ވަގަހް ބޯޑަރުގައި ޕާކިސްތާނާ ވީ ފަޅި ބަލަހައްޓާ ސިފައިން - ފޮޓޯ: ބީބީސީ
ވަގަހް ބޯޑަރުގައި ޕާކިސްތާނާ ވީ ފަޅި ބަލަހައްޓާ ސިފައިން - ފޮޓޯ: ބީބީސީ

އިންޑިޔާއާއި ޕާކިސްތާނާ ދެމެދު އޮންނަ ރަސްމީ ބޯޑަރުގެ ކައިރީގައި މިއަދު ދެވުނު ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 45 މީހުން މަރުވެ، 70 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެއްޖެއެވެ.

ADS BY OOREDOO

މި ހަމަލާ ދެވިފައި ވަނީ، ވަގާހް ބޯޑަރުގެ، ޕާކިސްތާނާ ވީ ފަޅިންނެވެ.

ޕަންޖާބު ޕްރޮވިންސްގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުން، މި ހަމަލާގައި، ބޯޑަރު ބަލަހައްޓާ ސިފައިންގެ ތިން މީހަކު ވަނީ މަރުވެފައެވެ.

ކޮންމެ ދުވަހަކުވެސް، އިރުއޮއްސޭ ވަގުތު، ވަގާހް ބޯޑަރުގައި ދިދަ ތިރިކުރުމުގެ ރަސްމިއްޔާތު ބެލުމަށް ގިނަ ބަޔަކު އެއްވެއެވެ. ފުލުހުން ބުނާ ގޮތުން، އެސަރަހައްދަށް އެއްވެ ތިބި މީހުންގެ ގިނަ ބަޔަކަށް އަނިޔާއާއި ޒަޚަމްތަކެއް ލިބުނު އިރު، އޭގެ ތެރެއިން 15 މީހުންނަށް ވަނީ ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ.

ޕަންޖާބުގެ ފުލުހުންގެ އިސް ބޭފުޅަކު ވިދާޅުވީ، މި ހާދިސާ ހިނގީ، ވަގާހް ބޯޑަރުގެ ދިދަ ތިރިކުރުމުގެ ރަސްމިއްޔާތަށް ފަހު، އެހިސާބުގައި ހުރި ރެސްޓޯރަންޓެއް ކައިރިއަށް ގޮސް މީހަކު އޭނާގެ ގައިގައި ހަރުކޮށްފައި ހުރި ގޮވާ ޒާތުގެ ތަކެތި ގޮއްވާލުމުގެ ސަބަބުން ކަމަށެވެ.

އިންޑިޔާގެ ސެކިއުރިޓީ އޮފިޝަލެއް ވިދާޅުވީ، މި ހާދިސާގެ ސަބަބުން، ވަގާހް ބޯޑަރުގެ އިންޑިޔާއާ ވީ ފަޅިއަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ADS BY SHEESHA

މި ސަރަހައްދަކީ، ދެޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިތައް ކުރުމަށް އޮންނަ މައި މަގެވެ. އަދި ބޯޑަރުގައި ދިދަ ނެގުމާއި ދިދަ ތިރިކުރުމަށް އޮންނަ ރަސްމިއްޔާތު ބެލުމަށްޓަކައި ގިނަ ބަޔަކު އެސަރަހައްދަށް އެއްވާ އިރު، އާދީއްތަ ދުވަހުގައި އެސަރަހައްދަށް އެއްވާ މީހުންގެ އަދަދި ވަކިން ޚާއްސަކޮށް އިތުރުވެއެވެ.

ADS BY ASTERS

1 ކޮމެންޓް

  1. ބޮންގޮއްވި ހައްދުފަހަނައެޅި ދީނީކަލޭގެ ހިތުން އެއްބުރުން ތިދެވުނީ ސުވަރުގެޔައް އުތަ؟ ސޮރީ، ތިދެވުނީ ޒައްގޫމު ބޯން ނަރަކައައް. މަށައް ފެންނަނީ ތިކަހަލަ ހުރިހާ ހައްދުފަހަނައަޅާފަ ތިބިއެންމެން އެއްތަނެއްގައި ތިބެފަ، އެއްފަހަރާ ބޮމެއް ގޮއްވާލައިގެން އެއްބުރުން ސުވަރުގެ ދާން. އޭރުން ފުރެންޑުންކޮޅާ އެކީ އެތަނައް ދެވޭނެއެއްނު އުތަ.