މިދިޔަ މަހު އެކަނިވެސް 4.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެ ކޮށްފައިވާ ކަމަށް މިއަދު ނެރެފައިވާ ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް އެތެރެ ކޮއްފައިވާ މުދަލުގެ ނިސްބަތް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ނުވަ ޕަސެންޓް އިތުރަށް ޖެހިފައެވެ.

އަދި މުދާ އެތެރެކޮށްފައިވާ ގައުމުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ މުބާ އެތެރެ ކޮށްފައިވަނީ ޔޫއޭއީ އިން ކަމަށް ވާއިރު ދެވަނައަށް އެންމެ ގިނަ މުދާ އެތެރެ ކޮއްފައިވަނީ ޗައިނާ އިންނެވެ. އަދި ތިންވަނަ އަށް ސިންގަޕޫރުންނެވެ. ހަތަރުވަނައިގައި އޮތީ އިންޑިއާއެވެ.

އެކްސްޕޯޓް ކޮށްފައިވާ ގައުމުތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ ތައިލޭންޑް ދެވަނައިގައި ޔޫއެސްއެވެ. އަދި ތިން ވަނައިގައި ޖަރުނަނު އޮތްއިރު ހަތަރުވަނައިގައި އޮތީ ފްރާންސްއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރު ގައުމުތަކަށް އެކްސްޕޯޓް ކޮށްފައިވާ މުދާ ތަކަށް ބަލާއިރު މިއަހަރުގެ އޭޕްރީލް މަހު 324 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮއްފައެވެ. އަދި އިމްޕޯޓް އެކްސްޕޯޓުން ލިބިފައިވާ އާމްދަނީއަށް ބަލާއިރު މިދިޔަ މަހު ވަނީ މުޅިއަކު 300 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީވެސް ގަމާރުންބާ

    އެކްސްޕޯޓު ކުރުމަށް ފުރުސަތު ނުދީ ތާށިކޮށްފަ، އިންތިހާ އައް ޕޯސްޓް ޙިދުމަތް އަގުބޮޑުވެފާ އޮންނާނީކީއްވެބާ، ޕޯސްޓްގެ ހިދުމަތްދޭ ރަށެއްނޯވެ! ގައިމު އޭރުން ތި ބިލިޔަންތައް އަދިމާގިނަވާނެ، ރައްޔިރުންގެ އަތުގާ، ޕޯސްޓުން ކުޑަޕަކަޓެއް އަޔަސް އޭގެންވެސް އެޗެއް ދަމައިގަނޭ، މީ ދުނިޔޭ އެއްވެސް ޤައުމެއްގާ ކުރާކަމެއްނޫން، ފޮނުވާފަރާރުން އަގުދީފަފޮނުވަނީ!