ބޮލުގައި ގޯންޏެއް އަޅުވައި ހޮޅި ދަނޑިއެއްގައި ބަނދެ އަނިޔާކުރި ށ.ފޭދޫ އަންހެން މީހާ ރޭ ދައުލަތުގެ ހިމާޔަތުގެ ދަށަށް ގެނައީ އޭނާގެ ދަރިއަކާއި ވެސް އެކުގައި ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ވިދާޅުވީ އެމަނިސްޓްރީން ހެދި އެސެސްމެންޓުން އެނގުނު ގޮތުގައި، އަންހެން މީހާ ދިރިއުޅުނު މާހައުލު ރައްކާތެރިއެއް ނޫނެވެ. އަންހެން މީހާ އަށް ދައުލަތުން ރައްކާތެރިކަން ދިނީ، އޭނާ އަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްކޮށްދިނުމުގެ ގޮތުން ކަމަށް ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އަންހެންމީހާ އާއި އޭނާގެ ދަރިފުޅު ވެސް މިހާރު ތިބީ ރައްކާތެރި ކަމާ އެކު ދައުލަތުގެ ބެލުމުގެ ދަށުގައި" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ދެމައިން މިހާރު ތިބީ ށ. ފުނަދޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ މަރުކަޒެއްގައެވެ.

އަންހެންމީހާގެ އިތުރު ހަތަރު ކުދިން ތިބެ އެވެ. އޭގެތެރެއިން 18 އަހަރުން ދަށުގެ ދެ ކުދިން ތިބީ ރައްކާތެރި މާހައުލެއްގައި ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއެވެ.

އަންހެން މީހާ އަށް އަނިޔާ ކުރި މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ރޭ ދައުރުވާން ފެށުމާއި އެކު ވަރަށް އަވަހަށް ޖެންޑާ މިނިސްޓްރީން ވަނީ ހަރަކާތްތެރިވެފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ އަންހެން މީހާ އަށް އަނިޔާ ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ރޭ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކުރި ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި އަންހެން މީހާގެ ބޮލުގައި ގޯންޏެއް އަޅުވައި ހޮޅި ދަނޑިއެއްގައި ބަނީ ބަޔަކު މަޖާ ކުރުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޮލި މުލައް

    ތިކަމުގެ ޒިއްމާ ރަށުގެ ރައްޔަތުން ނަގަންވާނެ.
    ތީ އިންސާނިޔަތާ ޚިލާފު ވ ދަށު ދަރަޖައިގެ ޢަމަލެއް.

    28
    2
    • މަ

      ހަގީގަތް ބަަލަފައި ކިޔުން ރަނގަޅު.. ތިޔަ ކުއްޖާ މޮޔަވެގެން ދުވުނުއިރު ކުއްޖާއަށް އެހީތެރިވި އެތަށް ބަޔަކު އެބަތިބި ފޭދޫގަ..ކަންދީ ފެންވަރުވާ ބެސްދީ ހެދި.. ޖެންޑަރ މިނިސްޓިރި އޮތްތާކު އޮތީ. އައިސް ބަލަފައި ދަނީ. އެއްވެސް ކަމެއް ކޮށެއް ނުދޭ

    • ޢަހުމަދު

      ފޭދޫ މީހުނެއް ނޫން ޒިންމާ ނަގަން ޖެހޭނީ ޖެންޑާ މިނިސްޓްރީ އައި ޕޮލީސް

      1
      1
  2. ޙަސަން

    މިއޮއްފަދަ ރަމަޟާން މަހު ރޭއަޅުކަމުގެ ގޮތުގައިތޯ ނިކަމެތި އަންހެނަކަށް އަނިޔާވެރިވީ؟ އެއީ މަޖާކުރަން ކުރަން ހެޔޮވާވަރުގެ ކަމެއްތޯ؟ އެއީ ވެސް އިންސާނެކޭ ސިކުނޑި ހަމަ ނުޖެހުނަސް އެމީހާ އަށް ވުރެ އެމީހާ އަށް އަނިޔާކުރި މީހުންގެ މީހުންގެ ސިކުނޑީގެ އުނިކަން ބޮޑުކަމުގައި ނޫނީ ނުވެއެވެ.

    49
    1
  3. ރާ

    ކިހާ ދެރަކަމެއް! މިއީ އެ އަންހެން މީހާވެސް އެދިގެން މަޖަލަކަށް ކުރިކަމެއް! އަނިޔާއެއް ނުކުރޭ! ގޯނި ބޮލަށް އެޅީވެސް އޭނަ އަމިއްލަޔަށް! ދެންހަމަ ސިދާތާމެން މަވެލަން ލިބުނު ފުރުޞަތެއްކަމުގައި ހީކޮށްގެން ދޯ ތިއުޅެނީ؟

    3
    24
    • ޢަހުމަދު

      ފޭދޫ ކައުންސިލްގެ ރައީސްއަށް އެނގޭނެ ތިކަން ކުރި ބަޔަކު.!! ޢެހެން ވީމަ އަވަހަށް ބުނެދިނުން އެދެން

  4. ކޮރަލް

    މިއީ މަޖާ ކަމެއް ނޫނެވެވ. އަވހަށް އެބަޔަކު ހައްޔަރު ކުރަން ވީއެވެވެ. ހިތާމަ ވެރި ހާދިސާއެކެވެ.

    17
    1
  5. ދިވެހި ރައްޔިތެއް

    ތިޔަ ލާއިންސާނީ ޢަމަލް ހިންގި ކޮންމެމީހަކީވެސް ކޮންމެވެސް މަންމައެއްގެ ބަނޑުން ވިހާފައި ހުރި ދަރިއެއް. ތިޔައިން މީހެއްގެ މަންމަގެބޮލަށް ގޯންޏެއް އަރުވާ، ހޮޅިދަނޑިއަކަށް ބަނދެ އަނިޔާކުރާތަން ބަލަން ހިތަށް ކެތްވާނެބާ؟
    މިއޮށްފަދަ ބަރަކާތްތެރި ރަމަޟާންމަހުގައި ތިޔަފަދަ ލާ އިންސާނީ ޢަމަލެއް ހިންގަން ކެރުނު ބަޔަކީ ތިޔައީ އިންސާނުންގެ ސިފައިގަތިއްބަސް ޖަނަވާރުންނަށް ވުރެނުބައި، ރަޙުމުކުޑަ ބައެއް. އެމީހުން މިހާރުން މިހާރަށް ހޯދާ އިންޞާފުގެކުރިމައްޗަށް ގެނެސް ހަރުކަށި އަދަބުދިނުމަށް ގޮވާލަން.