި ހީލަތްތެރި ސަރުކާރެއް. ވޯޓް ދިން މީހުން ހުސްބަޑާތިބެ ބާރަށް އަށްޖަހާ.

  8
  1
 15. އަހްމަދު

  ރައީސްއޮފީހުގެ ތަރުޖަމާނު އިބްރާހީމްހޫދު ހީކުރާކަހަލަ ހިންޏަށް ހަކުރު އޮޅުވާލާނަމޭ. ތިޔަގޮތަށްގުނބޯހެއްދޭނީ އެމްޑީޕީ މީހުން.

  10
  1
 16. ކިބޫ

  ކުންފުނި ތަކަކީ ސަރުކާރުގެ ކުންފުނި ތަކެއް ނޫން. އެއީ އެމްޑީޕީ އެއަޗެހި ތަކެއް

 17. މަރީ

  އެހެންވީއިރު ކުންފުނިތަކުން ދޭ ޕްރޮމޯޝަނާ ވެސް ސަރުކާރުން ބެހިގެން ނުވާނެ

 18. މުރިދު

  ވަޒީފާއިން ވަކި ކުރުމަކީ ކުންފުނި ތަކުގެ ނިންމުން ކަމަށްވަންޏާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް އަންނަންދެއްކި ވާހަކަ ކޮބާ؟އިބޫމެން ރޮޒޭނާމެން އަނަގަޔަށް ބާރުލާފައި މިރާއްޖޭގެ އެއްރަށަށް އަރާ އަނެއްރަށަށް އަރައި ދައްކަމުން ދިޔަ ވާހަކަ ކޮބާ؟ދެން ވަޒީފާގެ ބިރުވެރިކަމެއް ރާއްޖޭގައި ނޯނާނެއޭ.ދެން ކުޑަމީހާއަށް ކުޑަ ގޮތް ބޮޑު މީހާ އަށް ބޮޑު ގޮތް ހެދުން ހުއްޓުނީ އޭ. ވަކި ކުަލއަކަށް ވަކި ފަންތިއަކަށް ނުބަލާ ހަމަހަމަ ކަން ޤާއިމުކޮށް ދޭނަމޭ ކިޔާފަ ދެއްކި ވާހަކަ ކޮބާ؟ކުންފުނި ތަކުގެ ނިންމުން ކަމަށްވާއިރު ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވަނީ އެއީ ކުންފުނި ތަކުގެ ނިންމުން ކަމަށް ނުވީކީއްވެ؟އޭރު ކުރިކަންތައް މައްސަލައަކަށް ހަދައިގެން ރައްޔިތުންގެ ތެރޭގައި ފިތުނަ ހަދާ އޭރު ވެރިކަމުގައި ހުރިމީހާ ބޮލުގައި ހުރިހާ ޢިލްޒާމެއް އަޅުވައިގެން ވެރިކަމުން އެރީ މީހުންނަކީ ހަމަ އިބޫމެން