ސިނަމާލެ ބުރިޖުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވުމުން ސައިކަލް ކަހާލައިގެން 116 ފޫޓަށް ގޮސް އިތުރު ސައިކަލެއް ގައި ޖެހިއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 9:15 ހާއިރުއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ދުއްވާފައި ދިޔަ ސައިކަލު އޯވާޓޭކް ކުރުމަށް ކާރު ލޭން އަށް އެރި ވަގުތު، އެ ލޭން އިން ދުއްވާފައި ދިޔަ ކާރެއްގައި ޖެހިފައި ކަމަށެވެ. ކާރުގައި ޖެހުމުން ސައިކަލު 116 ފޫޓަށް ކަހާލައިގެން ގޮސް ސައިކަލު ލޭނުން ދުއްވާފައި އައި އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ކަހާލައިގެން ދިޔަ ސައިކަލް ދުއްވަން އިން މީހާގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސްފައި ވާ ކަމަށާއި، އެކިވަރުގެ އަނިޔާ ލިބިފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަށް މިހާރު ދަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ސައިކަލު ކަހާލައިގެން ގޮސް ޖެހުނު އަނެއް ސައިކަލުގައި ތިބި ދެމީހުންނަށް ވެސް އެކިވަރުގެ ކުދި އަނިޔާ ލިބިފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވިދާޅުވީ، ކަހާލައިގެން ދިޔަ ސައިކަލު ދުއްވަން އިނީ 20 އަހަރުގެ ދިވެހި ފިރިހިނެއް ކަމަށެވެ. އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ. ފުލުހުން ވިދާޅުވީ އޭނާ ދުއްވަން އިން ސައިކަލު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.

ސިނަމާލެ ބުރިޖުގައި އެކްސިޑެންޓް ހިނގުން ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު ފުލުހުން ވެސް ގެންދަނީ ބުރިޖާއި ހައިވޭގެ ޓްރެފިކް ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެކްސިޑެންޓްތައް މަދުވާކަމަށް ތަފާސް ހިސާބުތަކަކުން ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފާފަޅޯ

    ފުލުސްމީހާ އެކްސިޑެންޓްވީ ލައިސަންސް އޮއްވަނޫންތޯ. ލައިސަންސް އަތުގަ އޮވެގެން ނޫނީ ނެތިގެން ވާކަމެއް ނޫނެއްނޫންތޯ އެކްސިޑެންޓްވުމަކީ. ކޮންމެ ހަބަރެއްގަ ލައިސަން އޮތޭ ލައިސަންސް ނެތޭ ތިގޮވަނީ.

    • ކުނިފަޅޯ

      ލައިސަންސް ނަގައިގެން ކުރަން ޖެހޭ ކަމެއް އެންމެން ކަހަލަ ގޮތަކަށް ލައިސަންސް ނަގައިގެން ކުރާކަމެއް ތަފާތު ގޮތަކަށް މީހަކު ކުރީމަ އެކަން ފާހަގަ ކުރާނެ.

  2. ޅަބޭ

    ތީ ދުނިޔޭގެ ރިކޯޑެއް. ތި ރިކޯޑު ހައްގުވަނީ ނަހުލާ ފިރިމީހާގެ އަންހެނުންނައް.

  3. ޚާޑެ

    ޙެޔޮނުވާނެ މަޑުންދުއްވަބަލަ

  4. ޙުވާ

    ށިނަމާލެ ބްރިޖުގެ ލައިޓްކައިރިން ކިތައް ވެހިކަލްތޯ ފުލުހުން ތިއްބާ ރަް ލައިޓު ޖެހުނީމާވެސް ދަނީ؟؟؟

  5. ގޮމަ

    ދުވެލި މަޑު ކޮށްގެން މަދުވާނީ. 30ކމ މެކްސް އަށް ހެދުމުން. ޙެލްމެޓް އެޅުމުން ފުރާނައަށްވާ ނުރައްކާ ކުޑަވެދާނެ. މިތިބީ ރެޑިކަލައިސްޑްޔޫތް އެއް.

  6. ޒުހޫ

    މީހުންގެ ފަރުވާކުޑަކަމުން ދިމާވާ އެކްސިޑެންޓް ތަކުން ދައުލަތަށް ލިބޭ ގެއްލުމުގެ ބަދަލަު އެމީހެއްގެ އަތުން ނުނަގަނީ ކީއްވެބާ؟ ބުރިޖް ހުޅުވިތާ ގިނަދޔވަސްތަކެއް ނުވާއިރު ގުނާ ޢަދަދު ނުކުރެވޭ ވަރުގެ ގެއްލުން ވެފަ އެބަހުރި. އެތަންތަން އެއްވެސް ވަރަކަށް މަރާމާތެއް ނުކުރެވޭ.

  7. މުހައްމަދު

    ޔާމިނު ހައްޔަރުކުރޭ. އޭރުން ތިކަހަލަ ހިތާމަވެރި ކަންތަކެއް ނުހިގާނެ.

  8. މާލެ މީހާ...

    ލައިސަންސް ބަލާފައި ބްރިޖް އަށް އަރުވަންވީނު.....ދުއްވަން ނޭގޭމީހުން އަތުގައި ލައިސަންސް އެއް ނޯންނާނެ.....

    3
    1
  9. Anonymous

    ފުލުހުން ވިދާޅުވީ، ކަހާލައިގެން ދިޔަ ސައިކަލު ދުއްވަން އިނީ 20 އަހަރުގެ ދިވެހި ފިރިހިނެއް ކަމަށެވެ. އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ. ފުލުހުން ވިދާޅުވީ އޭނާ ދުއްވަން އިން ސައިކަލު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.

    2
    1
  10. އަހުމަދު

    ބްރިޖަށް އަރާ ކޮންމެ މީހެއްގެ ލައިސަންސް އޮތްތޯ ބަލަން ޖެހޭ. ބާރަށް ދުއްވާނަމަ އެކަން ތަކުރާރު ނުކުރާނެ ގޮތަކަށް އަދަބު ކަނޑަ އަޅަން ޖެހޭ.