ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔެވުމުގެ ވަޢުދަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ހުޅުވާލި މި ފުރުޞަތުގެ ދަށުން މިއަދާއި ހަމައަށް އައިއިރު އަދި އެއްވެސް ދަރިވަރެއްގެ ފައިސާ ޖަމާވެފައިވާ ނުވާކަމަށް، "ވަގުތު" އަށް ދެއްވި އިންޓަރ ވިއުއެއްގައި ހަޔަރ އެޑިއުކޭޝަންގެ ޑިރެކްޓަރ، އިބްރާހިމް ނަޞީމް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ޓާގެޓް ތަކެއް ކަނޑައަޅައިގެން މަސައްކަތް މި ކުރަނީ. އަޅުގަނޑުމެންނަށް އިންވޮއިސް ލިބި ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެ ފައިސާ ހަމަޖެހޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. ފައިސާ އަދި އެއްވެސް ކުއްޖަކަށް ޖަމައެއް ނުވޭ. ފައިސާ ޖަމާވާނެ ވަކި މުއްދަތެއް އަދި ދަންނަވާކަށް ނޭނގޭ." ނަސީމް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނަޞީމް ވިދާޅުވީ، ގާތްގަނޑަކަށް 1500 ދަރިވަރުންނަށް، ޑިގްރީ ޕްރޮގްރާމަށް ހޮވުނު ކަމުގެ ލިޔުން ހަވާލުކޮށް، އެ ދަރިވަރުންނާއި އެކު އެގްރީމެންޓްތައް ހެދިފައިވާ ކަމަށާއި، އަދި އެކުދިންގެ ފައިސާ ޖަމާކުރުމަށް ފިނޭންސް އަށް ފޮނުވަން ޖެހޭ އިންވޮއިސްތައް ފޮނުވައިދިނުމަށް އެދި ކޮލެޖްތަކަށް އަންގާފައިވާ ކަމަށެވެ.
"ގިނަ ކޮލެޖް ތަކަށް މިހާރުވެސް ވާނެ އަންގާފަ އިންވޮއިސްތައް ފޮނުވަން. ކުދިންނާއި އެއްކޮށް ހަދާ އެއްބަސްވުން ތަކެއް އެ ކޮލެޖް ތަކަކަށް އަޅުގަނޑުމެން ނުފޮނުވާނެ. އެހެން ނަމަވެސް އެތަންތަނަށް އެ ކުދިންގެ މަޢުލޫމާތު އަޅުގަނޑުމެން ފޮނުވާނަން. މިހާރުވެސް ބައެއް ކުދިންގެ މަޢުލޫމާތު ފޮނުވާފަ ވާނީ. ދެން އިންވޮއިސް ފޮނުވީމަ އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީން މެދުވެރިކޮށް ފައިސާގެ ކަންކަން ހަމަޖައްސާނީ." ނަސީމް ވިދާޅިވިއެވެ.
ހަމައެހެންމެ ނަޞީމް ވިދާޅުވީ، މިއަހަރުގެ ޖެނުއަރީން ފެށިގެން ޓިއުޝަން ފީގެ ގޮތުގައި ކުދިން ދައްކާފައި ހުރި ފައިސާ ރިފަންޑް ކޮށްދިނުން އެދި އެ މިނިސްޓްރީ އަށް ހުޅަހެޅުމުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، އެކަމަށް އެދި ހުށަހެޅޭނީ، ކޯހުގައި ހިލޭ ކިޔެވުމަށް ދޭ ހުއްދައިގެ ލިޔުން ލިބުމަށްފަހުގައި ކަމަށެވެ.
"ކުދިން ދައްކާފަ ހުރި ފައިސާގެ ރަސީދު ތައް ހުށަހެޅީމަ އަޅުގަނޑުމެން ފައިސާ އެ ކުއްޖަކަށް ދޭނަން. ސިޓީ އަކާއި އެއްކޮށް އެ ރަސީދުތައް ލިބުނީމަ އަޅުގަނޑުމެން އެ ފައިސާ ހަމަޖައްސާނަން. އެކަން ކުރެވޭނީ އެ ކުއްޖަކީ ފުރަތަމަ ޑިގްރީ އަށް ހޮވިފައިވާ ކުއްޖެއްކަން އެނގޭ ފަދަ ލިޔުމެއް އެ ކުއްޖާ އަށް ލިބުމަށްފަހު. އެކަން ހަމަޖެހުމަށްފަހު ދައްކާ ހުރިހާ ފައިސާ އެއްވެސް އަޅުގަނޑުމެން ދޭނީ އެ މަރުކަޒަކަށް." ނަޞީމް ވިދާޅުވިއެވެ.
ހިލޭ ކިޔަވައިދިނުމުގެ ހުއްދަ ދީފައިވަނީ ޖުމްލަ 15 މަރުކަޒަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ 6 މަރުކަޒަކާއި، އަމިއްލަ 9 މަޒުކަޒެކެވެ.
ފައްކާ ސަރުކާރެއް އަނގައިން ފޮނި ބަހުން މެޓާ...
ފިނޭންސް މިނިސްޓަރ ދެން އަތް ޖަހާ، ޖަމާނުވިޔަސް އަހަރެމެން ކުދީންނަކަށް ފައިސާ އެއް ނުދައްކާނަން. ސަރުކާރުން ހިލޭ ކިޔަވައި ދެއްވަން ޖެހޭނެ މިކަން ނުކޮށްފިއްޔާ ރައްޔިތުން ރަތަށް އަރާނެ.
ޑިގުރީއަށް ކިޔަވާ ދަރިވަރުންގެ ތެރެއިން ހޮވުނު ދަރިވަރުންނޭ އޮތުމުން ސުވާލު އުފެދެއެވެ. ޑިގުރީ ހިލޭ ވެއްޖިއްޔާ ހުރިހާ ކުދިންނަށްވެސް ހަމަހަމަކޮށް ހިލޭވާންޖެހޭނެނޫންހެއްޔެވެ. ނާސްތާ ދޭކަމަށްވަންޏާ ހުރިހާ ކިޔަވައި ހުރިހާިވަރުންނަށްވެސް ނާސްތާ ދޭންޖެހޭނެއެވެ. މިހާރު ބައެއް ކުދިންނަށް ނާސްތާ ދޭތާ 4 ވަރަކަށް މަސްވީއެވެ. އަނެއްބައި ކުދިން އެތިބީ އެކަމުގެ އިންތިޒާރުގައެވެ. މައްސަލައަކީ ކެމްޕޭންއައުމުން ނުފުއްދޭކަހަލަ ވަޢުދުތައް ސިޔާސީން ވާތީއެވެ.
ތިކަން ތިނުވެގެން ތިއުޅޭ ސަބަބަކީ، 2013 އިން 2018 އަށް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކިޔާ މީހަކު ދިވެހި ގައުމުގެ ރައީސްގެ މަގާމުގައި ހުރުމުން. ފައިސާ އެބަހުރި. ބަންޑުން ވަމުންދަނީ، 21 މިލިއަން ކައުންސިލްތަކަށް ބަހާލައިފި. ޝާހިދު ކުރާ ކޮންމެ ދަތުރަކުން، ފްލައިޓްގެ 2/3 ފުރިފަ ހުންނަނީ، ޑޮލަރު ޝޫޓްކޭސްތަކުން. އެޖަމާކުރަން އާ ބޭންކެއް ހަދަންޖެހޭ ހިސާބުގައި އުޅެނީ. އެކަމަކު، ކުރީގަ މިބުނި ސަބަބު އޮތުމުން ހަމަ ފައިސާ ޖަމާނުވެގެން އުޅެނީ. ކޮންމެވެސް ގޮތަކުން އެސަބަބު ޑިލީޓްކޮށްލެވޭނެ ގޮތެއް ހޯދަންޖެހޭނީ.