ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ފްރާންސްގެ އެމްބެސެޑަރު އެރިކް ލަވާތޫ އާއި އިކްނޮމިކް ކައުންސިކާ ހާވޭ ސާނެއްލީ އާއި ބައްދަލު ކުރައްވައި މަޝްވަރާކޮށްފިއެވެ.

ފައްޔާޒާއެކު އެ ދެ ބޭފުޅުން މަޝްވަރާ ކޮއްފައިވަނީ ވިޔަފާރި އާއި އިގްތިސޯދީ ތަރައްގީގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުންނާއި ވިޔަފާރީގެ ގާތް ގުޅުމާ ބެހޭ ގޮތުންނެވެ.

މި ބައްދަލުވުމުގެ އިތުރުން އިއްޔެ ވެސް ވިޔަފާރީގެ ދާއިރާގައި ރާއްޖެއަށް ދިމާވާ ދަތިތަކުގައި އެހީތެރީކަން ފޯރުކޮށްދޭން ޗައިނާ އޮފިޝަލުންނާ އިއްޔެ މިނިސްޓަރު ފައްޔާޒު ބައްދަލު ކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ރާއްޖެ އާއި ޗައިނާއިން ސޮއިކޮށްފައިވަނީ ވިޔަފާރީގައި ހިމެނޭ ދާއިރާތަކުގެ އެކްސްޕާޓުންނާއެކު ރާއްޖެއަށް މަސައްކަތް ކުރެވޭނެ އެއްބަސްވުމެއްގައެވެ. އޭގެ ފަހުން ފައްޔާޒު ވިދާޅުވެފައިވަނީ އެ އެއްބަސްވުމާއެކު ރާއްޖޭގެ ފަންނީ ދާއިރާތަކަށް ވެސް ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށާއި ރާއްޖޭގެ ވިޔަފާރި ފުޅާ ކުރުމުގައި ޗައިނާ ފަދަ ބޮޑު ގައުމެއްގެ ތަޖުރިބާ މުހިންމު ކަމަށެވެ.