2019 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ އެޕްލިކޭޝަން އަދި ފައިސާ ބަލައިގަތުން މާދަމާއިން ފެށިގެން ކުރިއަށް ދާނެއެވެ.

މި އަހަރުގެ އޮކްޓޯބަރ، ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2019 މޭ 14 އިން ފެށިގެން 2019 ޖޫން 11 ވަނަ ދުވަހު ކުރިއަށް ދާނެ ކަމަށް އިއުލާން ކޮށްފިއެވެ.

މި އިމްތިހާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން ކުރިއަށް ދާނީ ޑީޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުންނެވެ.

މި ޑިޕާޓްމެންޓްއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ސެންޓަރުތަކުން ބައިވެރިވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާނީ މި މުއްދަތުގައި އެސެންޓަރު ތަކަށް ކަމަށެވެ.

އަދި ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށް ކަމަށާއި، ރަމަޟާން މަހު ފޯމު ބަލައިގަންނާނީ 09:00 ން 12:45 އަށް ކަމަށް ވެސް އެ ޑިޕާޓްމަންޓުން އިއުލާނުކޮށްފައިވެއެވެ.

ފޯމު ހުށަހަޅާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނައުމަށް އެ ޑިޕާޓްމަންޓުން ވަނީ ޝަރުތުކޮށްފައެވެ.