ގއ. ކޮނޑޭގައި ބޮޑު ބައެއްގައި ކަރަންޓް ކެނޑިފައި ވަނިކޮށް، އެރަށުގެ ކޯޓަށް ކަޅު ތެޔޮ ޖަހައިފިއެވެ.
މިއަދު މެންދުރު 12:00 ހާއިރުން ފެށިގެން މުޅި ރަށުން ކަރަންޓް ގޮސްފައިވާ އިރު، ގެތަކަށް ކަރަންޓް ދީފައި ވަނީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް، ހައެއް ޖެހި އިރުއެވެ. އަދި ގެތަކަށް އެކަނި ކަރަންޓް ދިން އިރު، އެ ރަށުގެ އެއްވެސް ސަރުކާރު މުއައްސަސާއެއްގެ އިތުރުން މަގުމަތީގެ ހޮޅި ބައްތިތަކަށްވެސް އަދި ކަރަންޓް ދީފައެއް ނުވެއެވެ.
އެރަށު ކޯޓަށް ކަޅުތެޔޮ ޖަހާފައި ވަނީ މިރޭ ނުވައެއް ޖަހާ ކަންހާއިރުއެވެ. އެވަގުތު ކޯޓުގައި ކަރަންޓް ނެތް އިރު، ކަޅުތެޔޮ ޖަހާފައި ވަނީ ކޮންބައެއް ކަމެއް އެނގިފައެއް ނުވެއެވެ. އަދި ކޯޓަށް ކަޅު ތެޔޮ ޖެހުމުން މިހާރު ދަނީ ސާފު ކުރަމުންނެވެ.
ރަށުގައި ކަރަންޓް ކެނޑި، ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވަމުންދާތީ، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ބައެއް ރައްޔިތުން މިއަދު ވަނީ ރަށަށް ކަރަންޓް ދޭ ފެނަކް ބްރާންޗު ކައިރިއަށް އެއްވެފައެވެ. އެ އެއްވުމުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއްވެސް ހިނގާފައިވެއެވެ.
ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ކަރަންޓްގެ މައްސަލަ ބޮޑުވެފައިވާ އިރު، ރަމަޟާން މަހާ ދިމާކޮށް މައްސަލަ ދިމާވަމުންދާތީ އާންމުންނަށް ވަނީ ވަރަށް ބޮޑު އުނދަގުލަކަށް އެކަން ވެފައެވެ.
ދެން ކެތް ކޮށްލާ! ފުޅި ބައްތިއާއި ބިގަރު އަދި ފާނޫޒާއި ތެޔޮ އުދުން ފަދަ ޖަޒީރާ ވަންތަ ތަކެތި ރާއްޖެތެރޭ މީހުން އެއްކޮށްފަ ބަހައްޓާތި! ވ. މޮޅަށް ޕްލޭން ކުރެވިގެން ދާ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ވީމަ ވަރަށް ދުވަސް ނަގާނެ ރަނގަޅުވާން. ތި ރަށުން ކަރަންޓު ދިއުމަކީ ތިރަށުގެ މައްސަލައެއް! ސަރުކާރުގެ މައްސަލައެއް ނޫން! ރައްޔިތުންގެ ނިންމުން 2018 އެންޑް 2019. ދެން އަތްޖަހަން ތިބޭ ކަނު އަނދިރީގަ!
ހެޔޮ ސަރުކާރު ހެހެ
ހެޔޮ ސަރުކާރުވާނެ ކަލޯމެންގެ ސަހެޔޮ ސަރުކާރުން އެއްވެސް އިންޖީނެއް ސާވިސްނުކޮށް ތަން ފަނާކޮށްފަ ރަށްރަށުގަ އުޅޭ ޕާޓޭ ކުދިންކޮޅު ފެނަކައަށް ވައްދާފަ ދިޔައީމަ
އެއްގޮތަކަށްވެސް ކޯފާވާނެކަމެއްނެތް. އަނދިރީގަ ދެންތިބެލާ. ދިވެހި ގައުމާ ރައްޔިތުންނަށް ކަމެއްކޮށްދިން ވެރިން ތިބިނަމަ، ފެނަކަމީހަކަށް ނިދާކަށް ނުކެރޭނެ ތިރަށަށް ޖަނަރޭޓަރެއްގެންގޮސް ކަރަންޓް ދޭނެ. މާލެއިން ފެން ކެނޑުނު ދުވަހު މިނިސްޓަރަކަށް ގޭގަ ނިދާފަ އޮވެވުނުތަ؟ ރައްޔިތުންނަށް ފެން ފޯރުކޮށްދީފަ ރައީސުލްޖުމްހޫރިއްޔާވެސް ގެއަށްވަނީ. އެއީ ވެރިން ތިބެންޖެހޭނެގޮތަކީ. މިހާރު މިލިބެނީ ދިވެހިންނަށް އަސްލު ހައްޤު މިންވަރު. ފުޅި ބައްތިއާއި، ހަނޑަސްބުރި.
ޔާމީނު ވެރިކަމުގަ ކަރަންޱު ކެނޑުނީމަ އަނދިރިވިޔަސް މިސަރުކާރުގަ ކަރަންޱުނެތަސް އަނދިރިއެއް ނުވާނެ މިހާރުތިބޭނީ ބިސްކެވިފަ!!
19 ގަ ނެތްކަން ނޭގެ ތި ކޮނޑޭ އެއް، އެހެން ނޫނަސް އަހަރަމެންނަށް ފެނިފަ ހުރިތަނުގަ ރަށްފުށުގަ ކަރަންޓެއް ނޯވޭ. އެ ޖަޒީރާ ވަންތަ ކަން ގެނެސްދޭތަން ތި ފެންނަނީ. ވައުދު ފުއްދަ ދޭތީ މި އޮތްފަދަ މައްސަރުގަ ސުކުރުވެރިވެ ބަލަ. އެހެން ނޫނަސް ތީ ކުންފުނީގެ ކަމެއް އެސޮރުގެ ކަމެއްނޫން.
ކޮނޑޭ ރާއްޖޭގެ ގިނަ ރަށްރަށުގެ ޙާލަތު؟؟؟ މިކަން ޙައްލުކުރަން ދަންނަވަރުގެ ބައެއް ފެނަކައިގައި ނެތް، މިކަމުގައި ސަރުކާރުން އެތަނުގެ ވެރިން ބަދަލުކުރަން ގޮވާލަން
ދޮގެއްތީ މިވެރިކަމުގަ ހުރިހާކަމެއް ފުރިހަމަވާނެ
މިސަރުކާރަކީ ފައްކާ ސަރުކާރެއް. ކުރީގެ ވެރިކަންތަކުގައި ދިވެހިންނަށް ކަމެއް ކޮށްދީފަ ހުރިނަމަ އެކަމެއް ހަލާކުކޮށްލުމުގެ ޕްލޭނެއްނޫނީ އަދި ނުހެދޭ. ފްލެޓްތައް ތަޅަންވެއްޖެ. މަގުތައް ހަލާކު ކުރަންވެއްޖެ. ޕާކިން ސިސްޓަމްތައް ކުނިގޮނޑަށް އަޅަންވެއްޖެ. ޖަނަރޭޓަރުތައް ހަލާކުކޮށް އާއިލީ ވިޔަފާރިން ސޯލާ ހަރުކުރަންވެއްޖެ. ހިއްކާފަ ހުރިތަނަން ކޮނެ އަލުން މޫދަށް ހަދަންވެއްޖެ. ފުންކޮށްފަ ހުރިތަނަކަށްވެއްޖެއްޔާ ވެލިއަޅަންވެއްޖެ. މިގައުމު ޖަޒީރާ ވަންތަ ތާކަށް ހަދާލާފަ ނިންމާލާނީ.
ލެޑް ބޮކި އެބަ ބަހަޔޯ ސަރުކާރުން. ބަލަ! ބޮއްކެއް ދިނަސް ތީތި ދިއްލާނީ ކިހެެނެއް، މިހާރު އެންމެ ރަނގަޅުވާނީ ފުޅި ބައްތި ތައްޔާރުކޮށްފަ ބެހުން، އަތްކަން ކުރާ މީހުންނަށް ތުން ހަދަން އެގޭނެ، ކާޑު ވިއްކާ މީހުންގެ އަތުން އޭގެ ރޯކުރާ ސުތުލި ފީތާ ހަދަން ސުތުލި ލިބޭނެ. ގޮނޑު ދޮށުގައި ހިނގާލީމާ ރަށަށް ލައްވަފައި ހުންނަ ފުޅިތަކުން ބައްތި ފުޅި ލިބޭނެ. މި އީ އަސްލު ޖަޒީރާ ދިިރިއުޅުން