ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ކަމުގެ ދައުރު ހަމަކުރައްވާފައިވާ މިހާރު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަަދުރޭ) މަޖާޒީ ޖުމްލަ އަކުން މިއަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ސަރުކާރުގެ ނުކުޅެދުންތެރިކަން ހާމަކުރައްވަމުން ވިދާޅުވީ "މަހާ ޖައްރާފެއް ނޫން، އަނބިމީހާ ވެސް ގެންގުޅެން ނޭނގޭ މީހަކަށް ނުވަތަ ބަޔަކަށް ވާކީ ތަކުލީފަކަށް" ކަމަށެވެ.

އޭނާ ވިދާޅުވީ ތިމާ މެންނަށް ވާނުވާ ނޭނގުމަކީ އެހެން މީހުން އޭގެ ޒިންމާ ނަގަން ޖެހޭ ކަމެއް ނޫނެވެ.

"މަހާޖައްރާފު" ވެސް ގެންގުޅެން ނޭނގޭނަމަ ވާނީ ތަކުލީފަކަށް ކަމަށް އަދުރޭ ވިދާޅުވެފައި މިވަނީ އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހް މީޑިއާގައި ދައްކަވާފައިވާ ވާހަކަފުޅަކާއި ގުޅިގެންނެވެ.

ޝާހް "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ "މަހާޖައްރާފު" އަކީ އެމްޓީސީސީ އަށް އޮތް ތަކުލީފެއް ކަމަށެވެ.

ޝާހް ވަނީ މިދިޔަ އަހަރު ސަރުކާރުން އެމްޓީސީސީ އާއި މަސައްކަތް ހަވާލު ކުރި ނުއަގުގައި ކަމަށާއި އަދި ކުރި ބައެއް މަސައްކަތްތަކަށް ފައިސާ ވެސް ނުލިބޭ ކަމަށް ވިދާޅުވެ، އެންމެ ފަހު ކުއާޓާގައި އެކުންފުންޏަށް ލިބުނު ފައިދާ ދަށްވެފައި ވަނީ ކުރީ ސަރުކާރުގެ ސަބަބުން ކަން ސާބިތު ކޮށްދިނުމަށް މަސައްކަތް ކުރައްވާފައެވެ.

އަހަރު ތަކަކަށް ފަހު އެންމެ ފަހު ކުއާޓަރުގައި އެމްޓީސީސީ އަށް ލިބުނު ފައިދާ ދަށްވިއިރު 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައިއިރު އެމްޓީސީސީ އަކީ އެންމެ ފައިދާވާ އެއް ކުންފުންޏެވެ. ނަމަވެސް އެފަހަރު ވެސް ޖެހިގެން އައި އަހަރު ތަކުގައި އެކުންފުންޏަށް ގެއްލުމާއި ކުރިމަތިލާން ޖެހުނެވެ.

ޔާމީންގެ ވެރިކަމުގައި "މަހާޖައްރާފު" އެމްޓީސީސީ އަށް ގަނެ، ކުންފުނީގެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބުރޯ

    އަދުރޭ ތިޔަ ވިދާޅުވީ ރަނގަޅަށް ، އަނބިމީހާ ގެންގުޅެން ނޭގުމުގެ ތަކުލީފު މިއަދު ޔާމީނު އެ ތަހަންމަލަ ކުރަނީ ވެސް ނޫންބާ ؟

  2. މަންތަރު

    މަގާމުތަކުގެ ދަހިވެތިކަން ހުރިވަރު ތިއޮއްފެންނަނީ. ޠާމީނު ސަރުކާރު ހިންގި ދުވަސްވަރު މަސައްކަތް ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ހިގަމުން ދިޔައީ ރެޢާއި ދުވާލު.ފިނިކޮޓަރި އެއްގައި އިދެފައި މޮޅު ވާހަކައެއް މީޑިޔާ ދެއްކުނީމަ އެއޮތީ މަސްބޭނިފައި.

  3. ހޯރަފުށީ ގަބުޅިކަތީބު

    މިހާރުވެސް ތިޔަބުނާ ޖައްރާފެއް އޮތީ ހޯރަފުށީ ބަނދަރުގަ ހަލާކުވެފަ. އަދުރޭ ބުނާހެން ވަނުވާ ނޭނގެންޔާ ވާނި މިހެން. އެއާޕޯޓް ބިންހިއްކުން އެއޮވެގެން ލަސްވަނީ. ދައުލަތައް އެތައް މިލިއަނުން ގެއްލުންވަމުން އެދަނީ. ސަރުކާރުގެންނަން މަސައްކަތް ކުރެވުނީތީވެ މިހާރު ހިތާމަކުރަން!

  4. އަލްޖިބްރާ

    އަބިމީހާ ގެންގުޅެވޭނީ ސަރުކާރުގަ ހުރި ރައްޔިތުންގެ ފައިސާ ވަގަށް ނަގައިގެން ދޯ ! ކަލޭގެ ލަދު ކޮބާ ؟ ގަތް އިމާރާތްތަށް ކޮބާ ؟ އެއީ އަބިމީހާ ގެންގުޅެންވެގެން ރައްޔިތުންގެ މުދަލުން ވައްކަން ކުރުމަކަށް ނުވޭތަ ؟ އަދިވެސް އަގަގަޅާތި !

  5. ވަގުތޭ

    ސާބަހޭ އަދުރޭ!

  6. ވަހީދު

    ދަރުމަވަންތަ ހޮސްޕިޓަލް ވެސް އެމީހުންނަށް ތަކުލީފެއް. އައިޖީއެމްއެޗް ގައި އިތުރު ހިދުމަތް ދޭން ޖެހޭތީ.