ފ.އަތޮޅު ނިލަންދޫ އިން ކަރަންޓް ކެނޑި، އެރަށު ރައްޔިތުން މިރޭ ކަނު އަނދިރީގައި ވަގުތުތައް ގުނަމުން އެބަގެންދެއެވެ.

މިއަދު ނިލަންދޫ އިން ކަރަންޓް ކެނޑުނީ އެރަށަށް ކަރަންޓް ދޭން ބޭނުން ކުރާ އެއް ޖަނަރޭޓަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެންނެވެ.

ނިލަންދުއަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އައީ 450 ކިލޯވޯޓްގެ ދެ ޖަނަރޭޓަރާއި 250 ކިލޯވޯޓްގެ ޖަނަރޭޓަރެކެވެ. މިއަދު މައްސަލަ ދިމާވީ 450 ގެ ޖަނަރޭޓަރަކަށެވެ.

މިއަދު މައްސަލަ ދިމާވި ފަހުން ކޮންމެ ހަތަރު ގަޑިއިރަކުން ރަށަށް ކަރަންޓް ދެމުން ދިޔަ ނަމަވެސް މިރޭ އެއްގޮތަކަށް ވެސް ކަރަންޓް ނުލިބޭތާ މިހާރު ގިނަ އިރުތަކެއް ވެއްޖެއެވެ.

ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދަނީ ދިމާވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިނބޫ

    ފީވަކުންވެސް، ގަމުންވެސް އަދި ބައެއް އެހެން ރަށްރަށުންވެސް ކަރަންޓް ކެނޑިފަ. މިގައުމުގަ ސަރުކާރެއް އެބައޮތްތަ؟ ލަދުން ބޯހަލާކު.

    33
    1
  2. އެމަންޖެ

    ހެޔޮ ސަރުކާރު ހައްގު މިންވަރު

    24
    1
  3. ޖަޒީރާ

    ޖަޒީރާ ވަންތަކަން ގެނެސް ދެއްވާތީ ފަށްފަށުން ސުކުރުވެރިވަން.

    26
    1
  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ސަޅި. އެމްޑީޕީ އެކްޓިވިސްޓުންގެ އިންޖީނުގެތައް. މިސަރުކާރުގަ ރައްޔިތުން ތިހާލުގަ އުޅޭކަށް ނުޖެހޭނެ. ރައްޔިތުން ބިކަވީ ރައީސް ޔާމީނު ސަރުކާރުގަ. އެހެންވީމަ މިޔަދު އުފާކުރަން ޖެހޭ. އަދި ޖަޒީރާވެފަ ތިއޮތީ.

    6
    1
  5. ބާބޫ

    އިންޑިޔާ ސިފައިންނާ އިންޖީނުގެތައްވެސް ވެސް ހަވާލުކުރަން ތިޔަ މަގުފަހި ކުރަނީ

    11
    1
  6. ލެޑޭ

    ގޭބީސީތަކަށް ދޫކުރާ ލެޑް ބޮކިތައް ޔުޓިލިޓީ ކުންފުނިތަކާ ހަވާލުކޮށްފި

  7. އެޖެންޑާ19

    ފ. އަތޮޅު ނިލަންދޫއިން ރައްޔިތުން އެންމެ ފަހުން ވޯޓު ދިނީ ރަށްރަށުގެ އަސާސީ ކަންކަން ފުރިހަމަ ކުރަން ބޭނުންނުވާ ކަމުގެ ފެހި ނިޝާން. ނިލަންދޫ އަކީ ޕީޕީއެމްގެ ވަރަށް އަރިސް ރަށެށް އެހެނަސް ފަޅި ބަދަލު ކޮށް މޮޅުވާން ކުރި މަސައްކަތުން ތިޔަ އޮތީ ތެޔޮ ހަމެއް ލިބިފައި ތިޔަ ހިތާމައިގައި ބައިވެރި ވަން އެނޫންވަރެއް މިހާރަކު ނެތް.