މޯލްޑިވް ގޭހުގައި ހުރި ބޭނުން ނުކުރާ އަދި ގިނަ ދުވަސްވެ ބާވެ ހަލާކުވެފައިވާ ވެހިކަލްތައް ވިއްކާލަން އިއުލާން ކޮށްފިއެވެ.

އެ ކުންފުނިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ވެހިކަލްތައް ނީލަމުގައި ވިއްކައިލަން ބޭނުންވާ ކަމަށާއި އެގޮތުން އެތަކެތި ގަންނަން ބޭނުންވާ ފަރާތްތަކުން 22 މެއި 2019 ވާ ބުދަ ދުވަހުގެ 10.00 އާއި 12.00 އާ ދެމެދު އެ ކުންފުނީގެ ތިލަފުށީ ޕްލާންޓަށް ވަޑައިގަތުމަށް އެދޭކަމަށެވެ. މީގެ އިތުރުންވެސް އެ ކުންފުނީގެ މާލެ ޑިސްޓްރިބިއުޝަން ޔުނިޓްއަށް 23 މެއި 2019 ވާ ބްރާސްފަތި ދުވަހު 10.00 އާއި 12.00 އާ ދެމެދު ވަޑައިގެންވެސް ގަނެވޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނެފައިވަނީ ތަކެތި ގަތުމަށްފަހު 29 މެއި 2019 ވާ ބުދަ ދުވަހުގެ 12:00 އަށް އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ދެ ވަނަ ފަންގިފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޒޫ

    ދެ މަންޖެގެ ފޮޓޯ ޖެހި ނަމަ

  2. ހުސީ

    ތި ލާރި ތަކުން ސަދަޣާތް ތޯ ކުރާނީ؟؟

  3. ހުސީ

    ލާރި ތަކުން ސަދަޤާތް ތޯ ކުރަނީ؟؟