އަހަރީ ރިޕޯޓު ހުށަނާޅާ ޕާޓީތަކާއި، މުއްދަތު ހަމަވިފަހުން ހުށަހެޅި ޕާޓީތަކާމެދު އަޅާނެ ފިޔަވަޅެއް މާދަމާ ބާއްވާ މެންބަރުންގެ ބައްދަލުވުމުގައި ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ އަހަރީ ރިޕޯޓު ޑީއާރުޕީ އާއި އަދާލަތު ޕާޓީން ހުށަ ނާޅާ އިރު، ޕީޕީއެމުން އެ ރިޕޯޓު ހުށަހެޅީ މުއްދަތު ހަމަވެފައިވަނިކޮށެވެ.

ޕީޕީއެމުން އަހަރީ ރިޕޯޓު ހުށަހަޅާފައިވަނީ މިއަދު އެވެ. އަދާލަތު ޕާޓީންނާއި، ޑީއާރުޕީން އަހަރީ ރިޕޯޓު ހުށަނާޅާއިރު، އޮޑިޓް ރިޕޯޓު ވެސް ހުށަހާޅާފައެއް ނުވެއެވެ.

"ވަގުތު" މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އަހަރީ ރިޕޯޓު ހުށަނާޅާ ޕާޓީތަކާއި، މުއްދަތު ހަމަވިފަހުން ހުށަހެޅި ޕާޓީތަކާމެދު އަޅާނެ ފިޔަވަޅެއް މާދަމާ ބާއްވާ މެންބަރުންގެ ބައްދަލުވުމުގައި ގޮތެއް ނިންމާނެ ކަމަށެވެ.

" ޑީއާރުޕީއާ އަދާލަތުން ހުށަނާޅާ. ޕީޕީއެމުން ހުށަހެޅީ މުއްދަތު ހަމަވީފަހުން. އަޅާނެ ފިޔަވަޅެއް މާދަމާ ނިންމާނަން އޮޑިޓް ރިޕޯޓު ހުށަނާޅާ ޕާޓީތަކާމެދު ވެސް ގޮތެއް ނިންމުމަށް މާދަމާ ބައްދަލުވުމެއް ބާއްވާނެ " އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ފައިސާ ދޫކުރާނީ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ފުރިހަމައަށް ހުށަހަޅާ ޕާޓީތަކަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބޮޑު ހުސޭނު

  ތި ތަނުގެ ނަން ފިޔަވަޅު އަޅާ ކޮމިޝަން..މި ނަމަށް ބަދަލުކުރަން ފެނޭ....އަބަދުވެސް ކޮންމެވެސް ބަޔަކަށް ފިޔަވަޅު ނޭޅިގެން އުޅޭ ބައެެއް ތީ

  13
 2. އޮރެންޖު

  މި އީސީ މީހުން ކީިއްވެތަ ޕީޕީއެމް އާަ ނެއްޓެން ނޭނގިގެން މިއުޅެނީ؟؟؟؟؟؟؟؟؟

  15
 3. އަހުމަދު

  ރިޕޯރޓް ހުށައަޅަންތަ ޤަވައިދުގަ އޮތީ . ދޭންޖެހޭ ފައިސާ އާއި ހައްގުތައް ހިފެހެއްޓުން އޯކޭ ؟

  15
 4. ތިމަރަ

  ޕާޓީ ތަކައް ފައިސާނުދީ ހިފެހެއްޓީމަ އަޅާނެ ފިޔަވަޅެއް ނެއްބާ

  15
 5. ޢަބްދުﷲ

  ސިޔާސީ ޕާޓީތަކަށް އަދަބު ދޭހިތުން، ދައްލާދެއްގެ ގޮތުގައި ގަދަބަސް ބުނަމުންދާއިރު، އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއަކީ، އެވަގުތަކު ވެރިކަމުގައި ތިބޭ ބަޔަކު ރުއްސާލުން އެކަނިތޯ ސުވާލު އުފެދެއެވެ.