ރާއްޖޭގެ ރަށެއްގައި އުމުރުން 15 އަހަރުގެ ކުއްޖަކު ގޭގައި ވިހަން އުޅުމުގެ ތެރޭގައި ތުއްތު ދަރިފުޅު މަރުވެއްޖެއެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ގޭގައި ކުއްޖާ ވިއްސަން އުޅުނީ ކުއްޖާގެ މަންމަ އާއި އިތުރު މީހަކު ވެގެންނެވެ. އެނގިފައިވާ ގޮތުގައި ކުއްޖާ ވިއްސުމަށް ފަހު ކުއްޖާގެ ފޫޅުދަނޑި ވެސް ވަނީ ބުރިކޮށްލާފައެވެ.
މިހާދިސާ ހިނގީ މެދުރާއްޖެތެރޭ ރަށެއްގައެވެ. ކުއްޖާ ނިސްބަތްވާ ރަށް އާއްމު ނުކުރަން ފުލުހުން އެދިފައި ވާތީ އެމައުލޫމާތު ހާމަނުކުރަން "ވަގުތު" އިން ވަނީ ނިންމާފައެވެ.
މާބަނޑުވި ކުއްޖާ އަކީ ގްރޭޑް 9 ގައި ކިޔަވަމުން އައި ކުއްޖެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އޭނާ ސްކޫލަށް ނުދާ ކަމަށް ވެއެވެ.
15 އަހަރުގެ ކުއްޖާ މިހާރު ވަނީ މާލެ ގެނެސްފައެވެ. އޭނާ މާލެ ގެންނަން އެރަށުން ފުރި އިރު ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ވިދާޅުވީ މެއި 13 ވަނަ ދުވަހު ހެނދުނު 07:10 ހާއިރު 15 އަހަރުގެ ކުއްޖަކު ވިހައިގެން އަދި ވިހޭ ކުއްޖާ މަރުވެފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރޮވިއްޖެ ގައިމު ހޮސްޕިލަކަށް ގެނދިޔަނަމަ ތިހިކުއްޖާއަށް އަނިޔާއެއް ނުވީހެއްނު ތިހިރީކީ ސިއްރު ކުރެވޭނެ ކަމެއްނޫން ތިކުއްޖާގެ ހާލު الله ރަނގަޅު ކޮއްދެއްވާށި އާމީން
ދެން ތިކަމުގަ ކޮންތަހުގީގެއް ކުޑަކުއްޖަކު ކުޑަކުއްޖަކުވިހެއީމާ ކުޑަކުއްޖާ މަރުވީ ދެން ފޫޅުދަނޑި ކެނޑިމީހާޔައް އަދަބެއްދިނީމާ އެނިމުނީ ގައުމުގެ މިެަދުގެހާލަތު ﷲ އަކްބަރު
ސިއްރު ކުރަން އުޅުން ކަމެއް ބޮޑުކޮށް ބޭޒާރުވެގެން މިދަނީ ދެންވެސް ﷲ އަށް ތަޢުބާވާށެވެ.
މަރާލީ ކަމަށް ވެސް ވެދާނެ! ގައިމު ސިއްރުން އެކަން ކުރަން އުޅޭނީ މަރާލަން ވެގެން ދޯ
ބާލިޣުވެފައި ހުރި ބޮޑު އަންހެނަކަށް ކުޑަ ކުއްޖެކޭ ކިޔާތީ ލަދުގަނޭ. 18 އަހަރު ނުފުރުނަސް ބާލިޣު ވެއްޖެނަމަ ވާނީ އަންހެނަކަށް، ގާނޫން އިސްލާހު ކުރަންފެނޭ. މިއީ ބާލިޣުވުމުންވެސް 18 އަހަރު ނުފުރޭތީ ކުޑަ ކުއްޖެކޭ ކިޔާ ކުޑަ ކުދިން ބާރުވެރިކުރަން އުޅުނީމަވާގޮތް
ހިތާމައަކީ ކުއްޖާއަށް ބޮޑު ކުށެއް ކުރެވުމުން އެ ކުށް ފޮރުވަން މިކަހަލަ މައިންބަފައިން މަސައްކަތް ކުރާތީ! މިކަހަލަ މައިންބަފައިންނާ ހެދި މި ޖީލު މި ހަލާކުވަނީ! ކުށް ކުރީމަ ފޮރުވަން ނޫޅެ އެކަށީގެންވާ އަދަބު ދީ ތަޢުބާވުމަށް ކުއްޖާއަށް ދަސްކޮށްދޭނަމަ މިކަހަލަ ކަންކަން ތަކުރާރުވާލެއްވެސް މަދުވާނެ!
ޕޮލިހުންވެސް ރައްފޮރުވަންބޭނުންވަނީ، ކިތަންމެ ސިއްރު ކުރަން އުޅުނަސް އަދި ތިކަމުގަ ޝާމިލްވާ އެންމެން ބޭޒާރުވާނެ،
އަނެއްކާ ޕޮލިސް މީހާގެ ކަމެއްބާ ނޫނީ އެމްޑީޕީގެ ބޮޑެއްގެ ކަމެއްބާ
ކޮން ރަށެއްގެ ކުއްޖެއްބާ؟
ޢަނެއް ދިވެހި ރާއްޖެ ވީމަ ވާނީ ތިހެން. ތިކަހަލަ ކަންކަން އާންމުވާނެ. ޝިދާތާ ބުނިހެން ބާރުވެރި ވަނީތި އަދި ކިރިޔާ
ދެންވެސް ތިކުއްޖާ ކުޑަކުއްޖެކޭ ކިޔާފަ މީހަކާ ނުދެވާ ބެހެއްޓްމުގެ ބޭނުމަކީ ކޮބާ މިހާރު އެކުއްޖާ އެވަނީ ކުޑަކުއްޖެއްގެ މަގާމްގެއްލިފަ ތިއުމުރުގެ ކުދިން މީހަކާއިންނަން ވާއިރަށް ކިތަށް ޒިނޭކުރާނެތަ؟ ބުނާނެ މަށެއްނުކުރަމެ. ޒިނޭކުރާކޮންމެ ފަހަރަކު ކުއްޖަކު ލިބޭނަމަ މީހުންނާ އިނދެގެން އުޅޭމީހުންނަށްވުރެ މީހުންނާ ނުއިންނަ އަންހެނުން ވިހާލެއް މާގިނަވާނެ އެވަރަށް ރާއްޖޭގަ ޒިނޭ ގިނަވެއްޖެ. ރައްޓެހިވެފަ ފުރަތަމަ ކުރަނީ ޒިނޭ މީހަގީގަތް އެންްމެންވެސް އެކަން ކުރާގޮތް ކޮންމެ ގާނޫނެއްހެދިޔަށް އެމީހަކު އެކުރާ ކަމެއް ކުރާނެ މިހާރު ބާލިޣު ނުވިޔަސް ޒިނޭކުރާނެ. އެންމެ ހިޔޮގޮތަކީ ޒިނޭކުރާހިތްވާނަމަ މީހަކާއިނުން އޭރުން ހެޔޮގޮތުގަ އެކަން ކުރެވޭނެ އަންހެން ކުއްޖާ މީހަކާ އިންނަން ބޭނުންވީމަ މީހަކާ އިދެވޭގޮތަށް އޮންނަންޖެހެ. އެއީ ދީން ހުއްދަކުރާގޮތް އަދިالله ރުހިވޮޑި ގަންނަވާ ގޮތަކީެސް އެއީ !!!!
ބަލަ މީހަކާ އިނީމަ ދެން އެކުރެވެނީ ޒިނޭއޭ ކަލޭކައިރީ ބުނީ ކޮން ކޮހެއް؟ ޒިނޭއަކީ ޝަރުއީ ކައިވެންޏަކާ ނުލާ އަންހެނަކާ ފިރެހެނަކު އެއްދާން ކުރުން
އެކުއްޖާ ސްކޫލަށް ނުދަންޔާ ސްކޫލާ އެޑިއުކޭށން މިނިސްޓްރީއަށް ކީއްވެކަން އެންގެން ޖެހޭނެ. ނޭންގެންވީ އެއްވެސް ސަބަބެއް ނެތް . ދައުލަތަށް އެންގެންޖެހޭނެ. ދައުލަތުން ކުއްޖާގެ ކަންކަން ސިއްރުވެރި ގޮތަކަށްނަމަވެސް ބެލެންޖެހޭނެ. އެ 15 އަހަރުގެ ކުއްޖާ ގަންނާނެ ބިރާއި ކުރެވޭނެ އިހްސާސް ހިތައްވެސް ނުގެނެވޭ. އެ ކުއްޖާ ކަންއެކުރީ މަންމަ ބުނި ގޮތަށް އެންމެ ރަންގަޅުވާނެ ކަމަށް ބަލާ. ވީހާވެސް އަވަހަށް ރަންގަޅުވާނެ ކަމަށް އުންމީދުކުރަން.
އެ ކުޑަ ކުްއްޖާ ލައްވާ އެ ކަންކުރުވި ފރިހެންމީހާގެ ހިލަމެއް ނެތް. އޭނަ ވީ ފިލާ . އޭނަޔަށް ކުރެވޭނެ އެއް ކަމެއްވެސް ނެތް. އެ މީހެއްގެ ނަން ހާމަ ކޮށްފިނަމަ ގަޒްފުގެ ހުކުމްވެސް އަންހެން ކުއްޖާޔަށް އަންނާނެ. އެ ކުއްޖާ ހާދަ ބިރެއް ގަންނާނޭ.
ރާއްޖޭގެ ތަޙްޤީޤް ޓީމް ބުނާގޮތުން ތީގަ މަރުވި ކުއްޖާވެސް ކުށްވެރި ވެދާނެ
އެއީ ކުޑަކުއްޖެއް ވިހަން އުޅެނިކޮށް އެވިހޭ ކުއްޖާ ޕޮލިހަށް ނުގެންނަނީސް މާއަވަހަށް މަރުވީމަ
އިބޫގެ ވެރިކަމުގައި ވިހޭ ފުރަތަމަ ކުއްޖާ!
ޢ
ބަލަގަ ކަލޭގެ މޮޔަވާހަކަ ދޯ ބޭރުގެ ހަބަރު ތަކުގަ މި އޮންނަނީ .. އަޖައިބެއް ނުވާނެތަ.. މިކަމާ އިބޫއަކާ ކޮން ގުޅުމެއް ހުރީ... ??
ކުޑަކުދިން ކަނޑައަޅަނީ ޤާނޫނަކުން ނޫން ބާލިޣު ވީމަ ދެން ކުޑަކުއްޖަކައްނުވާނެ 9 އަހަރގަވެސް ބޮޑުވެ އަންހެނުންގެ ކިބައިން ކުރާ ހުރިހާ ކަމެއް ކުރެވޭނެ މައްސަލައަކީ ކުއްޖާއާއި ކުއްޖާގެ މައިންބަފައިން އެވަރު ކަމެއް ހިނގި އިރު އެކަން ސިއްރު ކުރުންވެސް ވ ގޯސް ކަމާބެހޭ ފަރާތައް އެންގިނަމަ ތިކުއްޖާގެ ދެމައިންގެ ފުރާނަވެސް ސަލާމަތް ކުރެވުނީސް ސިއްރުކުރަން ކިތަންމެ މަސައްކަތް ކުރިޔަސް ދަރިޔަކު ވިހާފަ ކިހިނެއްތޯ ސިއްރު ކުރެވޭނީ މިގައުމުގަ އަދި ސިއްރެއްނުވޭ ވިހޭ ދަރިޔަކު
އަދުލުއިންސާފު ނެތްތާކު ދިރުމެއްނުވޭ ބޮޑެތި އަދަދުތަކުން ވައްކަންކޮއް މަގުފޭރި މީހުންމަރާ ޒިނޭކޮއް ރާބޯމީހުން އެތިބީ އުފަލުގަ ބަންގާޅިން އަރުވާފުރައިގެން ރާއްޖެ ހަލާކުގެ ތެރެޔައް ވައްޓާ ނިމިއްޖެ މިކަން ބަދަލު ކުރުމައް ފަނޑިޔާރުގެ ދޮވެސާފުކޮއް ބަންގާޅިން އެތެރެކުރުން ވަގުތުން ހުއްޓާލާ ތިބިމީހުން އަދާކުރަނީ ކޮންވަޒީފާތަކެއްތޯ ބަލާ ރިސޯޓުތައްވެސްބަލާ އެވަޒީފާތަކައް ސަރުކާރުން އިއުލާން ކޮއްފަ ދިވެހިންނައް ފުރުސަތުދެއްވާ ކުޑައުޖޫރަދީފަ މިރާއްޖެ ހަލާކުގެ ތެރެޔައް ވައްޓާލަން އޯނަރުންނައް ފުރުސަތު ނުދެއްވާ
ކުޑަކުދިންނެއް ނޫން އެއީކީ
ކުޑަކުދިން ކުދިންނެއް ނުވިހާނެއެވެ.ވިހާނީ ބާލިޣުވެފައިވާ ޒުވާނުންނެވެ.އިސްލާމީ އުޞޫލާއި ޚިލާފުވެ،ބާލިޣުވެފައިވާ ކުދިންނަކީ ކުޑަކުދިންކަމުގައި ހަދައި ނަޞާރާއިންގެ އުޞޫލުތަކަށް މި މުޖުތަމަޢު ފެއްތުމަށްފަހު، އޭގެ ޒިންމާ ނަގަންޖެހެނީ ހަމައެކަނި އެ ޒުވާނާ އެކަނިއެއްނޫނެވެ.ބާލިޣުވެފައިވާ ޒުވާނުންނަށް ކައިވެނިކުރުމަށް ހުރަސްއެޅުމަށްފަހު އެފަދަ ފަރާތްތަކަށް އެވަނީ ފާޙިޝްޢަމަލުތަކަށް ފުރުޞަތު ދީފައެވެ.މި ކަންކަމުގެ ޒިންމާ މިފަދަ ޢަމަލުތަކަށް މަގުފަހިކުރި އެންމެހައި ފަރާތްތަކުންވެސް ނަގަންޖެހޭނެއެވެ.
ތި އަންހެންކުއްޖާގެ ބައްޕަ ކުރިކަމެއްބާ، ބަފާ މީހާ އެއީ ޕޮލިހެއްބާ، ނުވަތަ އެމްޑީޕީ ގޮލައެއްބާ، ހައްތަހާވެސް އުފެދޭ ސުވާލު، ކޮބާތަ ތިޔަ ރަށު ކުދިންތައް ކޮމެންޓެއް ޖަހާލަބަ،
ބަލަ ދަރިންޅައްވީ ކުއްކުވިނާ މައިބަފައިން