ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ރަމަޟާން މަހުގެ އިހްޔާ ފޯރަމްތަކަށް ރިފްރެޝްމަންޓް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ހުށަހެޅި ދެ ކުންފުނީގެ ފަރާތުން އެންމެ އަގު ހެޔޮކޮށް ހުށަހަޅާފައިވަނީ ސައުތް ކޭޓްރިންގެ ފަރާތުން ކަމަށާއި، ނަމަވެސް ތަޖުރިބާ އަށް ލިބެންޖެހޭ މާކްސް ނުލިބުމުގެ ސަބަބުން ބިޑް ކާމިޔާބު ނުވީ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރިީ، މުސްޢަބު ޢަބްދުﷲ ވިދާޅުވީ، ބިޑް އިވެލުވޭޓް ކުރާނެ އުޞޫލުތައް އިއުލާނުގައި ބަޔާންކޮށްފައިވާނެ ކަމަށާއި، ކަމާއި ގުޅޭ ލިޔުންތައް ހުށަހެޅުމުން މެނުވީ މާކްސް ނުދެވޭނެ ކަމަށެވެ.

"ބިޑް އިޢުލާނުގެ ތިން ވަނަ ބައިގައި އެބަވޭ މަސައްކަތް ހަވާލުކުރާ ފާރާތެއް ހޮވުމުގައި ޕޮއިންޓް ދެވޭނެ ގޮތް. އެންމެ ފުރަތަމަ ކަމަކަށް މަސައްކަތުގެ އަގަށް 70 އިންސައްތަ. ދެވަނަ ކަމަކަށް މަސައްކަތުގެ ތަޖުރިބާ އަށް 30 އިންސައްތަ. ދެން ތަޖުރިބާ އަށް މާކްސް ދެވޭ ގޮތް ވެސް އިތުރައް ތަފްޞީލްކޮށްފައިވާނެ." މުސްޢަބު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މުސަޢަބު ވިދާޅުވީ، ސައުތް ކޭޓްރިންއަށް ތަޖުރިބާގެ ބައިން ލިބުނީ ސުމެއް ކަމަށާއި، އެކަމުގައި އެއްވެސް ކަމެއް އޮޅުވާލާފައިނުވާނެ ކަމަށެވެ.

"އޭގަ ބުނެފަ އޮންނާނެ ތަޖުރިބާ އަށް މާކްސް ދެވޭނީ 1 މެއި 2018 ން ފެށިގެން އެސްޓިމެޓް ހުށަހަޅާ ދުވަހާއި ހަމައަށް މި ބާވަތުގެ މަސައްކަތް ކޮށްފައިވާ ކަމުގެ ލިޔެކިޔުންތައް ހުށަހަޅަންވާނެ ކަމަށް. އެހެންނަމަވެސް އެ ޝަކުވާ ކުރި ކުންފުނީގެ އެއްވެސް ލިޔުމެއް ހުށަހަޅާފައެއް ނެތް. އެހެންކަމުން އެ ކުންފުންޏަށް ތަޖުރިބާ އަށް ލިބިފަ މިވަނީ ސުމެއް. ބިޑެއް އިވެލުވޭޓް ކުރާ އިރު ބަލަނީ ކުންފުނީގެ ނަމަކަށްނޫން. ނުވަތަ މާރކެޓްގައި މަސައްކަތް ކޮށްފަ ހުންނަ މުއްދަތަކަށް ނޫން. އަޅުގަނޑުމެން ބަލަނީ އިޢުލާނަށް." މުސްޢަބު ވިދާޅުވިއެވެ.

މި ބިޑް ކާމިޔާބު ކޮށްފައިވަނީ ބުރުޒު އިންވެސްޓްމަންޓްގެ ފަރާތުންނެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އެ މައްސަލަ އޭސީސީ އަށް ހުށަހެޅި ސައުތް ކޭޓްރިންގެ ގެ ފަރާތުން ވިދާޅުވީ، އެއީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރެއިން ގޮސްފައިވާ ކަމެއް ކަމަށާއި، އޭގެ ސަބަބުން ބޮޑު ގެއްލުމަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ލާމު

  ކޮންގެއްލުމެއްބާ ސައުތަށް ލިބުނީ ބިޑް ކާމިޔާބު ނުވީމަ. ކޯޓަށް ހުށަހަޅައިގެން ގެއްލުމުގެ ބަދަލު ހޯދަންއުޅޭ. ބިލިއަނުން ޖެހޭތޯ ބަލަންވާނެ.

  6
  4
 2. ސައުތުދޯ؟

  ތިހިރީހަމަ ރަގަޅަށް ނިންމާފަ. ސައުތައްކޮންގެއްލުމެއްވާތީތަ މިއުޅެނީ. ބިޑު ފުރިހަމަނުވީމަ ގެއްލުންވޭތަ. ހީވަނީ ސަރުކާރު ހިންގާ ޕާޓީގެ ކުންފުންޏެއްވީމަ ފައިސާ ނަހަމަގޮތުގަ ނަގަން މަސައްކަތްކުރަނީހެން. ހުށަހެޅި ބިޑަށް 116،000.00 ރ. ބިޑްކާމީޔާބު ނުވީމަ ލިބުނުގެއްލުމަށް. 116،000،000.00 ބަދަލު ސައުތަށް ދިނީމަ ކަރެޕްޝަނެއް ނެތް ޒިރޯ ކަރެޕްޝަން.

  5
  1
 3. ޚާފަ

  ތީއަދި މާހެއްވާ ވާހަކައެއް

 4. Anonymous

  ކީއްވެގެންހޭ ސުމެއް ލިބުނީ. ކަލޭ ތިހެން ބުނީމަ ގަބޫލުކޮށްގެން ތިބެންވީ. މި ފާއިތުވި ތަނުގައި ތައުފީޤު ކޮށްދިން އެއްވެސް ކަމެއްނެތް. ނޮވެމްބަރ 18 އިން ފެށިގެން ކުރީގެ ހުރިހާ ކަމެއް ފުއްސެވީތޯ. ބަލަ ތައުފީގު ތި ޚިދުމަތުގަ އުޅެނިކޮށް ކަލޯމެން ވިހެއީވެސް އެކަމަކުވެސް ތަޖުރިބާއަށް ސުމެއް. ސާބަސް ތިޔަ އޮތީ ރަނގަޅަށް އިވެލުއޭޓް ކޮށްފަ. ދެންވެސް އިތުރަށް އޮރިޔާން ނުވެ މަޑުމަޑުން ތިބެންވީނު

  15
  6
 5. އަން

  ނާހަމަ ތެދެއް އޮޅުވައެއްނުލާނެ ދޮގުހަދައިގެން ވެރިކަމަށްއައި ވަގުސަރުކާރުން. ތަޖުރިބާ ގުނަނީ ހަމައެކަނި މިދިޔަ އަހަރުގެ މޭމަހުގެ ފަހުން ލިބުނު ތަޖުރިބާ އެކަނި. އެހެންވީމަ އޮޅުވައެއް ނުލެވެއެއްނުން. އަނިޔާވެރި މައުމޫނުވެސް އިއުލާން ކުރަނީ އޭނާ މުއްސަދި ކުރަން ބޭނުންވާ މީހާގެ ވަނަވަރާ ދިމާވާގޮތައް. އަނިޔާވެރި އިބޫވެސް ރައްޔަތުންގެ ރުފިޔާ ހިތައްއެރި މީހަކަށް ބަހާ ހުސްކުރަނީ.

  14
  2
 6. އައްޑޫ މީހާ

  ސައުތު ކޭޓަރިންގ އަށް ތަޖުރިބާ އަށް 0 ވޯޓް ލިބުނީ ތީދެން މުޅި ދުނިޔެވެސް ތިޔަ އިސްލާމިކް ކޮރަޕްޓް މިނިސްޓްރީއަށް ފާޑުނުކިޔާ ދޫކޮށްލާނެ ކަމެއްނޫން އަޅެ މަ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ ތިބޭފުޅުން ހިނދުކޮޅުގަ ހަމައިން ނެއްޓިފަތޯ ތިއްބެވީ؟ ސުވާލު އުފެދޭ ޝުކުރިއްޔާ

  18
  4
 7. Samaaira

  ޢެހެންވެތަ ހައްޖުގްރޫޕްތަކުގެ ޕްރޮޕޯޒަލް ތައްބެލިއިރު ސިސިލްފަރު ގްރޫޕަށް ތަޖްރިބާއިން ސުމެއް ލިބުނީވެސް

  21
  3
 8. ކައުންސެލަރު

  ތެދެއް! ސައުތު އުފަންވީ މިއަދު. އެހެންވެ ތަޖުރިބާނެތީ- ކޮބާލަދު

  14
  2
  • އައުވާނު

   ތަޖުރިބާ ހުރިކަން ސާބިތުކޮށްދޭން ހުށަހަޅަންޖެހޭ ޑޮކިއުމެންޓުތައް ގަވާއިދުން ހުށަހަޅާފަ ނެތިއްޔާ ލިބެންވާނީ ހަމަ ސުމެއް! ކިތަންމެ މަޝްހޫރު ކިތަންމެ ފައިސާވެރިޔަކު ދޫކުރާ ޗެކަކަށްވެސް ބެންކުން ފައިސާ ދޫކުރާނީ ބެންކަށް ދީފައި އޮތް ނަމޫނާ ސޮޔާ އެއްގޮތަށް ޗެކުގައި ސޮއިކޮށްފައޮވެގެން. ސައުތުގެ ކިތަންމެ ތަޖުރިބާއެއް ހުއްޓަސް ހުށަހަޅަންވާ އެވިޑެންސް ހުށަނޭޅީމަވީ ގޮތް. ދެރަދޯ؟

   7
   6
 9. ބިންގޯ

  ސައުތަށް ސްމެއް ލިބުނީ ބިޑް ފްރިހަމަނުވީމަ. އެކަން ހަޖަމް ނުވަންޏާ ދެންބިޑް ތަކުގައި ބައިވެރިނުވުން ރަނގަޅުގަޅުވާނެ.

  1
  2
 10. ރައްޔިތުން

  އެންމެ އަގު ހެޔޮ ފަރާތަކަށް ބިޑް ކާމިޔާބު ވާކަށް ނުޖެހޭ އަންދާސީ ހިސާބު ބަލާ ކޮމިޓީ އިން ދޭ ޕޮއިންޓުގެ ތެެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށް ދިނީމާ ނިމުނީ ކޯޓަށް ދާކަށް ޖެހޭ ކަމެއްނޫން، އެފަރާތުން ކޯޓަށް ދިޔަތީ އެފަރާތް ސަސްބެންޑް ކުރުމަށް ފެނޭ 1 އަހަރަށް

  2
  5
 11. ނުހާ

  ސައުތަށް ސުމެކޭ ބުނީމާ ތި ބިޑުގައި ކަރޕްޝަން ނުހިމެނޭނެ އެއްގޮތެއްވެސް ނެތް. ކަލޭމެންގެ ސަރުކާރަށް ދޭންޖެހޭނީ ކަރޕްޝަން 5000 ޓޮލަރެންސް. ލަދެއްވެސް ނުގަނޭތަ މީޑިއާތަކަށް އަރައިތިބެ ވާހަކަތައް ދައްކަން އަނގަ ހުޅުވަން ބޯހަލާކު ގަމާރުންގެ ބޮޑުކަމާއެވެ.