މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ހޯދަމުން އަންނަ މީހެއްގެ ވީޑިއޯ އާއްމުކޮށް އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެ މުއައްސަސާ އިން ތަހުޤީޤު ކުރަމުން އަންނަ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މި މީހާގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި ނުވަތަ ފުލުހުންނާ ގުޅެ ނަންބަރު 3322111 ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށެވެ.

ފުލުހުންގެ ތަޙުޤީޤަށް މީހުން ހޯދުމުގައި އާންމު ރައްޔިތުންގެ ފަރާތުން އެއީތެރިކަމަށް އެދޭއިރު، ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކޮށް އާއްމު ރައްޔިތުންނަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    ކީކުރަ ބައެއްތަ ފުލުހުން އެއީ. ބޮޑު މުސާރަ ދީފަ ކުޅޭން ރާއްޖޭގައި ބައިތިއްބާ ބައެއްތަ. ރައްޔިތުންނައް މުސާރަ ދީބަލަ. ރައްޔިތުން ހޯދާނެ ތި މީހުން ވެސް.