ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ދަތުރެއް ހުވަދު އަތޮޅަށް ކުރުމަށް އެ މިނިސްޓްރީން ނިންމައިފިއެވެ.

މިއަދު ފެށުމަށް ހަމަޖެހިފައިވާ މި ދަތުރަކީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރެކެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މި ދަތުރު ތަކުގެ އެންމެ ބޮޑު ބޭނުމަކީ އެތަންތަނުގެ ހަޤީޤީ ހާލަތު ދެނެގަނެ، ރައްޔިތުންގެ ވިންދާ އެއްގޮތައް ކަންކަން ކުރުން ކަމަށާއި، ޓޫރިޒަމް ތަރައްޤީވެގެން އަންނަ އިރު އެ އަތޮޅުގެ ކައުންސިލްތައްވެސް ބާރުވެރިކުރުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށެވެ.

"މިދަތުރުގެ ބޭނުމަކީ ޓޫރިޒަމް ތަރައްޤީ ކުރާނެ ރަށްތައް ކަނޑައަޅާއިރު، ރައްޔިތުންގެ މަޝްވަރާ އާއި އެ ރަށްރަށުގެ ކައުންސިލް ތަކުގެ މަޝްވަރާ ހޯދުން. އަޅުގަނޑުމެން ބޭނުންވަނީ ކައުންސިލްތަކަށް ބާރުވެރިކަން ހޯދައިދޭން. އަޅުގަނޑުމެން ބޭނުންވަނީ ލާމަރުކަޒީ ޤާނޫނަކީ ކައުންސިލްތައް ބާރުވެރިކުރުމަށް އޮތް ވަޞީލަތައް ހަދައިދޭން." އަލީ ވަހީދު ވިދާޅުވިއެވެ.

އިތުރަށް އަލީ ވަހީދު ވިދާޅުވީ، އެންމެފަހުން ލ އަތޮލަށް މިކުރި ދަތުރުންވެސް އެ އަތޮޅުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން އެނގިގެން ދިޔަ ކަމަށާއި، އެގޮތުން ބަރެސްދޫ ޕްރޮޖެކްޓަކީވެސް އެ އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް އުންމީދު ކުރާ ޕްރޮޖެކްޓެއް ކަމަށެވެ.

"ރަށްރަށް ދިޔައީމަ އަސްލު މައްސަލަތައް މި އެނގެނީ. މިތަންތަނަށް މި ފޮނުވާ ސިޓީތަކަކުން އެކަންކަމެއް ހަޤީޤަތަކުގައި ނޭނގޭ. މިސާލަކަށް ލ އަތޮޅަށް ދިޔައީމަ މި އެނގުނީ އެ އަތޮޅު ރައްޔިތުން ޓޫރިޒަމަށް ހަޤީޤަތުގައި ބޭނުންވާ ވަރު. އެ ރަށު ރައްޔިތުން ބޭނުންވޭ އެ އަތޮޅުގެ ދެ ބިތުގަވެސް ރިސޯޓުތައް ތަރައްޤީ ކުރަން. ހަމަ އެއާއި އެކު ލ އަތޮޅު ރައްޔިތުން ވަރަށް ބޮޑަށް އުންމީދު ކުރާ ޕްރޮޖެކްޓެއް ބަރެސްދޫ ޕްރޮޖެކްޓަކީ. މި ސަރުކާރުން ނިންމާފަ އޮތީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދާގޮތައް." އަލީ ވަޙީދު ވިދާޅުވިއެވެ.

ރާއްޖޭގައި ފަތުރުވެރިކަން ރަނގަޅު ކުރުމަށްޓަކައި، ޓޫރިޒަމް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަތުރުވެރިކަން ތަރައްޤީ ކުރެވެން ހުރި ސަހަރައްދުތައް ދެނެގަތުމަށްޓަކައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރުވެސް ގެންދަވަނީ ގިނަ ދަތުރު ތަކެއް ކުރައްވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަސީދު

    ވޭތުވެދިޔަ 5 އަހަރު ޓުއަރިޒަމް ބޯއީކޯޓުކުރީ ، މިހާރު ވެރިކަމުގާ ނެއްމީހުންް ދިވެހިރާކެ ބަދުނާމުކޮއް ޓުވެރިޒަމް ބޯއީކޯޓު ކުރާކައް މަކައްކތެއް ނުކިރޭ ބޮޑު އަނގައެއް އޮތިއްޔާ ހުޅުވާ ، މިސަރުކާރުން އެދިއެއް ޓުވެރިޒަމައް ކޮއްދިން ކަމެއް ނޯއްނާނެ ބަޔަކު ކުރި މަސައްކަތެއްގެ ފޮނި ބޮއިބޯއި 5 އަހަރުތިބޭ

  2. ވޯޓްވަގު

    ކަޅޭ ކޮބާ ޕްލޭން، ތިކަމަށް ޕްލޭނެއް ނެތެއްނު،

  3. ކެޔޮޅު

    އަލީވަހީދު ޢަބުދުﷲ ސާހިދު މަހުލޫފު އަސްލަމް ހައްތާވެސް ބޮޑެތި ވަގުން ދެންވައްކަން ނުކޮއް ހުންނާނެތަ؟؟