ކުރީގެ ވެސްޓް ޕާކް ސަރަހައްދުގައި ގާއިމް ކޮއްފައިވާ ވަގުތީ މާރުކޭޓުން ގޮޅިދޫކުރުމަށް ހަމަޖައްސައިފިއެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްއިން ކޮއްފައިވާ އިއުލާނުގައި ބުނެފައިވަނީ މި ސަރަހައްދުގައި ގާއިމް ކޮއްފައިވާ ވަގުތީ މާރުކޭޓުން ގޮޅިބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭބައިން (ތައިސޭކޮށި) ގޮޅިއަށް އެދޭ ފޯމް ނަންގަވައި ފުރުއްވުމަށްފަހު 15 މެއި 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން އާންމު ހިދުމަތްތަކާ ބެހޭބަޔަށް ފޯމް ހުށަހަޅަން ވާނެ ކަމަށެވެ.

މިހާރު ދޫކޮށްފައިވާ ވަގުތީ މާރުކޭޓަކީ ރަމަޟާން މަހާ ގުޅިގެން ރަށްރަށުން މާލެ އަންނަ ދަނޑުވެރިން ގެންނަ ކަރާ، ކުރުނބާ، ކާށި އަދި ގަބުޅި ފަދަ ތަކެތި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ގާއިމް ކޮއްފައިވާ މާރުކޭޓެކެވެ.

މި ގޮޅިތަށް ދޫކުރަން ނިންމާފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު