ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުން ދޫކޮށްލަން ކުރި ހުކުމް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޕީޖީއިން ވަނީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެެވެ. އެކައުންޓްތަކުގެ މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ބުރާސްފަތި ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ.

ޔާމީން ބަންދުން ދޫކޮށްލަން ކުރި ހުކުމްގެ އިސްތިއުނާފުގެ ޝަރީއަތް ބާއްވާނެ ދުވަހެއް ސުޕްރީމް ކޯޓުން އަދި ތާވަލް ކޮށްފައެއް ނުވެެއެވެ.

ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރުމުން އެމަނިކުފާނު ބަންދުގައި ބެހެއްޓެން ނެތް ކަމަށް ހައި ކޯޓުން އަމުރު ކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އެދިވަޑައިގަތުމުން ޔާމީން ހައްޔަރު ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ފެބްރުއަރީ މަހުގެ 18 ގައެވެ. ނަމަވެސް މާޗް 13 ވަނަ ދުވަހު ޑޮކްޓަރުގެ ލަފާގެ މަތިން ޔާމީން ގޭބަންދަށް ބަދަލު ކުރިއެވެ.

މަނީ ލޯންޑްރިން މައްސަލައިގައި ދައުލަތުން މިހާރު ވަނީ ޔާމީންގެ މައްޗަށް ދައުވާ އުފުލާފައެވެ. އެމައްސަލައިގައި މިހާތަނަށް ދެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައެވެ. އެންމެ ފަހުން އޮތް އަޑުއެހުމުގައި ދައުލަތައް ދައުވާ ސާފުކޮށްނުދެވުމުން ދައުވާ ސާފުކޮށްދިނުމަށް ދިހަ ދުވަހުގެ މުހުލަތެއް ކޯޓުން ވަނީ ދައުލަތައް ދީފައެވެ.

މިހާތަނަށް ދައުލަތުން ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ހަމައެކަނި މަނީ ލޯންޑްރިން މައްސަލައިގައި ކަމަށް ވީނަމަވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. Anonymous

  ކަމެއްވާ އެބަހުއްޓޭދޯ! ޕްރޮސެކިއުޓަރ ޖެނެރަލްއަކީ ތަނެއްގަ ހުރި ބުރާންޗެއް. އަންހެނުންގެ ހުންނަނީ މީދާކޭ އުނބޭ ބުނީމަ ދެންބުނާނެ، ޑިސްކްރިމިނޭޝަންއޭ، އަނެކަށްޗެކޭ. ހައިކޯޓުގައި، އޮތް އަޑުއެހުމުގައި ހާމަވެގެންދިޔަ ގޮތުގައި، ތިޔަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ހުށަހެޅި އެއްޗެހީގައިނެތް، ރައީސްޔާމީން ހެތްކަން ނުފޫޒު ފޯރުވަން ދެއްކޭނެ އެންމެ ކަމެއްވެސް. ތިއުޅެނީ، މިސަރުކާރުގެ ނާގާބިލްކަން އިންތިހާއަށް ފާޅުވަމުންދާތީ ރީނދޫ ގުންޑާއިން ހިތްހަމަޖައްސާދިނުމަށް، ކޮންމެވެސް އެއްޗެކޭ ކިޔަންވެގެން.

  67
  6
  • Anonymous

   އަހަނ ތަކުރާ ރައީސް ޔާމީން ޖަލުބަންދަށް ބަދަލުކުރަން އެބަޖެހެއޭ. ފަރުހުދުޗުމުގެ މައްސަލައަށް ހައްލެއް ހޯދޭނީ އޭރުންނޯ. ފަރު ހުދުވުމުގެ މައްސަލައަށް ހައްލު ހޯދިގެން ނޫނީ ހުޅުމާލޭގެ 16 ޓަވަރުފެ ފުލެޓް ދޫކުރެވޭކަށްނެތޯ. އެމެރިކާ މީހުން އެނގީ ފަރުހުދުވާވާހަކަ. ހުރިހާ ޕްލޭނެއް ފެނަށްއެދިޔައީ. އިންތިހާބަށް ކޮންކަހަލަ ސަޅި ޕްލޭންތަކެއް ހަދާލީ. އެކަމަކު ކީއްކުރާނީ ކުރެވޭކަށްނެތް. ފަރުހުދުވާން ފަށައިފި.

  • ޖަމީލު

   އިރާދަކުރެއްވީޔާ ދިގު މުއްދަތަކައް އަބްދުﷲ ޔާމީނު ޖަލައްލާނަން.

   3
   27
   • Anonymous

    ﷲ ގެ ރަހުމަތުުން ތި ހަސަދައިންނާއި މުނާފިގުކަމުން ރައީސްޔާމީން ސަލާމަތްކުރަށްވާށި. އާމީން

 2. ރުކްމާ

  ޔާމީން ދެކެ ހާދަ ބިރެއްގެނޭ ދޯ މިހާރު މިއޮތް ފަންޑިތަ ހަދައިގެން ވެރިކަން ހޯދި މީހުން ލަންކާ އަށް ގޮސް ފަންޑިތަ ހެދީ ރާއްޖޭގެ ހުރިހާ ރަށަކަށް ފަންޑިތަ ހެދި ކަން ހެދި މީހުން ވަނީ ކިޔާދީފައި ވަރަށް ބިރު ގަނޭ ދޯ ރައީސް ޔާމީން ދެކެ ކިތަންމެ ވަރަކަށް އުޅުނަސް ރައީސް ޔާމީން ގެނެސްދެއްވެވި ތަރައްޤީ މިޤައުމަކަށް ގެނެވޭނެ މީހެއް މިވެރިކަމުގައި ނެތް. ފަންޑިތަ ސަރުކާރު. ރައީސް ޔާމީން މި ޤައުމުގެ ވެރިއަކަށް ހުންނެވި ނަމަ މިހާރު ރާއްޖެ ތެރޭ މީހުން އުޅޭނީ ކުޑަ އަގެއްގައި ފުލެޓްތަކުގައި ރާއްޖެތެރޭ މީހުން ގުބޯ ހައްދައި ފަންޑިތަ ހަދައިގެން ވެރިކަމަށް އައީ.

  61
  6
 3. ހާދިމް

  ރައީސް ޔާމީންގެ ފަހަތުން ދުވެދުވެ ތިބޭ. ހުރިހާ ކަމެއް އޭރަށް ހުންނާނީ ފުރހަމަވެފަ. އަހަރެމެންނަށް، ތި 1 މިލިއަން ޑޮލަރަށްވުރެ ބޮޑު ކަމެއް، 75 މިލިއަން ޑޮލަރު ރައްޔިތުންގެ ހަޒާނާއިން ބިގަށްދިން ކަންތަށް. ރައްޔިތުންނަށް ދިން ކޮށް ޚިދްމަތެއްގެ އަގެއްއެއީ؟ އެފައިސާ ދިން ބަޔަކާއި، އެކަމަށް ވާގިވެރިވި މީހުންގެ ތަހުގީގުކޮށް އެފައިސާ އެމީހުން އަތުން އަތުލަބަލަ. ދީބާޖާގެ މައްސަލައިގައި، އޭޖީއާމެދު ތަހުގީގު ހިންގަބަލަ.

  53
  2
 4. ގުއްލަލާ

  ޔާމީނު ބަންދުކުރަން ބުނުމުގެ ބަދަލުގަ ދައުލަތުން މިހާރު އެދެންވީ ސިއްހީނިޒާމު އެހެނިހެން ކާމިޔާބު މަސްރޫއުތައް ހިންގުމައް ރޔާމިން ސަރުކާރުގަ ގެންގުޅުނު ކާމިޔާބު ވިސްނުމާ ފިރު އެކަންކުރިގޮތް ބުނެދިނުމަށެވެ

  51
  1
 5. Anonymous

  މައުސޫމު އެކައުންޓަށްވަތް 22 މިލިއަން ޑޮލަރު 1 މިލިއަނަށްވުރެ ކުޑައީތަ؟ ކީއްވެތަ، އެސްއޯއެފްއިން މައުސުމަށް ދިން 22 މިލިއަން ޑޮލަރުގެ މައްސަލަ ތަހްގީގުކޮށް ތި އަންހެންދައިތަ އެހިފައިގެން، ކޯޓުތަކަށް ނުހިނގަނީ؟

  51
  1
 6. ތހޖގ

  ރަމްޟާން މަސް ނިމުމާއެކު، ޕްރޮސިއުޓަރ ޖެނެރަލް ޒާތީވެގެން އުޅޭތީ އޭނާއާ ދެކޮޅަށް މުޒާހަރާކުރަންވީ. އަދި، އިދިކޮޅު މެންބަރުން، މިދައިތަގެ މަގާމުގެ ގާބިލްކަން ނެތްކަމަށް މަޖްލީހަށް ހުށަހަޅަންވީ. ހެތްކެތް ނެތަސް، ކޯޓްތަކަށް ދުވީމަ މަގާމު ދިފާއުވާނެކަމަށްތަ ހީކުރީ؟ ރީތި ގޮތަކަށް ތި ދައިތަގަނޑު ނިމިގެންދާނެގޮތް މިންވަރު ކުރައްވާށި. އާމީން.

  48
  1
 7. Anonymous

  މިސަރުކާރަށް ކުރެވޭނެހާވެސް ކަމަކީ، ރައީސް ޔާމީން ފަހާ ދުވުން. ހޮސްޕިޓަލް ވީރާނާވަނީ، ރަށެއްގެ ބަދަރު ހެދުމެއް، ފާހާނާގެ ނިޒާމް އެޅުމެއް، މަގުހެދުމެއް، ބޯހިޔާވަހިކަމެއް ދޭން އުޅެނީކީނޫން. ތަނެއްދޮރެއްނޭނގޭ ޖާހިލުން އެމީހުންގެ ޕާޓީ ޖާހިލުންގެ ހިތް ހަމަޖެހިގެން ތިބޭނެގޮތަކީ، އެމީހުންގެ ދެކޭ ގޮތުން 1 މިލިއަން ރުފިޔާ ހޯދަން އުޅުން ކަމަށް މިހަދަނީ. އެޕާޓީގެ ނާގާބިލު މީހުނަކަށްނޭނގޭ، ދައުލަތުގެ ހަޒާނާއިން، މިސަރުކާރުން 1 މިލިއަނުގެ 100 ގުނަ މިހާރުވެސް ދަވާލައިފިކަމެއްވެސް.

  48
 8. ކޖހގ

  1 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަކަށް ޖަމާވުމަކީވާ ބިރުހުރިކަމެއް. އެއީ، މީހުން މެރުމާ ރޭޕްކުރުމާއި، ހަތިޔާރު ގެންގުޅުމާއި، މީހުންގެ ގެދޮރު ރޯކުރުމަށްވުރެވެސް ބިރުހުރިކަމެއް. 1 މިލިއަން ޖަމާވެއްޖެ މީހަކު ޝަރީޢަތްނިމެންދެން ހުންނަންޖެހޭނީ ޖަލުގަކަމަށް އޮންނަ ޤާނޫނެއް ދަންނަ ގާނޫނީ ވަކީލަކު މިރާއްޖޭގައި އެބަހުރިބާ؟

  23
  16
 9. އަސްމާ މޫސާ

  ޔާމީން ހައްޔަރުނުކޮށް އެއްވެސް ކަމެއް ކުރެވޭ ގޮތެއް ނުވި ދޯ

  48
  1
  • Anonymous

   ޔާމީން ގޭގަހުންނާތީ މިއުޅެނީ އައިޖީއެމްއެޗްގެ އީއާރް އޭސީ ނުހެދިގެން.

   20
 10. ޕާޓޭ

  މާ ބޮޑަށްވެސް ލަސްވެއްޖެ! ޔާމީނު ދޫކޮށްފަ ބަހައްޓަންޔާ ޖަލުގަ ވައްކަންކޮށްގެން ބަންދުކޮށްފަތިބި ހުރިހާ ކުއްވެރިންވެސް ދޫކޮށްލަންޖެހޭނެ!

  4
  47
 11. ކާފަބޭ2019

  ފެނުނުމަންޒަރުން ހަޖަމުގޯސްވީތޯ އަދިތިވަރަކުން ބޭރުގެއެކުވެރިޔާގެ ހިތްހަމައެއްނުޖެހޭނެ އޭނަހިތްހަމަޖެހޭނީ ކޮންމެގޮތަކުންވެސް އުމުރުދުވަހުގެހުކުމެއް ޔާމީނަށްޖަހާލެވުނީމަ ކުރިއަށްވަޑައިގަންނަވާ އޭރުންޖުޑިޝަރީއޯކޭވާނެ

  33
  3
 12. ނާހިދާ

  ސަރުކާރު ނޭވާހޮޅިއަށް އަރައިފި! ރައީސް ޔާމީންދެކެ ފިއްކެނޑިގެން އެ އުޅެނީ އެހެންވެ! ފުރިހަމަ ދެއަހަރުވެސް މި ސަރުކަރު ދެމި ނޯންނާނެ! އިންޝާއަﷲ

  52
  2
 13. ބަފާބެ

  މައުމޫނު ވެރިކަމުން ދުރުވީމަ ނަޝީދަށް މައުމޫނުވީ ތްރެޓަކަށް، ދެން މައުމޫނާ ބެހެންފެށީ! ނަޝީދުވެރިކަމުން ފޭބީމަ ވަހީދުބޭއަށް ހަމަ އެތްރެޓް ، ޔާމީނަށްވެސް ނަޝީދު ބަހަށްޓައިގެން ކުރިޔަކަށްނުދެވުނު އެއްމެ ފަހުން ނަޝީދައްވެސް ޔާމީނުބަހަށްޓައިގެން ހަމަ ހިލާ ހަމަ ނޭވާލެވޭކަމަކަށްނުވި! ދެން ފަހުން އަންނަ ވެރިޔަކަށް އިބްރާހިމް ހެޔޮހާލުގަ ބަހަށްޓައިގެން އުޅެވިދާނެބާ؟

  24
  2
 14. އިމްރާން

  އިންޝާﷲ މިޤައުމުގެ ވެރިކަމަށް އަދި ޔާމިން އަންނާނެ، ޕީޖީ ލަދެއް ހަޔާތެއް އެބަހުރިތަ، އިސްތިއުފާދީފަ ގޭގަ އިނދޭ، ބަލަ ކުރީހުރި ޕީޖީ ޖަލަށްލުމަށްފަހު އެމަޤާމް ލިބުނީ ތިޔަ ޔާމިން ދިނީމަ، ރ.ޔާމިން އަށް ސަޕޯޓްކުރާ ލައްކަ އަކަށްވުރެ ގިނަ 18 އަހަރުން މަތީ މީހުން އެބަތިބި، ... ދިވެހިރާްޖޭގެ ސްޕްރީމް ކޯޓަކީ ބިޝާމާ މެންކަހަލަ ތަޖުރިބާ އެއްނެތް ފަނޑިޔާރުން ތިބި ތަނެއްނޫން، ޔާމިނަ އަކަސް އަދި ހަސަނަކަށް ނުވަތަ ބިޝާއަކަށް ވިޔަސް އެމީހެއްގެ ހައްގު ހޯދައިދިނުމުގައި ސ ކޯޓަކީ ނަމޫނާތަނެއް. ޔާމިން އަށް އަދަބު ދިނީމަ ކޯއްޗެއްތޯ މިސަރުކާރަށް ހާސިލްވަނީ،

 15. ފައްނު

  މިރާއްޖޭގަ ދެން ރަގަޅު ވެރިޔަކަށް ވެރިކަމެއް ކުރިޔަކަ ނުދޭނެ ރެޑިކަލައިސްޑް ވެފައި މިތިބަ ޔޫތުންގެ ބޮލުތެރޭގައިވާ ކަރާސީނު ތެޔޮ ހުސްނުވަނީސް.

 16. ހުސޭނުބޭ

  ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބުނު 1.8 ބިލިއަން ރުފިޔާ ކައިލި މީހާ ހައްޔަރުކުރަން އަމުރުނެރެބަލަ!

 17. އަލްޖިބްރާ

  ތީ ދޫކޮށްފަ ބަހައްޓާ ވަރުގެ މީހެއް ނޫން ! އަވަހަށް ހައްޔަރު ކުރަންވީ ! ތީ މުޅި ޤައުމަށް ހުރި ނުރައްކަލެއް !

 18. ފަނޑިޔާރުއިސްތިޔުފާ

  ހައްޔަރުކުރޭ ޔާމީނު ކިތައްމީހުން ޖަލައްލާފަ ހުރީ އަވަސްކުރޭ