މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުން ހޮވި ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ،

ފުލުހުން މިއަދު ވިދާޅުވީ މާލެ ލޯކަލްމާރުކޭޓު ސަރަޙައްދުން ފައިސާތަކެއް އާންމު ފަރާތަކުން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާތީ އެފައިސާތަކުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިފައިސާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މެއި 12 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ވީމާ މިފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ.

ހޮވާފައިވާ ފައިސާތަކުގެ އަދަދެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު