ފ.އަތޮޅު ފީއަލިން ރޭ މެންދަމު 01:00 ހާއިރު ކަރަންޓް ކެނޑުނު ގޮތައް އަދިވެސް ކަރަންޓް ނުލިބޭ ކަމަށް އެރަށުން މައުލޫމާތު ދީފިއެވެ.

ފީއަލިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެރަށުން ކަރަންޓް ކެނޑުނީ ރަށަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ މައި ކޭބަލަކަށް މައްސަލައެއް ދިމާވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ރޭ އެކެއް ޖެހި އިރުއްސުރެ ކަރަންޓެއް ނެތް. މުޅި ރޭ ހޭދަކުރަން ޖެހުނީ ކަނު އަނދިރީގައި. މިއަދު ވެސް މިދަނީ ކަރަންޓް ނުލިބި. ކަރަންޓް ދެން ލިބޭނެ އިރެއް ވެސް ނޭނގޭ." އޭނާ ބުންޏެވެ.

މައުލޫމާތު ދިން މީހާ ބުނީ މައްސަލަ ދިމާވި ކޭބަލް ނެގުމަށް ފަހު އެހެން ކޭބަލެއް އަޅަން ޖެހޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެން ރަށެއްގައި އަޅާފައި އޮތް ކޭބަލެއް ކޮނެގެން ނަގައިގެން ރަށަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފާއިތުވި ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ގިނަ ރަށްރަށުން ކަރަންޓް ކެނޑުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާރު ވެސް އިރުއިރުކޮޅާއި ދިހަ ވަރަކަށް ރަށުން ކަރަންޓް ކެނޑެމުން އެބަދާ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެތެރޭގައި އާބާދީ ބޮޑެތި ބައެއް ރަށްރަށް ވެސް ހިމެނެއެވެ.

ރަމަޟާން މަސް ފެށުނު ފަހުން ކަރަންޓްގެ ހާލަތު ބައެއް ރަށްރަށުގައި ކުރިއަށް ވުރެ ވެސް ގޯސްވެފައިވެއެވެ. ނަމަވެސް ބައެއް ރަށްރަށުން ކަރަންޓް ކެނޑެމުންދާ މައްސަލައިގައި ފެނަކަ ކޯޕަރޭޝަނުން އެއްވެސް ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސމީ

  ޖަޒީރާ ރާއްޖަެގަ ކަރންޓް ނެތުމަކުން އެއީ މައްސަލއެއް ނޫނެއްނު

  27
 2. ލކޖހގ

  ދިވެހިންގެ ރަންޒަމާން، 2018 ނޮވެމްބަރުގައި ވަނީ ނިމުން އައިސް. ދެން ޝަކުވާ ކުރާނެ ކަމެއްނެތް. ހަލާކާ ގެއްލުމާއި، އަނިޔާވެރިކަމާއި، އަޅުވެތިކަމަށް ވޯޓް ދިނީ ހިތުން، މޮޅުތަކެއް ހޯދަންނު.

  28
 3. މުނާ

  ރަށްގަނޑު އަދި ބަޔަކަށް ނުދީ އެބައޮތެއްނު. ފުދިގެން ތިބޭ. ދިން އެއްޗެއް ލިބިގަނެގެން ތިބެންނު، ތަނެއްގަހުރި ރޯނު އެދުރަކަށް ވޯޓްލީ. މޮޅުތަކެއްވެއްޖެނު. މުޅި ރަށް ތިއޮތީ އޭސީ ކޮށްފަ.

  26
 4. ކެޔޮޅު

  އަމިއްލަ އަތުން ފޭއްސި އިލޮށިގަނޑު އަމިއްލަލޮލައް. ދެން އޯކޭވާނެ!!

  18
 5. ސަންތިމަރިޔަބު

  ކޮއިފުޅު މެންނޭ މިފެންނަ “ޖަޒީރާ”ރާއްޖޭގެ މަންޒަރުތައް ކެއްކޮލާ އެއްކޮއް ޖަޒީރާވެނިމޭ އިރު ރައްޔިތުން ގަލޯހާޖާކުރަން އަތިރިމަތީ ގާވަޅު ކޮނެގެން ބަރިޔަކައް ތިބޭތަން ފެންނާނެ. ވަރަށް އުފާވޭ ސަންތިމެންގެ ޅަދުވަސް ގެނެސް ދޭތީ ފުޅިބައްތި، އަތްބައްތި ، ފާނޫޒު، ބިގަރު ފަދަ ތަކެތި އަގު އަތްނުފޯރާ ފަށައްދިއުމުގެ ކުރިން ދުރާލާ މިތަކެތި ހޯދާއިގެން ތިބޭ ފިސާރި ކުޅިފެންނާނެ. މީ ސަންތިގެ ތަޖުރިބާ ދެން ކެތްކޮއްލާ ތިމާމެންގެ އަތުން ފޭހުނު އިލޮށި ގަޑު ތިމާމެންގެ ލޮލަށް . އެހެން ރައްރަށު ގާއި ވަޅުލާފައި ހުރި ކޭބަލް ކޮނެން ބޭނުން ކުރާ ފަދައިން މިދާވަރުންދަންޏާ ހޮސްޕިޓލްތަކުގާއި އިންޖެކްޝަން ކަށިވެސް 100 މީހުނަށް ބޭނުން ކުރުލަކީ ދުރުގާ އޮތް ކަމެއްނޫން ސަންތިގެ އިލްތިމާސް އަކީ ކެތްކޮއްލާށޭ ކެތްކުރިމީހާއޭ ފުޅައް ބުޑުގާއި އޮވެ މަރުވީވެސް

 6. އަލްޖިބްރާ

  ޔާމީނު ވެރިކަމަށް އަރާފަ ހުރިހާ ރަށަކަށް ޖަނަރޭޓަރު ފޮނުވާފަ ، މިހާރު 24ގަޑިއިރު ކަރަންޓް ލިބޭނެއޭ ބުނިހަދާން އެބަހުރިތަ ؟ ޔާމީނުގެ ވެރިކަން ގެއްލުނީމަ ޖަނަރޭޓަރުތަށްވެސް ހަލާކުވީ ! ޖަނަރޭޓަރު ދިން އިރުވެސް އެގޭ ދިނީ ފަޅޯ ބަޑިތަކެއްކަން !

  1
  4