ރާއްޖޭގެ ސަލާމަތީ ގޮންޖެހުންތަކަށް އެހީވާން އިންޑިއާ ނޫން ކޮންމެ ބަޔަކު ވެސް ރަނގަޅުވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށާއި މި ސަރަހައްދަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮން ޖެހުންތަކުން އަރައިގަތުމަށް އެމެރިކާ ސަރުކާރުގެ އެހީ ލިބޭނެ ކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ސަފީރު އެލައިނާ ޓެޕްލިޓްޒް ވިދާޅުވުމާއި ގުޅިގެން ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ގޮންޖެހުންތަކަށް އެހީވާން އިންޑިއާ ނޫން ކޮންމެ ބަޔަކު ވެސް ރަނގަޅުވާނެ ކަމަށެވެ.

އެލައިނާ ޓެޕްލިޓްޒް، ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އަރިހަށް ކުރެއްވި އިހުތިރާމު ޒިޔާރަތަށް ފަހު އެމްއެންޑީއެފުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފަ ވަނީ، ރާއްޖޭގެ ސަލާމަތީ ވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޭ ސަމާލުކަން އެެމެރިކާގެ ސަފީރު ފާހަގަ ކުރައްވާ ކަމަށެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވަނީ އެމެރިކާއިން ދިވެހި ސިފައިން ތަމްރީނު ކުރުމުގަ އާއި އެނޫންވެސް ކަންކަމުގައި ދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި މިހާރުގެ ހަލާތައި ގުޅޭ ގޮތުން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތަށް ސިފައިން އަޅުމުންދާ ކަމަށްވެސް މާރިޔާ ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    100% ތެދުފުޅެއް....

  2. ރިހި

    ލަންކާ މީހުން ގެންނަންވީ

  3. އެލެކްސް

    ސަލާމަތީ ކަންކަމުގައި ބޭރު ގައުމު ތަކުގެ އަސްކަރިއްޔާ ގެންނަންޖެހޭ ހާލަތެއް އަތުވެދާނެ. ނަމަވެސް ރާއްޖެ ފަދަ އެއް ދީނަކަށް އިޅޭ އެއްބަޙަކުން ވާހަކަ ދައްކާ އާބާދީގައި 4 ލައްކަ މީހުން އިޅޭ ގައުމަކަށް ބޭރުގެ އަސްކަރިއްޔާގެ އެހީ ތެރިކަން ބޭނުން ވާންޖެހޭ ސަބަބެއް ނެތް. ތަމްރީނެއް ހަދާލަން ބަޔަކު ރާއްޖެ އައުމަކީ މައްސަލަ އެއްނޫން. ބޭރު ގައުމެއްގެ އަސްކަރިއްޔާއެއް އެގައުމެއްގެ އަސްކަރިއްޔާ އާއި ނުބައްދަލު އަދަދަކަށް ގެނައުމަކީ ގައުމު އަޅުވެތި ކުރުވުމަށް އެޅޭ ފިޔަވަޅެއް. މަދަނީ ބަސްނޭހުމް، ހިޔާލު ފާޅު ކުރުން، މުޒާހިރާ ކުރުން ފަހަރެއްގޢިވެސް އަސްކަރިއްޔާގެ ދައުރެއް ނޯވެ. ބޭރު ބަޔަކު ރާއްޖޭގެ ސަލާމަތީ ކަންކަން އެއްވެސް މިންވަރަކަށް ބެލެހެއްޓުމޭ ބުނެވޭ ބަހުގެ މާނައަކީ، ފަލަސްތީނުގައި އިޒްރޭލް މީހުން އަމަލު ކުރާ ލާއިންސާނީ އަމަލުތައް ރާއްޖޭގައި ފެށުން ރަގަޅު ކަމަށް ބުނުން. ޜަހުމެއް ނެތި ދިވެހިންނާއި ކުރިމަތި ލާނެ ބޭރު ބަޔަކު ސަލާމަތީ ކަންކަމުގެ އެއްވެސް މިންވަރެއް އަދާ ކުރުމަކީ ޚާއްސަ ކޮށް ރާއްޖެ އަކީ އެބައެއްގެ މިލްކެއް ކަމަށް ބުނާ ބަޔަކާ މަތި ކުރުން ހެޔޮނުވާނެ ފަދަ ބޮޑު އަނިޔާއެއް.