އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ލެޑް ބޮކިތައް ރާއްޖޭގެ ގޭބިސީތަށް ބަހަން އެންވަޔަރަންމަންޓް މިނިސްޓްރީން ޔުޓިލިޓީޒް ކުންފުނިތަކާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ހެނދުނު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ލެޑްބޮކިތައް ބަހަން ހަވާލުކުރީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އިތުރުން ސްޓޭޓް އިލެކްޓްރިިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ) އަށެވެ.

ކުންފުނިތަކާ ލެޑްބޮކިތައް ހަވާލުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަރަންޓް އިސްރާފު ނުވާ ގޮތަށް ގެތައް އިމާރަތް ކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި ތިމާވެއްޓާ ރައްޓެހި ގޮތުގައި ގެ އިމާރާތް ކުރުމަށްވެސް އިސްކަން ދޭން ޖެހޭ ކަމަށެވެ.

" އިމާރަތް ކުރުމަށް ބޭނުންކުރާ ތަކެތި، ގޭގައި ޖަހާ ބިއްލޫރި ފަދަ ތަކެތި ބޭނުންކުރާ ގޮތަކުން އެ ގެއަކީ އެނާޖީ އެފިޝިއެންޓް ގެއެއްތޯ ބެލަން އެބަޖެހޭ އަދި ހުރިހާ އިމާރާތްތަކަކީ ތިމާވެއްޓާ ރައްޓެހި އިމާރާތެއް ގޮތުގައި ހަދަން އެބަޖެހޭ " މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިންޑިއާސަރުކާރުން ހަދިޔާ ކުރި ލެޑް ލައިތައް ސަރުކާރުން ވަނީ މާލޭގެ މަގުތަކުގައި މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު ޖަހަން ވެސް ފަށާފައެވެ.

އިންޑިއާ ސަރުކާރުގެ އެނާޖީ އެފިޝިއެންސީ ސާވިސަސް ލިމިޓެޑާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިންޑިއާ ސަރުކާރުން ހަދިޔާކުރާ 2500 ލެޑް މަގުބައްތީގެ ތެރެއިން 500 ލެޑް މަގުބައްތި މިހާރު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒުހުރީ

    މީގެކުރިންވެސް ތިހެން ހަވާލުކުރި.ކިހިނެއް އެކަންވީ؟ގޭބިސީތަކަށް އެދިނީ ކިހިނެއް.އެކަން ބެލުނުތޯ.ހިތުހުރި ގެޔަކަށް ދިނީ.ޔަގީނުންވެސް ކޮލަމާފުށީގަ އެކަންވީ އެގޮތަށް.ބަޔެއްގޭތަކަށް ނުދީ އިންޖީނުގޭގައުޅޭމީހުންގެ ގެތަކަށް ބޭނުންވަރަކަށް ގެންދިޔައީ.މީ ހަގީގަތް.

  2. ކެޔޮޅު

    ގޭގެ ރަޖިސްޱްރީ ބޭނުމެއް ނުވޭތަ؟؟