މީޑިއާ ކައުންސިލުން "ވަގުތު" އާއި ދެކޮޅަށް ޒާތީ މަޤުޞަދުތަކެއް ހާސިލް ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުން "ވަގުތު" ދިފާޢު ކޮށްދޭނެ މަސައްކަތް ކުރުމަށް ޤާނޫނީ އެހީތެރިކަން ބޭނުން ވާތީ ކޯޓުތަކުގައި "ވަގުތު" ގެ ދިފާޢު ގައި ވަކާލާތު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

"ވަގުތު" އިން މިއަދު ކުރި އިއުލާނެއްގައި ބުނީ "ވަގުތު" ގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ވީއެންމެ އަވަހަކަށް "ވަގުތު" ގެ ނަމްބަރު 7907173 އަށް ގުޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ވަގުތު" ގެ އޮފިޝަލަކު މިއަދު ވިދާޅުވީ މީޑިއާ ކައުންސިލުން އިޖުރާޢަތުތަކާއި ހިލާފަށް ކުރަމުން ގެންދާ ކަންތައްތަކުން ދިފާޢުވެ، މިނިވަން ނޫސްވެރިކަމުގެ ޙައްޤުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ މާހައުލެއް ގާއިމް ކުރުމަށް ޝަރުޢީ ދާއިރާ މެދުވެރިކޮށް މަސައްކަތް ފެށުމަށް "ވަގުތު" އިން ތައްޔާރުވަމުންދާ ކަމަށެވެ.

"ވަކި ބަޔަކު މީޑިއާ ކައުންސިލް މެދުވެރިކޮށް އެމީހުންގެ ޒާތީ ހަސަދަވެރިކަމެއް ފިލުވާލަން މަސައްކަތް ކުރަމުން ދަނީ. ޤާނޫނީ ހަމަތަކާއި، މީޑިއާ ކައުންސިލްގެ ޤާނޫނުގައި އޮތް އިޖުރާޢާތުތަކާއި ހިލާފަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުންދާ މަސައްކަތް މިއަދު ހުއްޓުވަން އެބަޖެހޭ. އެހެން ނޫންނަމަ މިއަދު "ވަގުތު" ގެ ދުވަސް ދުއްވާލާފައި މާދަމާ އެހެން ކޮންމެވެސް މީޑިއާއެއްގެ ދުވަސް ވެސް ދުއްވާލާނެ." އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު" ގެ އޮފިޝަލް ވިދާޅުވީ މީޑިއާ ކައުންސިލުން ދައްކާ ބިރަކަށް ފަސްޖެހުމެއް ނެތި ޤާނޫނީ ގޮތުން ލިބިފައިވާ މިނިވަން ނޫސްވެރިކަމުގެ ޙައްޤު ބޭނުން ކުރުމުގައި "ވަގުތު" އިން ކުރިއަށްދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓަވިޔަނި

    އެޓާނީ ޖެނެރަލް އޮފީހުގެ އިސްމީހަކު ނަގަން ފެނޭ.. ނޫނީ ފަހަރުގަ ނިހާނު އާއި ޓިނުއަދުރޭވެސް ރަނގަޅުވާނެ.. ގާނޫނު ހަދާ މަޖުލީގެ މެމްބަރުކަން ކުރިޔާ ބުނާތީ އިވޭ. ގައިމު އެމީހުންގެ ފެނަވަރުވެސް އެނގިދާނެތާ..

    3
    8
  2. ޏަމި

    ވަގުތު ފުނޑާލާތަން ބަލާކައް އަހަރުމެންވެސް ނުތިބޭނަން. ޢަބުރުގެ ގާނޫނު އުވާލީ މިނިވަން ނޫސްވެރިކަމެއް ކުރާށޯ ނަމުން. ޢަޑި އަޑިން ތިބެ ނޫސްވެރިކަން ފުނޑާލަން ގަންނަ ގަނޑު މި ސަރުކާރުންނާ މީޑިއަަ ކައުންސިލުން ކުރާ ވަރު ބަލާބަލަ.

  3. އިބްރާހިމް

    ހަސީނު ނޫނީ ހުސްނުއްސުއޫދު ފަދަބޭފުޅަކަށް މިކަންކުރެވޭނީ. އޭރުން މައްސަލަ ވެއްޓޭނީ ތިލަފަތަށެވެ.

  4. ޖ.އޯ.އެމް

    ނަތިން މެޓަރ އޮންލީ އަސް

  5. ބިދޭސީންނޭ

    ޓޫރިސްޓުންގެ ސަލާމަތަށް ވޯޓާ ސޭފްޓީ ޕްރޮގްރާމެއް ފަށަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު ޓޫރިސްޓުންގެ ސަލާމަތާއި ރައްކަލަށް ޓަކައި އެބަޖެހޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސަައްކަތް ކުރާ ބަންގާޅުންނަށް އެއްވެސް ރިސޯރޓެއްގައި ޕްރޮޖެކްޓް މަސައްކަތެއް ވެސް ނުކުރެވޭ ގޮތަށް ހަދާ އަދި އޮޕަރޭޓް ކުރަމުންދާ ރިސޯރޓެއްގައި ވެސް މަސައްކަތް ނުކުރެވޭ ގޮތަށް ހަދަން މިމައްސަލަ ސީރިއަސް ކޮށް އޮތް ކަން ސަރުކާރަށް އެނގިހުރެ މިކަން ހައްލު ނުކުރަނީ އެއީ ކިއެއްވެތޭ ސަރުކާރަށް މިކަން ކުރާ ކަން އެނގިހުރެ ޓޫރިޒަމް މިނިސްޓަރު މިކަން އިގްނޯރ ކުރުން އެއީ މިނިސްޓަރު ވެސް އަޅާ ރޯންގް ސްޓެޕްސް ތަކޭ ރާއްޖޭގެ ޓޫރިޒަމް ފުނޑެނީއޭ އިގްތިސާދީ ގޮތުން ދިވެހި ވިޔަފާރި އަށް އެެއްވެސް ފައިދާ އެއް ނުކުރެއޭ ރިސޯރޓް ޕްރޮޖެކްޓްއިން ވަގު ވިޔަފާރި ކުރާ މީހުންނަށް ދޮރޭ ހުޅުވެނީ އަދި އިތުރަށް ނުރައްކާތެރި ބަލިތައް ކަމުގައިވާ ހެޕެޓައިޓެސް ބީ ފަދަ ގައިން ގަޔަށް ޓްރާންސްމިޓް ކުރާ ނުރައްކާތެރި ބަލި ކެރީކުރޭ ގަވާއިދާއި ޚިލާފު