އަލަނާސި އަކީ މޭވާގެ ބާވަތެކެވެ. މިއީ ޅަ ބޯކެޔޮ ގަހެއް ކަހަލަ ގަހެއްގެ ކުރިން ނުކުންނަ ރަތްކުލައެއްގެ ފޮނި މޭވާއެކެވެ މި މޭވާގެ މަތީކުރިވެސް ދާނީ ހެދެމުންނެވެ. ނަމަވެސް އެކުރިޔަކުން ދެނެއް މޭވާއެއް ނުނިކުންނާނެ އެވެ. މީވަރަށް މީރު އަދި ދިވެހިންގެ މެދުގައި މަޤުބޫލު މޭވާއެކެވެ.

އަލަނާސި އަކީ ވެސް އާންމު ގޮތެއްގައި ހޫނު ގައުމުތަކުގައި ހެދޭ އެއްޗެކެވެ. އަލަނާސި ގަސް އާންމުކޮށް ހެދެނީ 1.5-1 މީޓަރާއި ދެމެދުގެ އުސްމިނަކަށެވެ. އަލަނާސި ގަހުގެ ފަތުގެ ދިގުމިނުގައި 100-30 ސެންޓިމީޓަރާއި ދެމެދުގެ ދިގުމިނެއް ހުރެއެވެ.

ބާޒާރުގައި އަލަނާސި ލިބެން ހުރި އަގުތަކަށް ބަލާއިރު، އާއްމު ގޮތެއްގައި އަލަނާސި ކިލޯއެއް ލިބެން ހުރީ 30 ރުފިޔާ އަށެވެ. ރޯދަ މަހު ވަރަށް ގިނަ ގޭގޭގައި ފަނިގިރުމަށް ބޭނުންކުރާ އަލަނާސީގެ ވިޔަފާރި ވަރަށް ރަނގަޅު ކަމަށް ގިނަ ފިޔަފާރިވެރިން މަޢުލޫމާތު ދެއެވެ.

"ފަނި ގިރުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން މި ދުވަސްކޮޅު އެންމެ ވިޔަފާރި ރަނގަޅު ވަނީ ކަރާ އަދި ކުރުނބާ. ދެން އެންމެ ރަނގަޅު ވިޔަފާރި އެއް ކަމަށް މި ބަލަނީ އަލަނާސި. އެހެން މަސް މަހާއި އަޅާބަލާއިރު މާ ބޮޑަށްވެސް ވިޔަފާރި ރަނގަޅު. އާއްމު ގޮތެއްގައި ހަމަ އެއް އަގުގަތެއްގަ އުޅޭނީ. 30 ރުފިޔާ އަށް ކިލޯ އަޅުގަނޑުމެން މި ވިއްކަނީ." ވިޔަފާރި ވެރިއަކު ބުންޏެވެ.

ރޯދަމަސް ފެށިގެން ކުރިއަށްދާއިރު، މާރުކޭޓުގައި އާއްމުކޮށް ވިއްކާ ގިނަ ބާވަތްތަކުގެ އަގަށް ހެޔޮ ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވެއެވެ.