ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު 5000 އަށް އިތުރުކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުއްލަވަމުން ގެންދަވާ އުމަރު ރޭ އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އަށް ލިބިފައިވާ މައުލޫމާތު ކުށް ކަމުގައި ނުވާނަމަ އެކިއެކި ނަން ނަމުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ކުރިއަށް އޮތް ތަނުގައި 5000 އަށް އިތުރު ކުރާނެ ކަމަށެވެ.

"ސެނަހިޔާ ހޮސްޕިޓަލްގެ ޕްލޭން އަކީ މިކަމަށް އިތުރުކޮށްލާ ބޮޅެއް. އިރާދަކުރެއްވިއްޔާ ހުރިހާ އިންޑިއާ ސިފައިން މި ގައުމުން ބާލާނަން" އުމަރު ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ހެލިކޮޕްޓަރުތައް ދުއްވުމުގެ ނަމުގައި މިހާރު ވެސް އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބެއެވެ. ރާއްޖޭގައި މިހާރު ތިބި އިންޑިއާ ސިފައިންގެ އަދަދު އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި މިހާރު ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު 100 އަށް ވުރެ ވެސް ގިނަ ވުން އެކަށީގެންވެއެވެ.

މިހާރު އިންޑިއާ ސިފައިން ތިބެނީ ލ.ގަމާއި އައްޑޫ ސިޓީ ގަމުގައެވެ. ލ.ގަމުގައި ތިބޭ ސިފައިން މަސައްކަތް ކުރަނީ އެއަތޮޅު ކައްދޫގައި އޮންނަ އިސްކަންދަރު ވައިގެ މަރުކަޒުގައެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ ސަރުކާރަށް އެންގިއެވެ. އަދި އިންޑިއާ ސިފައިންނަށް ވިސާ އާކޮށްދިނުން ވެސް ހުއްޓާލިއެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފައެއް ނުވެއެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން އިންޑިއާ އިން ބޭނުންވާ ގޮތައް ރާއްޖޭގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން އެއްބަސްވެ، އިންޑިއާ ސިފައިންގެ ވިސާ އާކޮށްދީ އިންޑިއާ އާއި އެކު ވަނީ އިތުރަށް ގުޅުން ބަދަހިކޮށްފައެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ގިނަ އަދަދެއްގެ ބަޔަކު ގެންދަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ފަތިފުއް

    ކެނެރީގެ ޤައްދާރު ނަސީދު ބުނެވާނެ މިފަސް އަހަރު ނިމެންވާއިރަށް އަށްޑޫގަ 60000 މީހުން ދިރިއުޅޭ ކަމަށް

    27
    6
  2. ރައްޔިތުން

    އެމީހުން މަދެއް ނުކުރާނެ މި އީ އިންޑިޔާއިން ބަލަހައްޓާ ތަނަކަށް ހަދާނެ. މިތަނުގެ ކަނޑު އަޑީން އައްޑޫ ބޭރުން މި ސަތަހައިގެ އެންމެ ދެކުނު ފަރާތުން ނުވަތަ އިރުމަތި ކަނުން ތެޔޮ ނުވަތަ ޖަވާހިރު ނަގަން އެމީހުން އެތައްޔާރު ވަނީ ކަމަށް ވެދާނެ.

    29
    1
  3. ޢަސްރަފް

    ބޯގަޅިން އެތަނެއްގައި ގިނަވާ ކޮންމެތަނެއްގައި ހާލަކީތީ..

    24
    3
  4. އގ

    މޮޅުކަމަކީ އެ ހުރިހާ އެންމެންގެ ކެއުމާއި ހުރުމާއި އަދި އެހެނިހެން ކަންތައްވެސް ދިވެހި ދައުލަތުން ހަރަދު ކުރާކަން އެމީހުންގެ ކެއުމައް އެކަނިވެސް 150 ބޮލެއްގެ ރޭޓުން ބެއްޔަސް މަހަކައް 450،000 ރ ހަރަދުވޭ ދެން ކޮބާ އެހެން ކަންތައް

    34
    4
  5. ހަނދާންވަނީ

    ކުރެވޭނެ އެއްކަމެސްނޯންނާނެ!

    16
    18
    • ޓިބު

      ޔާ ރައްބި، މިގައުމު މީގެ ކުރިންވެސް ސަލާމަތް ކުރެއްވި ގޮތަށް މިގައުމުން އިންޑިޔާ ސިފައިން ފައްސާލާންދޭވެ،އާމީން

  6. ސދފ

    އުމަރުގެ މަސައްކަތުގައި ބަރަކާތް ލައްވައި މިގައުމުގައި މިހާރު ތިބި ޕަޕެޓުންނަށް ރަނގަޅު ފިލާވަޅެއް ދައްކުވައިދޭންވެ. އާމީން

    53
    7
  7. ޔާމިން

    އިންޑިޔާސިފައިން މިގައުމްއިންބަލަންޖެހޭ އެކަންވާނެ އިންޝާﷲ

    50
    1
  8. ކަތުރުފާނު

    އިންޑިއާގައި އެކިނަންނަމުގަ ރާއްޖޭގެ ކިތައް ސިފައިން ތިބިތޯ ބަލާލަންވެއްޖެއެއްނު.

    3
    2
  9. Anonymous

    ޥަކިޚިޔާލަކަށް ތާއީދު ކުރާ މީހުންނަށް ކޮންމެ ގޮތެއްވެސް އޯކޭ ވާނެ..

    3
    2
  10. މުހައްމދު

    މިގައުމު އަމާން ކަމާއިއެކު އޮންނަތާ ގިނަދުވަސް ވީދޯ ތީ މިގައުމުގެ އެއްވެސް މީހެއްނޫން ކޮށްމެވެސް އެއްޗެކޭ ކިޔައިގެން ނޫސްތަކަށް ނަންއަރުވަނީ ދޯ

    2
    3
  11. މިނިވަންކަން ބުއްޅަބޭ

    ވެރިކަން ހޯދަދިނީ ބޭނުމަކު، އެކަން ކުރަން އެއޮތީ މަޖުބޫރުވެފަ! ދިވެހިންގެ ގިނަމީހުންނަކީ ގަމާރުން !

  12. ބޭނުމެތް ޗޯޅުދޯ

    ބާލަންމާލަސްވެއްޖެ

  13. ޥިޖޭ

    މި ގައުމުގައި ތިބި އިންޑިއާ ސިފައިން ބޭލުމާ މެދު ގޮތެއްނިންމާ މި ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ. އިންޑިއާ ސިފައިން އިތުރުކުރާނަމަ މި ސަރުކާރު ވައްޓާލަން ޖެހޭ މަގުމަތިން ވަގުތު ފާއިތުނުވަނީސް... ޜާއްޖޭގައި ވިޔަފާރި ކުރާ އިންޑިމީހުން ހިންގާ ހުރިހާ ފިހާރަތަކުން މުދާ ގަތުން ހުއްޓާލަން ފެންނަނީ ފުރަތަމަ ކަމަކައް. ޢަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން މަޖުބޫރުކުރުވަން އެބަ ޖެހޭ ..

  14. ނާނަ

    ޢެ އުޅެނީ އަތަށް ގޮވަންދެން މިފަހަރު ހޭއަރާނެ ކަރުނަ އަޅަންޖެހޭނީ މުޅި ގައުމު

  15. ގަރޭ

    ޢުމަރު ވެސް ހަޤީޤީ މައްސަލައިގެ ވާހަކަ ނުދައްކާތީ މަށަށް ކަމުނުދޭ! ދަލުބޭރުން ނޫޅި ތިކަމާ ރަނގަޅަށް އުޅިބަލަ! 5000 ސިފައިން އަދި އަންނަން އޮތީތާ، އެކަމަކު އޭގެ ކުރިން ވަގަށް ތީގެ ކިތައްހާސް މީހުން އެބައުޅޭ! ބަލަ އެމީހުންގެ ނުރައްކަލުގެ ވާހަކަދައްކަން މީން އެކަކަށްވެސް ނުކެރެނީ ކީއްވެ؟؟؟ އެމީހުން މިއަދު އަރައިގަތަސް އަހަރެމެން ވާނީ ހަމަ އަޅުވެތި، (މިހާރުވެސް އަސްލުވެފަ)، ބުނަންތަ އެދުވަހުން އުމަރު ހަރުގަނޑު ގެންނަން ބުންޏަސް އެމީހުން ނުގެންނާނެ، އެހެންޏާ ހަރުގަނޑު ގެންނަންވެސް ތިބީ ހަމަ އެވެރިން! ޕްލީސް އުމަރު ސޭވްއަސް ފަރސްޓް ފުރޮމް ދިސް! ޑޯންޓް ޝައުޓު ފޯޔާ އޯން ބެނިފިޓް! ޕުލީސް!

    2
    1
  16. ޝުކުރިއްޔާ ގައުމު

    ސުބުހާނަﷲ!
    "............ އަދި އިންޑިއާ ސިފައިންނަށް ވިސާ އާކޮށްދިނުން ވެސް ހުއްޓާލިއެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފައެއް ނުވެއެވެ." ވިސާ ނުދިނީމަވެސް ނުގޮސް މިތާ ތިބި ތިބުމުންވެސް އެމީހުންގެ ނުރައްކާ އެބަ އެނގޭ. އަހަރުމެންގެ ކަންތައް ނިމި އަވަދި ކޮށްލާ އަޅުވެތި ކުރުން އަމާޒަކީ. މިފަދަ ނުބައި ނުލަފާ ބަޔަކަށް ވޯޓު ދިން ބަޔަކު ޖަވާބުދާރީ ވާން ޖެހޭ ދުވަހު އެފަކީރުންގެ ހާލާ ދޭތެރޭވެސް ހިތާމަ ކުރަން މި ޖެހެނީ އަހަރުމެނަށް.

  17. ބޮޑު މޮހައްމަދު

    އިންޑިއާ ސިފައިން މި ގައުމުން އިންޝﷲ ބާލާނަން. އިންސާނުންގެ އަޅުވެތިކަމުގެ ޒައްރެއްގެ މިންވަރުވެސް އަހަރެމެން ބޭނުމެއްނޫން. އެމްޑީޕީ އިން އެކުރަމުންދާ ކަންތަކުގެ ހިތި އެމީހުންނަށް ލިބޭތަން ވަރަށް އަވަހަށް ފެންނާނެ އިރާދަކުރެއްވިއްޔާ. މި ސަރުކާރު ހިނގަނީ އިންޑިއާއިން އެދޭ ގޮތަށްކަން ނޭންގޭ ކުޑަ ކުއްޖަކުވެސް މިހާރު ނުހުންނާނެ. މީ ދިވެހި މުސްލިމުންނަށް ކެތްވާ ވަރުގެކަމެއް ނޫން.

  18. ބޯހަލާކު

    ޢެމްޑީޕީ ކުދިން ނަށް ހަޖަމެއް ނުވާނެ ކަންތައް ވެ ނިމުނީމަ ދެން ކިރިޔާ ވިސްނޭނީ އުމަރުގެ މަސައްކަތުގަ ބަރަކާތް ލައްވާށި

  19. ޙުސައިން އިބްރާހިމް

    ޢުމަރުބޭނުން ފުޅުވަނީކޮން ކޮންގައުމެއްގެ ބަޔަކުމިރާއްޖޭގައި ތިބެންތޯ!