ޖަލުތަކާއި ޕެރޯލްގެ ޤާނޫނުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަށް ލިބިގެންވާ ބާރުގެ ދަށުން މިނިސްޓަރ ޢިމްރާން ޢަބްދުﷲ، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ. މިމަޤާމަށް އައްޔަންކުރެއްވީ ރ.ކަނދޮޅުދޫ ރިހިތަޅާގެ އަހުމަދު މުޙައްމަދުފުޅެވެ.

އަޙުމަދު މުޙައްމަދުފުޅު މަޤާމަށް އައްޔަންކުރެއްވީ ކުރިން އެމަޤާމްގައި ހުންނެވި މުޙައްމަދު އިބްރާހީމް ދީދީ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް އަހްމަދު މުހައްމަދުފުޅު އައްޔަން ކުރައްވަފައި ވަނީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމުގެ ޝަރުތުތައް ކަނޑައަޅާ ޤަވައިދެއް މީގެ ހަތަރު ދުވަސް ކުރިން ގެޒެޓް ކުރެއްވުމަށް ފަހުއެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް އައްޔަންކުރެއްވި އަހުމަދު މުޙައްމަދުފުޅަކީ "ބެޗެލަރ އޮފް އަރޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް" ހާޞިލްކުރެއްވުމަށްފަހު، "މާސްޓަރ އިން ސޯޝަލް ޕޮލިސީ" ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އަހުމަދު މުޙައްމަދުފުޅު އެންމެފަހުން މަސައްކަތްކުރެއްވީ ހިޔުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ނެޝަނަލް ޕްރެވެންޓިންގ މެކޭނިޒަމް (އެން.ސީ.އެމް)ގެ މަޤާމްގައެވެ. އޭގެކުރިން މިނިސްޓްރީ އޮފް ޖެންޑަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމް އަދާކުރެއްވިއެވެ. އަދި އޭނާއަކީ ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލެއްވި ކޮމިޝަންގެ މެމްބަރެކެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަކީ މީހުން ބަންދުކުރާތަންތަނުގެ ޙާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލާ މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ރިޕޯރޓްކުރުމަށްޓަކައި އައްޔަންކުރާ މީހެކެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ވަނީ ކޮމިޝަނެއް އުފައްދަވައިގެން ޖަލުތަކުގައި ހުރި ކަންކަން ދިރާސާ ކޮށްފައެވެ. އެ ދިރާސާ ރިޕޯޓް މިހާރު ވަނީ މިނިސްޓަރާއި ހަވާލު ކުރައްވާފައެވެ. ނަމަވެސް ރިޕޯޓް އާއްމެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އެކްޓިވިސްޓަކަށް މަގާމެއް ހަދާލާފަ ހަވާލުކޮށްލީ. މިޔޮތީވާ ސަރުކާރެއް. ދުވާލު ދެދަޅަޔަށް މަގާމު ހަދާފަ މުސާރަދީ އެއިން ބައެއްގެ ފަރާތުން ބެލުނު ކަމެއްގެ އެއްވެސް ވާހަކައެއް ރައްޔިތުނަނާ އަދި ހާމައެއްނުކުރޭ. މިހާރު ސަރުކާރަށް 5 މަސްވީ. މިދެން ބޮޑުވަރު ކަންނޭންގެ. ނަންވާނީ ރައީސް ޔާމީނު. ޔާމީނު ކުރީމަ ގޯސް.

    11
    4
    • އިސްމާއިލް މުހައްމަދު

      އަޅުގަނޑު ދޮނާ ދަންނަމެވެ. ދޮނާއަކީ މިއަދާ ހަމައަށްވެސް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެފައިނުވާ މީހެކެވެ. ނޭނގޭ ވާހަކަ ނުދައްކާށެވެ.

      1
      1
  2. މާސްޓަރ

    ދޮނާއަށް މަރުޙަބާ

    1
    1
  3. މަލަކުރި

    މަރުޙަބާ!

    1
    1
  4. އަލިބެ

    މަރުހަބާ.. މަގާމު ފުރުވުމުގައި ވަކި ކުލަ އަކަށް ވަކި ޕާޓީ އަކަށް ނުބަލާ ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރަން

    2
    1