މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އަސާސީއާއެކު މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް، ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭ ގޮތަށް ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލް ޖުމްހުރިއްޔާ ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލައްވައިފިއެވެ.

ކުރީގެ ނައިބު ރައީސުން އިނާޔަތް ދިނުމުގެ ބިލްވެސް މިއަދު ރައީށް އަނބުރާ ފޮނުވާލެއްވި އިރު، އެ ދެބިލްވެސް ރައީސް ފޮނުވާލެއްވީ އަލުން ވިސްނުމަށެވެ.

އޭރު ހުންނެވި އުއްތަމަ ފަޑިޔާރަށް އިނާޔަތް ލިބޭގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ، ހުސްވި އޭޕްރީލް މަހުގެ 29 ގައި ބޭއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. އެއީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާއެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި، މި އިސްލާހުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ) ގެ ދަށުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ނިމުމަކަށް ގެނެވުނުއިރު ހުންނެވި އުއްތަމަ ފަނޑިޔާރަކީ ޝަރަފުވެރިކަމާ އެކު ފަނޑިޔާރު ކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވޯޓްވަގު

    ތިޔަ ބިލް ތަސްދީގް ކުރުމަށް ބޭނުންވާ ޕްލޭން އަދި ނުނިމޭ، މިފަހަރު މިހޮވުނު ރައީސަކީ މަކަރާއި ހީލަތުން ރައްޔިތުންނަށް ވަރަށްބޮޑު އޮޅުވާލުމެއްގެ ތެރެއިން ވެރިކަމަށް އައިސް ހުރިމީހެއް، ކެމްޕެއިން ތެރޭ ދެއްކީ ހުސްވާހަކަތަކެއް، އޭރު ވީ ވަޢުދު، އެކަމަކު މިހާރު އެބުނަނީ ގާފުރޮޅާނީ ޕްލޭން ކޮށްގެންނޭ،

    15
    4
  2. އަލްޖިބްރާ

    ހަމައެއްގޮތަކަށްވެސް އިނާޔަތް ދޭނެކަމެއްނެތް ! އެމީހުންގެ ބާރު އޮތްއިރު އެމީހުން ވަނީ ބޮޑެތި އިންވެސްޓްމަންޓް ތަކަށް މިލިއަނުން ފައިސާ ޚަރަދުކޮށް އެކަންކަމުން އަބަދުގެ ފައިދާ ލިބޭގޮތަށް އިންތިޒާމް ކޮށް ނިންމާފަ ! އެމީހުނަށް އިނާޔަތް ދިނުމަށްވުރެ ބޮޑެތި މުހުތާދުވެރިންނަށް އެފައިސާ ދިނުން މާ އައުލާކަން ބޮޑު !

    7
    2
  3. ޒިލޭބި

    ޖަޒީރާ ވަންތަ ވިސްނުމެއް ގެންގުޅުއްވާ ރަޢިސަކަށްވީމާ ވާނީ އެހެން. ޖަޒީރާ ކައިރީގަ ބޮއްކުރާ އޮތީ އަޅާފާ

  4. ސޯނަމް

    ނިންމުން ރަނގަޅު. ވަކި މީހަކަށް ނޫނީ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ގާނޫނުތައް ހެދުން ހުއްޓަންވެއްޖެ.

  5. ކަތީބު

    ޝޭޚް ރަޝީދަށް ނުލިބޭ ޢިނާޔަތެއް މުމްތާޒު ފަހުމީއަށް ލިބެމުންދަނީ، ކޮންހަމައަކުންތޯ މަޖިލީހުން ބަލައިދޭށެވެ.

  6. މަންޖެ

    އަދި ބިލް ފާސްކޮށް ތަސްދީޤުވެސް ކުރާނެ. އެއުޅެނީ 17 ވަނަ ރ. މަޖްލީހުން ކުރިކަމަކަށްވާތީ
    އެކަން ނުކުރަން. އަދި މިމީހުންގެ މެޖޯރިޓީ އޮތް މަޖްލީސް އައީމަ އަލުން އެމީހުން ކުރިކަމަކަށް ހަދަން ބިލް އަލުން މަޖްލީހަށް ވައްދާނެ އަދި ތަސްދީގު ވެސް ކުރާނެ.އެހެން ނޫނަސް ފަޟީލަތުލް އުސްތާޒު މުޙައްމަދު ރަޝީދު އިބްރާހީމް އަކީ ދިވެހި ޤައުމަށް ނުހަނު ގިނަ މަސައްކަތްތަކެއް 1978އިން ފެށިގެން އިޚްލާސްތެރިކަމާއެކު ކުރައްވަމުން ގެންދެވި ބޭފުޅެއް.މިހާރު ވެރިކަމުގެ ތެރޭގައި އެތިއްބެވި ބޭފުޅުން ގެތެރެއިން ގިނަ ވާނީ އޭރު އުފަން ނުވާމީހުން. މިހާރު މިރާއްޖޭގައި ދީނީ ޢިލްމުވެރީން ތިއްބަކަސް ދީން އުނގަންނަވައި ދެއްވުމަށް އޭރު ތިއްބެވި މަދު މީސްކޮޅުގެ ތެރެއިން އެއްބޭފުޅަކީ މުޙައްމަދު ރަޝީދު އިބްރާހީމް.ދިވެހި ދައުލަތުގައި ތަފާތު މަޤާމް ތައްފުރުއްވި ދިވެހި ދައުލަތުގެ ތަރިކައެއް. މުޙައްމަދު ރަޝީދު އިބްރާހީމް އަކީ.

  7. ފަނާ

    މިފަދަ ބިލް ތަކަކީ އުއްތަމަ ފަޑިޔާރުކަށް ކުރި ހުރިހާާ ބޭފުޅުންނަން ވެސް އިނާޔަތް ލިބޭ ބިލް ތަކަށް ވާންޖެހޭނެ. ވަކި މީހަކަށް އެއްޗެއް ދިނުމުގެ މަޤުސަދު އޮވެގެން ހެދޭ އެއްޗަކަށް ޤާނޫން ވެގެން ނުވާނެ.