ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއް ކަމަށް ސީއެންއެމް އާމެދު ފިޔަވަޅު އެޅުމަށް ސްޕްރީމް ކޯޓުން އެދިއްޖެއެވެ.

ސްޕްރީމް ކޯޓުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސްޕްރީމް ކޯޓުން 17 އޭޕްރީލް 2019 ގައި ނިންމެވި ނިންމުމަކީ، ފަނޑިޔާރުން ރިޝްވަތު ނަންގަވައިގެން ނިންމެވި ނިންމެވުމެއް ކަމަށް ތުހުމަތުކޮށް، 12 މެއި 2019 ގައި، އެ ނޫހުގެ ވެބްސައިޓްގައި، "ދީބާޖާ މައްސަލައިގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން "ރިޝްވަތު" ނެންގެވި ކަމަށް ތުހުމަތު؟" މިމައުޟޫގެ ދަށުން ލިޔެފައިވާ ލިޔުމަކީ އެއްވެސް ހަޤީޤަތެއް ނެތް ލިޔުމެއް ކަމަށެވެ. އަދި މިލިޔުމަކީ ދޮގު ތުހުމަތުތަކެއްކޮށް ފަނޑުޔާރުންނާއި، ފަނޑިޔާރު ގޭގެ އަގު ވައްޓާލާ، ފަނޑުޔާރުންނަށް ބިރުދައްކާ، ކޯޓުގެ ޙުރުމަތް ކަނޑާލާ، އަދުލު އިންސާފް ޤާއިމް ކުރުމާއި ޤާނޫން ހިންގުމުގެ އަދާ ކުރުމަށް ކޯޓުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅޭ ލިޔުމެއް ކަމަށެވެ.

ސްޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވަނީ މިސަބަބާހުރެ، މިމައްސަލަ ބަލާ އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު އަޅައިދިދުމަށް، ޕްރަސިކިއުޓަރ ޖެނެރަލްގެ އޮފީހަށާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދީބާޖާ މައްސަލައިގައި ސްޕްރީމް ކޯޓުން ކުރި ޙުކުމް ބިނާ ކުރެވެނީ، ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެޙުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓްގައި ބަޔާން ކުރެވި، ސްޕްރީމް ކޯޓްގެ ވެބްސައިޓްގައި ޝާއިރުކޮށްފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ދެމިޔަކަން

  ކިތަށްމެވަރަކަށް ފޮރުވިޔަސް
  އެއްކަމެއްވެސް ﷲ ސ ވ އަކަށް ނުފޮރުވޭނެ!

 2. ކުކުޅޭ

  ތިކަމެއް ނުވާނެ. އެއީ ރީނދޫ ކުލައިގެ އޮރެންޖް ނޫހެއް.

  10
  1