އޭޕްރިލް މަހު އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން ގާނޫނު ބުނާ މާލީ ބަޔާން ހުށަނާޅާ ކެނޑިޑޭޓުންގެ މައްސަލަތަކުގައި ދައުވާ ކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމުން އެއްވެސް މައްސަލައެއް ބަލައިނުގަނެ، ހުރިހާ މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން، އިލެކްޝަންސް ކޮމިޝަނަށް ފޮނުވާލައިފިއެވެ.

އެ މައްސަލަތައް އަނބުރާ ފޮނުވާލީ އިލެކްޝަންސް ކޮމިޝަނުން ފޮނުވި ރިޕޯޓްގައި އިތުރަށް ބަލައި ތަހުގީގު ކުރަންޖެހޭ ކަންތައްތަކެއް ހުރެގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕީޖީ އޮފީހުން ބޭނުންވާ ގޮތަށް ރިޕޯޓް ފުރިހަމަ ކުރާނެ ކަމަށާއި އޭގެ ފަހުން އަލުން މައްސަލަ ފޮނުވާނެ ކަމަށެވެ.

ބައެއް ޤާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާޢީ ދައުވާއެއް ކުރެވޭނީ އެމީހެއްގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގުމަށް ފަހު އެވެ. އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ އެފަދަ ތަޙްޤީޤެއް ކުރުމެއް ނެތިއެވެ. ޖިނާޢީ މައްސަލަތައް ތަޙްޤީޤު ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަކަށް ނުވެސް އޮވެއެވެ.

މަޖިލީހުގެ އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރި އިރު ގާނޫނު ބުނާ މާލީ ބަޔާން 39 ކެންޑިޑޭޓަކު ހުށަނާޅަ އެވެ.

ގާނޫނު ބުނާ ގޮތުން މާލީ ބަޔާން އިންތިހާބު ބާއްވާ ދުވަހުން ފެށިގެން 21 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހެ އެވެ. މާލީ ބަޔާން ހުށަނާޅާނަމަ ހަ މަސްދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލަށް ނޫނީ 6،000 ރުފިޔާ އާއި 24،000 ރުފިއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޒާ

  ޕީޖީން ތިޔަ މައްސަލަ ޝަރީޢަތަށް ނުފޮނުވާނެ. ޕީޖީ އުޅެނީ ކުރީގެ ރައީސް ޔާމީނާއި އަޅަގަނެގެން ނެއްޓެން ނޭނގިގެން އަބަދު އެމަނިކުފާނު ހައްޔަރުގައި ބެހެއްޓޭތޯ؟

  11
  3
 2. ޢަލީ

  ލަސްވެއްޖެ ހައްޔަރު ކުރުން

 3. އަހްމަދު

  މިލިޔުމުގެ އެންމެފަހު ބަޔާ ހަވާލާދީ ބުނަމެވެ. މާލީ ބަޔާން ހުށަނާޅާނަމަ ކަނޑައަޅާފާ އެވާކަންތައްތައް ތަންފީޒު ކުރަނީ ކޮން ފަރާތަކުންތޯ؟ އެގާނޫނުގައި އެބާރު ވަކިފަރާތަކަށް ދީފާ ވޭތޯ؟