ރަމަޟން މަހުގެ ފުރަތަމަ 15 ދުވަސް ފުރިހަމަ ވާން ކައިރިވެފައި ވަނިކޮށް، ރަމަޞާން މަހަށް ހާއްސަކޮށްގެން އިމާމުންނާއި ހާފިޒުން ގެންނަން އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ. ނަމަވެސް ގެންނަން ނިންމާފައި ވަނީ އެންމެ ތިން ހާފިޒުންނެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެމަނިސްޓްރީން ގެންނަ އިމާމުންނާއި ހާފިޒުންގެ ފުލްބޯޑް އެކަމަޑޭޝަން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައެވެ. އެއިއުލާނާއި އެކު ހިމަނާފައިވާ މައުލޫމާތު ކަރުދާނުގައި ވިދާޅުވެފައި ވަނީ ޚިދުމަތް ދޭން ޖެހޭނީ ތިން ހާފިޒުންނަށް ކަމަށެވެ. ނަމަވެސް މެހެމާނުންގެ އަދަދު އެއަށް ވުރެ އިތުރުވެ ނުވަތަ މަދުވެސް ވެދާނެ ކަމަށް އިއުލާނުގައި ވެއެވެ.

އިމާމުންނާއި ހާފިޒުންނަށް ފުލްބޯޑް އެކަމަޑޭޝަން ހަމަޖައްސައިދޭނެ ފަރާތަކުން އަންދާސީ ހިސާބު މިމަހުގެ 18 ވަނަ ދުވަހު ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ. އެއީ ރަމަޟާން މަހުގެ 13 ވަނަ ދުވަހެވެ.

އިއުލާނާއި އެކު ހިމަނާފައިވާ މައުލޫމާތު ކަރުދާސް ބުނާ ގޮތުން 20 ދުވަހު އެމީހުންނަށް ޚިދުމަތް ދޭން ޖެހޭނެއެވެ.

ހާފިޒުން ގެންނަނީ ކޮންތަނަކަށް ކަމެއް އިއުލާނުގައި ބުނެފައެއް ނުވެއެވެ.

ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން އިސްނަގައިގެން ކޮންމެ އަހަރަކު ވެސް ރަމަޟާން މަހު ހާފިޒުން ގެނެއެވެ. ނަމަވެސް މިފަހަރު ހާފިޒުންނަށް ވިސާ ދޫކުރުމުގައި އިމިގްރޭޝަނުން ދަތިތަކެއް ކުރިމަތި ކުރުމުން ގިނަ ހާފިޒުންނަކަށް ރާއްޖެ ނާދެވުނެވެ. އެކަމުގެ ސަބަބުން ގިނަ ރަށްރަށުގައި ކުރިން ރާވާފައި އޮތްގޮތައް ތަރާވީހް ނަމާދެއް ނުކުރެވެއެވެ.

ހާފިޒުންނަށް ވިސާ ދޫކުރުމުގައި ކުރިމަތިކޮށްފައިވާ ދަތިތަކާއި ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ރައްޔިތުން

  ރަނގަޅޭ، ވަރަށް މޮޅުވާނެ އެމީހުން އަދި އެހާ ދުރާލައި ކަންކުރަން ދަންނާނެ.

  28
 2. ގގގގ

  މިސަރުކާރަކީ، އިސްލާމްދީނަށް ނިކަމެތިވާނެހާ ގޮތްތަކަށް މަސައްކަތް ކުރާބައެއް. ދިވެހިން ލަދެއްނުގަންނާނެ، މިއީ މުސްލިމުންނޭ ކިޔާކަށް. ﷲ ގެ ޙަޟްރަތުގައި ކޮޅަށްތިބޭދުވަހު، ދިވެހިން ދައްކާނީ ކޮންމޫނެއް؟ ﷲ ގެ އަދުއްވުން އެއީ އެމީހުންގެ ވެރިންގެ ގޮތުގައި ހަދައިގެން، އެމީހުންނަށް ވޯޓުދީގެން، ﷲ ގެ ދަރުބާރަށްދާ ދުވަހު ލަދެއް ނުގަންނާނެބާއޭ މަހިތަށްއަރާ. ބޮޑު ހެދުންލާ މޫނު ނިވާކޮށްގެން، ފަސްއިރު ނިތް ޖެހުމުން ﷲ ގެ ދީނަށް ނަޞްރު ދެވޭނެތަ؟ އެއީ މުނާފިގުންގެ ގޮތް. ތިމާގެ ބޭރުފުށުން ދައްކާ ދަޅައެއް. ﷲ އަށް އީމާންވާ މީހަކު، ﷲ ގެ އަދުއްވުންނަށް ވޯޓެއްނުލާނެ.

  38
  2
 3. ހާފިޒު

  މިގައުމު މިދަނީ، ސެކިއުލަރ ސްޓޭޓަކަށް. މިގައުމުގެ ރައްޔިތުންނަށް ނޭނގިތިބެ ކުރިކަމެއްނޫން. ހަމަ ގަސްދުގައި، އިސްލާމްދީން މިގައުމުން ފޮހެލުމަށް، ނުވަތަ އިސްލާމްދީން ނިކަމެތި ކުރުމަށް، ﷲ އަށާ އެއިލާހުގެ މާތް ނަބިއްޔާއަށް މަލާމަތްކޮށް ފުރައްސާރަކުރާ، އަދި ދީނެއްނެތް ބައިގަނޑެއް އެއީ ދިވެހިންގެ ވެރިންގެ ގޮތުގައި ހަދައިގެން މިތިބީ. މަރުވުމުން، މިކަމާމެދު ސުވާލުކުރެވޭނެކަން ދެނެތިބެ ލަދެއް ހަޔާތެއްނެތި، މުސްލިމުންނޭ ﷲ ގެ ދީނަށް ނަޞްރުދޭ މީހުނޭ ގޮވާނެ. ބޭރުފުށުން، ނަމާދު ކުރާނެ. އެކަމަކު، މިގައުމު މިއީ ކާފަރުންނާއި މުނާފިގުންނާއި، ޖާހިލުންގެ ތަނަކަށް ހެދުމަށް، ތިމާ އާއެކޭ ބުނި ހަނދާނެއް ނުހުންނާނެ.

  36
  1
 4. Anonymous

  ވާނެ ހައެތި ވީމަ ހޭއަރާނީ. މިގައުމުގައި މިތިބަ އިގްނޯރަންޓް މީހުންހިތުން، އޭނަ އެއީ ސެކިއުލަރ މީހެކޭ ބުނީމަ އަމާންކަން ލިބޭނެ. އެއީ ވާނެ ކަމެއްނޫން. ދުނިޔޭގެ ކޮންމޭތަކަށް ދިޔައަސް. އެމީހެއްގެ މާޒީ އެމީހާއާއެކު ދާނެ. މުސްލިމެއްގެ ދަރިއަކަށްވުމުން، މުސްލިމުން ޒަމާނެއްގައި ތިބި ގައުމެއްގެ މީހަކަށްވުމުން، ކޮންމެވެސް ޒަމާނެއްގައި މުސްލިމު ނަމެއް ކީ މީހަކަށްވުމުން، ދުނިޔޭގައި ލެއްވި ކޮންމެފަދަ ނުބައިކަމެއް ކޮށް އެއީ މުސްލިމުންގެ ޖަމާއަތުގެ މީހެއް ނޫންކަމަށް ދެއްކިއަސް، ދުނިޔެމަތިންވެސް އެބައިމީހުނަށް ރައްކާތެރިކަމެއް ނުލިބޭނެ. ދެން މަރުވުމުން، ސުބުޙާނަﷲ. އެފަދަ މީހާ ނިކަމެތިވެގެންވާ ހާލު ލިބޭނެ އަޒާބެއްގެ ބޮޑުކަމާއެ. ﷲ އަކްބަރް.

  25
  1
 5. ތެމާ

  އަމިއްލަ އަތްތަކުން ހަލާކު ހޯދައިގަނެގެން، މާމޮޅު އެއްޗެއްލިބޭނެކަމަށް. އެއްމިލިއަން ޑޮލަރުގެ ވަގުތުހުމަތެއް މީހެއްގެ ބޮލުގައި އަޅުވައި، އެމީހާގެ އަބުރަށް އަރައިގަނެ. ﷲ ހައްދު ކަނޑައެޅުއްވި ކުށެއް އެމީހާގެ ބޮލުގައި އަޅުވައިގެން ހަޅޭއްލެވީ، ލައްކަ ފައިސާ ހޯދާލާނަމޭ ހިތާ؟ ލައްކަ މޮޅު ހޯދާ ދުނިޔެމަތީގައި، އަރާމާ އުފަލުގައި އުޅޭނަމޭ ހިތާ؟ އެއީ ވާނެކަމެއްނޫން. މިސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭނެ އެއްކަމެއްވެސް ނޯންނާނެ. އަމިއްލަ ޖީބަށް %90 ވަންނަގޮތަށް ނޫނީ އިނގިއްޔެއްވެސް ތަޅުވާނުލާނެ. ފައިސާ، ފައިސާ ގޮވަމުން އޭގެ އަޅުންނަށްވެގެން ތިބި ދިވެހިންނަށް ރަނގަޅުވާނީވެސް، ޒައްރާއެއްގެ މިންވަރު. ﷲ ގެ ނިއުމަތަށް ފުރަގަސްދީ އިސްލާމްދީނަށް ނިކަމެތިކަން ދިން ބަޔަކަށް ހައްޤު މިންވަރަކީ ނިކަމެތިކަމާއި، ފަގީރުކަން.

  27
 6. ސަލީމް

  ބަލަ މިސަރުކާރުން ކަމަކަށް ކަމެއް ކުރާކަށް ގަލެއް ނުފޮރޮޅާނެ. ރަސްމީ ބަންދު ދުވަސްތައް ކަނޑާފަ ރޯދަމަސް ނިމޭނީ ޖުލައި ސައްބީހަށް. އަދި ލައްކަ ދުވަސް އެބަ އޮތެއްނު. ކެތްތެރިވޭ.

  25
  2
  • ގޯނިބޭ

   ރޯދަމަސްވެސް ބަންދު ދުވަސްތައް ނުލާ ގުނަން ހަމަޖައްސަން ވީނު.؟

 7. ރައްޔިތުން

  މިސްކިތްތައް ކައުންސިލް ތަކާއި ހަވާލުކުރި އިރު ދާއިމީ އިމާމުން މިނިސްޓްރީގެ މީހުން އެކަމަކު ވަގުތީ މިހުންނާއި މިސްކިތް ކައުންސިލްތަކަށް، އެމީހުންނަށް ނޭގުނީ ކަން ކުރަންވާގޮތް ރަނގަޅުވާނީ މިސްކިތް މެދުން ރޮގެއް އަޅާފަ އެއްބައި އެމީހުންނަށް އަދި މީހާގެ އެއްފަޅިވެސް އެމީހުންނަށް ވާގޮތަށް ޕޮލިސީ ތައް ހެދުން. ތިޔަ މިނިސްޓްރީގެ މަސްޢޫލިއްޔަތު ދައްޕަރު މޫސާ މެން ހިންގި އިރުވެސް މާމޮޅު އަޅެ މީ ދޮގެއްތަ؟

 8. ހޭލުން

  ދީނީކަންތަކަކީ ފަސްކުރަންވީކަމެއްނޫން ނަމަވެސްމިކަންމިވަނީ ފަސްކުރެވި ރަމަޡާންމަސްދެބައި
  ވާންކައިރިވުމުން ތިންހާފިޒުންގެންނަން ނިންމާފައި މުސްލިމްގައުމެއްގައި ދީނީކަންތަކީ އަމާބުނީމާ
  ފަރަށްދާގޮތަންކުރަންވީކަންތަކެއްނޫން މިކަމުގައި އިހުމާލްވާފަރާރްތައް އިސްތިއުފާދެއްވާފައި ކަމަށް
  ގާބިލްފަރާތަކާހަވާލްކުރެއްވުން ބުއްދިވެރި ދެއްވާބޮޑުމުސާރައާ އަގުބޮޑުކާރާ ފިނިކޮޓަރިއެއީ އަމިއްލަ
  އަށްޚަރަދު ކުރައްވައިގެން ލިބިލައްވާފައިވާ ތަކެއްޗެއްނޫން އެއީހުރިހާރަށްޔިތުން ހިއްސާވާތަކެތިކަން
  ހަދުމަފުޅު ބަހައްޓަވާ

 9. އަހްމަދު

  ޕޮއިންޓްދޭނީ ކުލައަށް ބަލައިގެން. އަންދާސީ ހިސާބު ހުށަހަޅާއިރު މިކަމަށް ސަމާލުކަންދޭތި. ނޫނީލިބޭނީ ޕޮއިންޓް ސުމެއް.

 10. ދދދދދދ

  ސާބަހޭ ވަޒީރު. އަލީ ޒާހިރު އެބުނާ "ބާރު ސްޕީޑްގަ" ތިދަނީ.

 11. ހާފިޒު

  ކަލޭމެން އަހަރެމެންނަށް ކަމެއް ކޮންދެންޏާ މިރާއްޖޭން ބޭރަށް، މިތިބަ ޖާހިލުންނާ ދުރަށް ދެވޭފަދަ ވިސާއެއް ހަމަޖައްސާދީބަލަ. އެތަނަކަށް ގޮސް ސަލާންޖަހައިގެން އުޅެންވެސް މިއަށްވުރެން ހިތަށް ފަސޭހަވާނެ.

 12. އެގަންޖާ19ލާދީނީ

  މިވީކުޑަދުވަސް ކޮޅުންވެސް އެނގިގެން ހިގައްޖެ އިސްލާމީ ގައުމެއްގަ ވެރިކަންކުރަން ހެޔޮވާވަރުގެ ބައެއްނޫންކަން..ސުކުރިއްޔާ...