ވޭތުވެދިޔަ އަހަރުތަކާއި ބަލައި މިއަހަރު ޑެންގީ އަދި ޗިކަންގުންޏާ ޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ.
ފާއިތުވެގެން ގޮސްފައިވާ އަހަރުތަކުގެ ޖަނަވަރީ މަހުން ފަށައިގެން އޭޕްރިލް މަހާއި ހަމައަށް ޑެންގީ ޖެހޭ މިންވަރަށް ބަލައި މިހާތަނަށް މިއަހަރުގެ ޖަނަވަރީ އިން އޭޕްރިލް މަހަށް ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.
އެޗް.ޕީ.އޭ އިން މިއަދު ހާމަކޮށްފައިވާ ތަފާތުހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޗިކަންގުންޏާ ޖެހިގެން މިހާތަނަށް 846 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މާޗް މަހު 279 މީހުން ޗިކުންގުންޔާ ޖެހިގެން ރިޕޯޓް ކުރި އިރު އޭޕްރީލް މަހު ވަނީ މިއަދަދު 310 އަކަށް ވަނީ އިތުރުވެފައެވެ.
ޑެންގީ ޖެހޭ މިންވަރަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ވަނީ 1957 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައެވެ. އަދި މިދިޔަ މާޗް މަހު ޖުމްލަ 586 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފަވާއިރު އޭޕްރީލް މަހު މުޅިއަކު ޑެންގީއާ ގުޅުންހުރި 631 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ އޭޕްރީލް މަހާ އަޅާބަލާއިރު 45 މީހުންގެ އިތުރުވުމެކެވެ.
އެޗް.ޕީ.އޭ އިން ވަނީ ޑެންގީއާއި، ޗިކަންގުންޏާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ޑެންގީ އާއި ޗިކަންގުންޏާއިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ މުހިއްމު ކަންތައްތައްކާއި ފަރުވާވެސް ބުނެދީފައިވެއެވެ.
އޭގެ ތެރެއިން ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ފެން ހަރުލާފަދަ ހުސްފުޅި ނުވަތަ ދަޅުފަދަ ފެދަ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމަށް އެޗް.ޕީ.އޭ އިން ވަރަށް ބޮޑަށް އިލްތިމާސްކޮށްފައިވެއެވެ.
އަދި މި ބަލިތަށް ޖެހުމުން ގޭގައި ދެވޭނެ ފަރުވާވެސް އެޗް.ޕީ.އޭ އިން ވަނީ މި ބަޔާނުގައި ހިމަނާފައެވެ.
ސަރުކާރުން ވެއްޖެއެއްނޫން ރައްތައް ފޮގުކުރަން
ޖެހޭ ވަރަކަށް ޖެހިފަ މައިތިރިވާން ދޫކޮށްފަ އެއޮތީ. ތި ދެބަލި ވެސް ދެން މާލަހެއްނުވެ ނައްތާލާނަމޭ ބުނީމާ މިތިބީ ހެޔޮހިތުން ގަބޫލު ކޮށްގެން.
ތިޔަ ނިމުނީ ވަޒީފާ އަދާވެ