ހަލިމަގުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އެއް އަހަރު ކުއްޖެއްގެ އިތުރުން ސައިކަލު ދުއްވަން އިން މީހާއަށްވެސް އަނިޔާތަކެއް ލިބި، ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނެފައި ވަނީ މިރޭ 6:44 ހާއިރު ހިނގި އެ އެކްސިޑެންޓް ހިނގާފައި ވަނީ މާލެއިން ހުޅުމާލެއަށް ކުޑަ ކުއްޖަކުން ގޮވައިގެން ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ހައިވޭ ރާޑަރު ކައިރީ ފެންސްގައި ޖެހިގެން ކަމަށެވެ. އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 46 އަހަރުގެ ފިރިހެން މީހާގެ ދަތްދޮޅިއާއި ދެ ކަކޫ އަދި އުޅަނބޮށިވެސް މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު، ސައިކަލުގައި އިން އެއް އަހަރާ ނުވަ މަހުގެ ކުއްޖާއަށްވެސް ވަނީ އެކްސިޑެންޓްގައި އަނިޔާތަކެއް ވެފައެވެ. އެގޮތުން ބޮލުގެ ކަނާތް ފަރާތުން ތިން އިންޗި ހުންނަ ވަރު ތަނެއް ކަފައިގެން ގޮސްފައިވެއެވެ. އެ ކުއްޖާ ބޮލުގެ ސީޓީ ސްކޭން ހެދުމަށް އޭޑީކޭއަށް ގެންދެވި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނެފައި ވަނީ ސައިކަލު ދުއްވަން އިން މީހާއާއި ކުޑަ ކުއްޖާވެސް އިނީ ހެލްމެޓް އަޅައިގެން ކަމަށާއި، ބެލްޓްވެސް އަޅައިގެން ކަމަށެވެ. އަދި ދުއްވަން އިން މީހާ އަތުގައި ލައިސަންސް އޮންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިޔަމިގިލި

    ޓީވީ މޯލްޑިވްސް އުތުރު މަގުގަ އޮންނަ ޕިކަޕެއް ކުނި ގޮނޑަކައްވެފަ އޮންނާ 2 މަސްދުވަސް ވަނީ

    6
    1
  2. ބުރޯ

    ހެލްމެޓް އެޅިޔަކަސް ރައްކާތެރި ވާނީ ސްޕީޑް ތެރޭގަ ތިމާއށް ކޮންޓްރޯލް ވާމިންވަރަށް ދުއްވައިގެން. އެއީ ސީދާ މަގެއްގަ ހުންގާނުގަ ހިފުނަސް ގުދު މަގެެއްގަ ސްޕީޑް ބާރުކޮށްދާނަމަ ހުންގާނަށް ފަރިތަނޫން މީހަކުނަމަ ގުދު ހިސާބުން ބާރަށް އަނބުރާލެވިއްޖެނަމަ ފެންސަށް ނާރާ ސަލާމަތެއްނުވާނެ. މަށަށް ބޭނުން ސްޕީޑަކު ދުއްވިދާނެޔޭ ހީވިޔަސް އެވަރުގެ ފަރިތަމީހުން ރާއްޖެއަކުނެތް.

    10
  3. ހައްލުނުވި މައްސަލަ

    އަދިވެސް ގަބޫލު ކުރާކަށް ނުވޭތޯ މައްސަލަ އަކީ ހެލްމެޓު އެކަނި ނޫން ކަން. ދުއްވާ ސްޕީޑު ވެސް ކޮންޓުރޯލް ކުރަން ޖެހޭކަން.

    13
    • ހސހ

      އެއް އަހަރުގެ ކުދިން ބުރިޖްމައްޗައް އެރުވުން މަނާކޮއްފަ އޮންނަނީ. އެއްއަހަރުގެ ކުއްޖަކައް ހެލްމެޓް އަޅައިގެން ކިހިނެއް އެކަނި އިންނާނީ.

      4
      1
  4. ޙާމް

    ކީއްކުރަން ހުޅުމާލޭގައި އެހެރަ ބޮޑު ހޮސްޕިޓަލް ފަސްދީ މާލެ ދާންވީކީ. ތިޔަ ސީޓީ ސްކޭން 10 މިނުޓު ތެރޭ އެންމެ 200 ވަރަކަށް ރުފިޔާއަށް ޓްރީޓޮޕުން ނަގައިދޭނެ.