ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ކޯޓާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިއަދު ހުޅުވާލައިފިއެވެ.

މި ކޯޓާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލު ފާހަގަކޮށް، އެއިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައާއި، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ މާކަނޑުގެ ސަރަޙައްދުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ޝައުގުވެރިވާ ދިވެހިން ނުވަތަ ދިވެހިންގެ ކުންފުނިތަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބަޔާންކޮށްފައި ވެއެވެ.

ކޯޓާ ވިއްކުމަށް ހަމަޖެހިފައިވަނީ ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދާއި، ބޭރުކަނޑުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ކޯޓާ ދޫކުރުމުގެ އުސޫލުތަކުގެ ދަށުން ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ކޯޓާ ވިއްކަން ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން 1 އިން ފެށިގެން 2020 ވަނަ އަހަރުގެ މެއި 31 ގެ ނިޔަލަށް 15,000 (ފަނަރަ ހާސް) މެޓްރިކް ޓަނުގެ ކޯޓާއެވެ.

ލޭނު މަސްވެރިކަމުގެ ކޯޓާއަށް އެދި ހުށަހަޅުއްވަން ވާނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހުއެވެ. ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި، މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެއެވެ.

ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވުމަށް ކޯޓާއަށް އެދި ސިޓީ ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 29 މެއި 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ނަމަވެސް މިމުއްދަތުގައި ކޯޓާއަށް އެދި ހުށަހަޅާފައިވާ ޖުމުލަ އަދަދު 15,000 މެޓްރިކް ޓަނަށް ވުރެ މަދުވާނަމަ، މިއަދަދު ހަމަވަންދެން، ކޯޓާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން 31 މެއި 2020 ގެ ނިޔަލަށް ކޯޓާ ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބިޖޫ

    ދެން ހުއްދަ ދޭންވީނު ދާޖަހަންވެސް އެހެންވެ އޭމިބުނަނީ މީ ބަލާވެރިކަމެކޭ

  2. ސަކޫރު

    އެކަމުންވެސް އެއްޗެއް ނެގޭތޯ އެބަލަނީ. ސްޓިކަރ ޖަހައިގެންނާ ލޭނު މަސްވެރިކަމަށް ހުއްދަ ވިއްކައިގެން ލާރިއެއް ލިބޭތޯ. އެހެންނޫނީ ގާ ފުރޮޅޭނެ އެއްވެސް ގޮތެއް ނެތް. ލޮލް.މިވެސް އަޅެ ސަރުކާރެއްތަ.

    3
    1
  3. ކުރާ

    ދާވެސް ޖަހަންވީ. ދުނިޔޭގެ ހުރިހާތާކުވެސް މަސްވެރިކަންކުރަނީ ދާޖަހައިގެން. ދެން މާވިސްނޭ ބައެއްކަމަށް ހެދިގެން ދޮށްޓެއް ހިފައިގެން ނިކުމެ ރަތްދަކައަވީގަ ތިބެނީ.

  4. ވަތަނަބޭ ބީ

    އިހުއޮތްދަރަށް ދަމައިގަންނަނީ! ކުންފުނިތަކާއިގުޅިގެން އަންނާނީ ބޭރުގެ އުޅަނދުފަހަރާއި ފަޅުވެރިން! މިޖެހެނީ ކޮންތާކު! އަބަދުވެސް ނަންވާނީ ހައިވަކަރުއޮޑި!