އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަން އައި ފަހުން މިވީ ދުވަސްތަކުގައި، އާދަޔާއި ޚިލާފަށް ގިނަ ފައިސާ، އަމިއްލަ ފަރާތްތަކަށް ދިނުމަށް ކޯޓުތަކުން ޙުކުމްކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، ކޯޓު ހުކުމުން ދިނުމަށް ނިންމާ ފައިސާ ދޫކުރުމުގެ ކުރިން އެއީ ދޭންޖެހޭ ފައިސާތޯ ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި ދައުލަތަށް އެންމެ ރަނގަޅުގޮތް ހޯދައި ދިނުމަކީ، ދައުލަތުގެ ބަނޑާރަނާއިބުގެ ވާޖިބެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސް ސޯލިހު އިންތިޚާބުވެގެން މިވީ ހަމަސް ތެރޭގަ އާދަޔާ ޚިލާފަށް ގިނަ ފައިސާ އަމިއްލަ ފަރާތްތަކަށް ދިނުމަށް ކޯޓުތަކުން ހުކުމްކޮށްފި. މި ފައިސާ ދޫކުރުމުގެ ކުރިން އެއީ ދޭންޖެހޭ ފައިސާތޯ ކަށަވަރު ކުރަން ޖެހޭ. ދައުލަތަށް އެންމެ ރަނގަޅުގޮތް ހޯދުމަކީ ބަންޑާރަ ނާއިބުގެ ވާޖިބެއް،" ނަޝީދު ކުރެއްވި ޓްވީޓުގައި ވެއެވެ.

ނަޝީދު މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، އެމަނިކުފާނުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައި ވަނިކޮށެވެ.

މި ހުކުމަށް ފަހު، ހުކުމް ތަންފީޒު ނުކުރާތީ ހުށަހެޅި މައްސަލަ އާއި ގުޅިގެން އެ މައްސަލަ ބާތިލްކޮށްދިނުމަށް ދައުލަތުން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ. މިކަމާއި ގުޅޭގޮތުން ބަންޑާރަނާއިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، ދީބާޖާ އިންވެސްޓްމަންޓަށް 348.10 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށް ބުނާ ސިވިލް ކޯޓުގެ ޙުކުމް، ތަންފީޒުކުރުމުގެ މައްސަލަ ސިވިލް ކޯޓުން ހިންގަން ފަށާފައިވަނީ އެކޯޓުން 02 ސެޕްޓެމްބަރ 2015 އިން ފެށިގެން ޢަމަލުކުރަމުން ގެންގޮސްފައިވާ "ކޯޓުން އިސް ނަގައިގެން ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އާ ޚިލާފަށްކަމަށްވާތީ، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާޠިލްކުރުމަށް އަންގާރަ ދުވަހު ދައުލަތުން ސިވިލް ކޯޓުގައި އެދިފައި ވާކަމަށެވެ.

2010 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސުގައި ފެރީގެ ޚިދުމަތް ދިނުމަށް ޙަވާލުކޮށްފައިވާ ދީބާޖާއަށް ބަދަލު ދިނުމަށް ދައުލަތުގެ މައްޗަށް ޙުކުމްކޮށްފައިވަނީ، 2013 ވަނަ އަހަރު އެ އެއްބަސްވުން އުވާލުމާއި ގުޅިގެންނެވެ. އެއްބަސްވުން އުވާލުމާއި ގުޅިގެން ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ހޯދުމަށް ދީބާލާއިން ސިވިލް ކޯޓުގައި ދަޢުވާކޮށްފައި ވެއެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެ ކޯޓުން ނިންމާފައިވަނީ އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށެވެ. ރައީސް ނަޝީދުގެ ވެރިކަމަށް ފަހު އައި ރައީސް ވަހީދުގެ ވެރިކަމުގައި މި މައްސަލަދައުލަތުން އިސްތިއުނާފު ކޮށްފައެއް ނުވެއެވެ. އެއަށްފަހު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ހައިކޯޓުން ވަނީ، 348 މިލިއަން ރުފިޔާ ދީބާޖާއަށް ދައުލަތުގެ މައްޗަށް ސިވިލްކޯޓުން ކުރި ޙުކުމް ބާތިލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހަސަނު

    ނަސީދު ރާވާގެން ކުރާކަންތައް ތީ.

    37
    3
  2. ަައައިމަން

    ރަގަލު.ނަޝީދު ރާވައިގެން ކުރުވާ ކަންތައްތަކެއް ކަމަށްވުން އެކަށީގެންވޭ

    29
    2
  3. ޑައެލޯގް

    ކޯޓުތައް މިހާރު އޮތީ ކަލޭމެނަށް ދެން ރާވައިގެން ކުރާކަމެއް ތިޔައީ، އެހަކަށް ދުވަހަކުވެސް އެމްޑީޕީގެ އެކްޓިވިސްޓަކަށް ކޯޓުން އަމުރުކޮށްގެން 300 އެއްހާ މިލިއަން ރުފިޔާ ދޭން އަމުރުކޮށްފި މިއީ މީގެ ކުރިން ނުދޭން ކޮށްފައިވާ އަމުރެއް

    18
    1
  4. ޒާ

    މީނާ ތާހިރު މިވާހަކަ ދައްކަން. ވެރިކަމުގައި ހުރިގެން ހޭވިހަޑީގެ ސަބަބުން ދައުލަތުން ދޭންޖެހޭ ފައިސާއެއީ. ޖީއެމްއާރުވިޔަސް ދީބާޖާވިޔަސް ފަހުން އެތައް ބައިވަރު ފައިސާއެއް ދޭންޖެހޭގޮތަށް ތި މީހާ އެއްބަސްވުން ހަދައި ރާޢްޖެ އަނދަވަޅަށް ވާއްޓާލާފައި އޮތްކަން މިހާރު ހަނދާންނެތް މިކަލޭގެ.

    17
    1
  5. ރައްޔިތުން

    ތިޔަ ގޮތުން އެންމެ ގިނަ ފައިސާ ލިބޭނީ އަންނިއަށް އެކަން އަންނަ މުޒާހަރާއަށް ފަހު ހަމަޖެހޭނެ އެއީ ނުގަވާޢިދުން ވެރިކަމުން ބޭލީމާ އެކަމުގެ ބަދަލުގެ ގޮތުގައި އޭރުން ވެރިކަން5 އަހަރަށް ވާހުރިހާ މުސާރައަކާއި ހުރިހާ ޢިނާޔަތެއް އަދި އެހެން ޙައްޤުތަކުން ގެއްލުނީމާ ކިޔާނެ ޢަދަދަކަށް ބަދަލު ފައިސާ ލިބޭނެ މިގައުމުގެ މިހާރު ބައިތުލް މާލުގައި ހުރި އަދަދު ބަލާއި އެއަދަދު ނަގާނެ. ޤާޒީން މިކަންކުރާން ތިބޭނީ ތައްޔާރަށް- ރައްޔިތުން މިކުޅިގަޑު ބަލަން ތިބޭހުށިކަމެވެ. ފަހަރެއްގައި މިފަދަ ކޮމެންޓެއް ލިޔުނީމާ މިކަން ކުރުމަށް ކޮންމެވެސް ވަރަކަށް އެހެން ނަޒަރިއްޔާތަކުން ވިސްނާފާނެ ތޯއްޗެއް.

    13
    1
  6. ކުޑަބަޖަރާ

    މީނާ މިކަމުން ސަލާމަތްވީނު.

  7. Anonymous

    ތިއީ އަލަށް އެނގުނު ކަމެއްދޯ؟ އިނގިރޭސިވިލާތުގައި ހުންނެވީ ހަމަހެއަކު ނޫންދޯ؟

  8. ކާފަބޭ2019

    ޒީރޯޓޮލަރެންސްވާންވެގެން ހާވާހަޑި ކޯޓުތަކަށްފޫޅު ކަނޑާފަނިންމާލަނީ ބޭނުންވާހާގޮތަށްކަންތައްތައް ކުރެވޭލެއްމަދީތޯ ތިޔަކޮންމެނިންމުމަކުން ފައިދާވާ ބަޔަކު ތިބޭޅާއަރިހުތިބެނީ މިއީހަމައިއްތިފާގެއްތޯ؟

  9. ކެނެރީ މޮހޮދޭ

    ކުރީސަރުކާރަށްޖެހުނު ޖީއެމް.އާރަށް އެތަށްސަތޭކަ މިލިއަން ޑޮލަރު ދަންކަން މިޖައްބާރުގެ ސަބަބުން .....

    17
  10. ހެޔޮބަސް

    ތިބޭފުޅާ ކުރެއްވިކުށަކަށް 13 އަހަރުގެ ޖަލުހުކުމެއްއައިސް އެހުކުމްގެ އެންމެދުވަހެއްވެސް ތަންފީޒްނުވެ މިހާރު ވަނީމިނިވަންވެފައި މިކަންފާހަގަކުރައްވާފައިނުވަނީ އެކަން އިންސާފުން
    ކުރައްވާފައިވާތީތޯ؟ މިކަން ފާހަގަކުރެއްވިއަސް ނުކުރެއްވިއަސް އެއީ އިންސާފުންކުރައްވާ
    ފައިވާކަމެއްނޫން އެއީ ގާނޫނުގެ ކުރިމަތީގައި ހުރިހާފަރާތެއްވެސް ހަމަހަމަވާތީ އާޚިރަށް ދުވަހުވެސް ބައްލަވާވޮޑިގެންވަނީ ތިމާކޮށްފައިވާ އަމަލުތަކަށް ގައުމެއްގެވެރިކަންވެސް ރަގަޅު
    ގޮތުގައިކުރެއްވިއްޔާ ރަގަޅުވާނެ ބައްލަވާވޮޑިގެންވަނީ މަތީމަގާމާ އާރާބާރަކަށްނޫން މިކަން
    ހަނދުމަފުޅުނައްތާނުލައްވާ

    10
  11. ޔަޒީދު މރ

    ތިޔަހެން ވިދާޅުވެލެއްވިޔަސް.. ހަޤީގަތެއް ބަދަލެއް ނުވާނެ ދޮއްތޯ..؟

    އެޖީ ރިފްއަތުގެ ލޯފާރމުން މިހާތަނަށް ބަލަމުން އައި ބޮޑެތި ހުރިހާކޭސް އެއް މިސަރުކާރު އައިސް އެޓަރނީ ޖެނަރަލް ކަމާއި ތިބޭފުޅާ ގާތް ރިފްއަތު ހަވާލުވި ހިސާބުން

    ކޯޓުން ބޭރުން ދައުލަތުން ގިނަ ފައިސާ ދޭގޮތަށް ކިތައްކޭސް ނިންމި ތޯ..؟

    މިއިކީ ކޯޓުން ދައުލަތާއި ދެކޮޅަށް ނިންމި ނިންމުމަކަށް ނުވާނެ ކިތަންމެ ވަރަކަށް އިންޓަވިއު ދީފަ..ރިފްއަތު ސާފޭ ބުނިކަމަށް ވީނަމަވެސް...

    13
  12. ހަރާންކޯރު

    ކަލޭތީ ހަމަ ފައްކާ ފިތުނައިގެ އައްޕާ. މުޖުތަމަޢު ކޮރަޕްޓްކުރާ މުޖުރިމެއްތީ

    13
  13. އަހުމަދު

    ހުސް ކަލޭމެންގެ މީހުންނަކަށް ނު ދެނީ. ދެން ކޮން ފޭކެއް

  14. ސޭޓް

    ކަލޭ ކޮންމެހެން ކޯޓްތައް ބަދުނާމުވާ ގޮތަށް ވާހަކަދައްކާނެ ކަމެއްނެތް! ކަލޭމެން ދޫކޮށްލަން ފުލުފުލާ ކޯޓްތަކުން ހުކުންކުރިއިރު ކީއްވެކަލޭ އެދުވަސްވަރު ކީއްވެ ޓްވީޓް ނުކުރީ މިސަރުކާރު އައުމާއެކު ކޯޓްތަކުން ހާދަވަރަކަށް ކުއްވެރިން ދޫކޮށްލަން ހުކުމްކުރޭއެބައޭ، ހަމަޔަގީނުންވެސް ދޫކޮށްލަން ޖެހޭމީހުންތޯ ބަލާއިފައޭ އެހުކްމްތައް ދައުލަތުން ތަންފީޒުކުރަން ޖެހޭނީ! ކަލޭގެ އިޙްލާސްތެރިކަން ހުރިމިންވަރު ދޭހަވާ ވަރުގަދަ ހެއްކެއް އެއީ! ކަލޭމެން ރާވައިގެން ކެމްޕޭނަށް ހިނގި ލާރިގަނޑު ދައުލަތް ލޫޓްވައިގެން ހޯދަންވެގެން ރިއްފަތުލައްވާ ހިންގާ ޖަރީމާއެއް މީ! ދައުލަތުގެ ފަރާތުން އެކަށީގެންވާ ހެކި ކޯޓްތަކަށް ހުށަނާޅާ، ފަރުވާކުޑަކޮށް ވަކާލާތުކޮށް އެމްޑީޕީގެ މައުސޫމަށާއި އިބްރާ ބޭބެ ކުންފުންޔަށް މިލިއަނުން ލާރި ލިބޭގޮތް ހަދައިދިނީ! ބަލަ ކަލޭ ހީކުރީ އެހެންމީހުންނަކީ މޮޔައިން ކަމަށްތައް؟ ކަލެއަށް މޮޔަހެއްދޭނީ ކަލޭފަހަތުން އެނބުރޭ ކުނަމެހިގަނޑު އެކަނި!

  15. އަހައްމާބެ

    މިސަރުކާރު އައިފަހުން އާދަޔާ ޚިލާފު ގިނަޢަދަދެއްގެ ފައިސާ ތަކެއް އަމިއްލަ ފަރާތްތަކަށް ދައުލަތުން ދިނުމަށް ކޯޓުން ޙުކުމް ކޮށްފައިވަނީ ދައުލަތުން އެފައިސާ ދިނުމަށް ކޯޓުގައި އެއްބަސްވެގެން ކަން ރައްޔިތުންނަށް ހާމަ ނުކޮށް މިކަމުގައި ކޯޓުތައް ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކުމުން ރައްޔިތުން ނަށް ވަރަށްބޮޑު އޮޅުވާލުމެއް ތި އޮޅުވާލަނީ