މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) ގެ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރު 12:45 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރު ކުރަމުން ދަނިކޮށެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ދުއްވަމުން ދިޔަ އެމްއެންޑީއެފްގެ ކުރިޔަށް ސައިކަލު އަރަން އުޅުމުގެ ތެރޭގައެވެ. އެކްސިޑެންޓްވި ސައިކަލު ދުއްވަން އިނީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ. މިމީހާގެ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ހާމަކުރެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިއެއް ނުވެއެވެ. އެކްސިޑެންޓްވި އިރު ސައިކަލު ދުއްވަން އިން މީހާވަނީ ލައިސެންސް ނެތި ސައިކަލު ދުއްވުމުން ޖޫރިމަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު