މިދިޔަ މަހުގެ 22 ވަނަ ދުވަހުގެރޭ ށ.ޅައިމަގު ކުރިމަގު ބޯޓުން ގެއްލުނު، ބަންގުލަދޭޝް މީހާ، ލުތުފަރު މަރާލީ އެއް ޖިންސުން ގުޅުން ހިންގަން އުޅުމުން ކަމަށް ފުލުހުން ބުނެފިއެވެ.

ލުތުފަރު މަރާލުމަށްފަހު އެއްލާލާފައި އޮއްވާ މޫދު ތެރެއިން ފެނިފައިވާ އިރު، އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައި ވަނީ އެކިފަހަރު މަތިން ދޯނީގެ ދެން ތިބި ހަތަރު މީހުންނާއެކު ޖިންސީ ގުޅުން ހިންގަން ލުތުފަރު މަސައްކަތް ކޮށްފައިވާ ކަމަށް ތަހުގީގަށް އެނގެން އެބަހުރި ކަމަށާއި ކުރިމަގު ބޯޓުގައި އެ ހާދިސާ ހިނގިރޭ 9:30 ހާއިރު، ބޯޓުގައި ހުރި އެކަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގަން ލުތުފަރު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

”މި މައްސަލައިގެ ތަހުޤީޤަށް ލިބުނު މައުލޫމާތު އެނގޭގޮތުގައި ލުތުފަތު ވަނީ އެތައް ފަހަރެއްގެ މަތިން އެ ބޯޓުގައި އެޅޭ މީހުންނާއި އެކު ގަދަކަމުން އެއްޖިންސުން ގުޅުން ހިންގަން އުޅެފަ. މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންވެސް ވަނީ ތަޙުޤީޤަށް މި ވާހަކަތައް ކިޔައިދީފަ. އެރަށުން މަޢުލޫމާތު ދިން ބައެއް މީހުންގެ ފަރާތުންވެސް އެކަން ވަނީ ޔަޤީން ކުރެވިފައި.” ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާރޓްމަންޓްގެ ހެޑް، ސްޕްރިންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާޢު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުން، ޝިފާޢު އިތުރަށް ވިދާޅުވީ، ލުތުފަރު މަރާލާފައިވަނީ ފައިސާ އާއި ގުޅުންހުރި މައްސަލަތަކަކާއި ގުޅިގެން ކަމަށްވެސް ބައެއް މީޑިޔާތަކުގައި ފެންނަން ހުރި ކަމަށާއި، ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ތަޙުޤީޤަށް ސާބިތު ވެފައިނުވާ ކަމަށެވެ.

ކުރިމަގު ބޯޓުގެ ކެޕްޓަން މީގެ ކުރިން "ވަގުތު" އަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ ލުތުފަރު މަރާލިކަމަށް ބެލެވެނީ ފައިސާ ތަކެއްގެ މައްސަލަތަކެއް ޖެހިގެން ކަމަށް ޤަބޫލުކުރެވޭ ކަމަށާއި، އެކަމުގެ އަޑުތަކެއް މީގެ ކުރިންވެސް އިވިފައިވާ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެކަން ދޮގު ކޮށްފައެވެ.

ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ވަޅުލާފައިވަނީ ށ.ޅައިމަގުގައެވެ. އަދި މިކަމާއި ގުޅިގެން ހޯދަންޖެހޭ ހޯދުންތައް އަދިވެސް ކުރިއަށްދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ގ

    އެކިފަހަރު އެކިލަވަ ކޮބައިތަ އޮރިޖިނަލް ވާޝަން

    61
    7
  2. ޤަބޫލެއް ނުކުރާނަން

    ލުތުފަރު އެވަނީ މަރާލާފަ އެވެ. ކޮންމެފަދަ އިލްޒާމެއް އޭނަގެ ބޮލުގަ އެޅުވިޔަސް، ދިފާޢުގައި އެކައްޗެކޭ ވެސް ނުބުނެވޭނެ އެވެ. އެކިފަހަރު މަތިން، އެއްޖިންސުން ގުޅުން ހިންގަން މަސައްކަތް ކުރިއިރު އެކަމުގެ ޝަކުވާ ތިމީހުން މީގެކުރިން އެއްވެސް މީހެއްގެ ގާތު ކޮށްފައިވޭ ހެއްޔެވެ؟ ބާކީތިބި ހަތަރު މީހުން ލުތިފަރާ ދެކޮޅު ކަމުން، ޔަޤީނުންވެސް ބަލިކަށިވާނީ ލުތުފަރުގެ ކޮޅެވެ.

    37
    1
  3. ޖުހާ

    އެއްމައްސަލައެއްގަ މެންދުރު އެހެންވާހަކައެއް. ހަވީރު އެހެންވާހަކައެއް. ރޭގަނޑު އެހެން ވާހަކައެއް.

    33
  4. ޝިއުނާ

    ގަބޫލެއް ނުކުރެވޭ.

    28
  5. ސަންއާ

    އަފުރާޝީމް މަރާލި ސަބަބުވެސް ތިޔާގޮތައް ނުބުނެވިގެން އުޅެނީ ކީއްވެތަ.

    24
  6. ދފދ

    މިހާރު ބޯޓް ކެޕްޓަންގެ މައްޗަށް އެހެން ކަމެއް ޝައްކުވޭ އެބަ. ޢަސްލު މައްސަލަޔާއި ދުރަށް ހަގީގަތް ގެންދިއުމަށް މީނާގެ ވާހަކަ އެބަ މަސައްކަތް ކުރޭ. ޢަނެއްކާ ކައްޕިވެސް މިއީ ލުތުފަރު ގްރޫޕް މީހެއްބާ ؟

  7. ޡ

    ގަވައިދާ ހިލާފަށް އުޅޭ، ކުތްކުރާ ބޭރުމީހުންތަށް ގައުމަށް ފޮނުވާލާ... ކިތަށް ބަންގާޅީން ދިވެހި އަންހެން ކުއްދިންނާ ބެހެނީ، އުންދަގޫ ކުރަނީ. އިމިގްރޭޝަން އަކަށް ދުވަހަކު ވެސް ގަވައިދާ ހިލާފަށް އުޅޭ ބޭރުމީހުން ޑީޕޯރޓެއް ނުކުރެވޭ. ވަރަށް ދެރަ ކަމެއް މީ.

    24
    2
  8. ސމީ

    ކޮބާ ހެއްކަކީ ތިކަމުގެ ، އެމީހުން ސަލާމަތް ވާން ކޮންމެ ވާަ އެއްވެސް ދައްކފާނެ ލުތުފަރު ވަނީ މަރުވެފައި އެމަރުޙޫމުގެ ދިފާއުގަ ވާހަކެއް ދައްކާނެ މީހަކު ނުހުންނާނެ ވީމާ ކޮންމެވެސް ސްޓޯރީއެއް ހެދިދާނެތާ . 4 މީހުން ނައް ވުރެ ލުތުފަތު ގަދައެއް ނުވާނެ ތިޔަބުނާ ކަމެއް ކުރަން އުޅުނު ނަމަ އެކން ހުއްޓުވޭނެ

    32
    1
  9. ޢާސީ

    ޓތީ ކޮންކަހަލަ ޕޮލިހުންނެއް ތިޔަގޮތައް ތަހުގީގު ކުރެވޭނެ ތުއްތު ކުއްޖަކައްވެސް ބުއްދީގެ ހަމަތަކުން ބަލާ ވިސްނާލަބަލަ މީހަކުމަރާފަ ދިފާއުގަ ދެންކޮންވާހަކައެއް ދައްކަން އޮންނާނީ..ކުޑަކުއްޖަކުވެސް ގަބޫލުނުކުރާނެ އަންހެނަކާވެސް ގަދަކަމުން ތިޔަބުނާކަހަލަ ކަމެއް ނުކުރެވޭނެ..މިދެން ކޮން ޕޮލިހެއް

  10. މުބީނު މާރނީ

    މިއީ ތޯ ދިވެހި ސިފައިންގެ ފެންވަރަކީ ؟ 12 އަހަރުގެ އަންހެން ކުދިން ކޮޅެއްގެ ވިސްނުމާ އަދުގެ ސިފައިންގެ ވިސްނުމާ އެއްވަރު. ޝޭމް އޮން ދަ ސިފައިން

  11. ޑރ. ރާމީ މ.ވައިނުޖެހޭގެއާގެ.

    ސާބިތު ނުވާ ހެކި ބަހެއްގެ ވާހަކަ ދިވެހި ސިފައިން ދައްކައިފި ނަމަ އެވާހަކަ ދެއްކި ސިފައިންގެ މީހާ ނުވަތަ މީހުން ކުށްވެރިވާން ޖެހޭނެ. ޖިންސީ ކަންކަން ސާބިތު ވާނީ 4 ހެކިންގެ 8 ލޮލަށް ފެނުނީމާ. މިފަދަ ތޯ ތޯ ވާހަކަ އާއްމުންގެ ތެރެއަށް އާއްމު ކުރީމާ ވެއްޓޭނީ އެހެން ސިފައިންގެމީހުންގެ ވެސް އަގު. ސިފައިންގެ މީހެއްގެ އަނގައިން ބޭރުވާ ކޮންމެ ބަހަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އަށާއި ދީނީ ހަމަ ތަކަށް ފެތިގެންދާ ބަހަކަށް ވާންޖެހޭނެ. މީގެ އިތުރުން އިންސާނީ ކަރާމާތަށް ވެސް ސިފައިން ހުރުމަތް ތެރިކޮށް އެބަޖެހޭ ހިތަން. ހާއްސަ ކޮށް މަރުގެންދަވާފައިވާ އިންސާނެއްގެ !

  12. ސޮޑާއާރިފު

    ޅައިމަގު ވިއްޔާ ތިމައުލޫއު ނައިހެއް ނުދާނެ.

  13. ބޯހަލާކު

    ބޮލުން ދަމަގަތީ.... ބަލަ ގަޓް ހުރިނަަަމަ ދިވެހިން މަރާމީހުން ތިހެން ވީޑިއޯކޮށްބަލަ..... ނުކެރޭނެ....ޔަގީން...... ދެން ބޮޑެތި ފިރިހެނުންތަކަކަށް އެއްޖިނސުން ގުޅުން ގަދަކަުން ތިޔަ ލުތުފީއަށް ކުރެވޭނެ ކަމެއްނޫންކަންކަން 6 އަަހަރުގެ ކުއްޖާއަށްވެސް އެގޭނެ.... ނިކަން ޕްރޮފެޝަނަލް ވެބަލަ....

  14. އަފީ

    ލުތުފަރު ވަނީ މަރަލާފައި! މިއަދު ލުތުފަރުގެ ހައްގުގައި ވަކާލާތުކުރާނެ ލުތުފަރެއް ދުނިޔޭ ނެތް! ދިވެހި ފުލުހުން މިއަދު ތިޔަ ދެއްކި ވާހަކައަކީ އަމާކީތީ ފަރަށްދާ އުސޫލުން ބޮލުން ކަނޑާލަން ދެއްކުނު ވާހަކައެއްކަން ބޮލުގެ ތެތްކަން ހުރި ކޮންމެ މީހަކަށްވެސް ސާބިތުވެ ޔަގީންވާ ކަމެއް! މިއަދު އެއްޖިންސުން ގުޅުން ހިންގަން އުޅެގެން މަރާލިކަމަށް ބުނީމަ އަންނަނީ ހިނި ... އަދި މިވާހަކަ ފުލުހުން ގަބޫލްކޮށް މައްސަލަ ނިންމަން ނުވަތަ ފައިލް ކުރަން އުޅުމަކީ ގަރުނުގެ އެންމެ ބޮޑު ޖޯކް! މިކަން ހިގިގޮތް ސާފް ނުވޭ! މިކަން ހިގި ގޮތް ފުލުހުން ބަލަން ޖެހޭ! ބޮލުން ކަނޑާނުލައްވާ!

  15. ސ.ޜ

    ހީއަކަށް ބަލާފަ ނުވާނެ ތިޔަފަދަ ނުބާވާހަކަތައް މީޑިޔާއަށް ހާމަކުރާކަށް. ދިފާއުގައި އެއްޗެއް ބުނެވޭނެ މީހަކު މިއަދަކުނެތް. ތިކަމުގެ ހަޤީޤަތް ދެނެވޮޑިގެންވާނީ ހެއްދެވިފަރާތް. މީހަކު ނުބާކަމެއް ކުރަން އުޅުމުން އެމީހެއްގެ ފުރާނަ ދުއްވާލަން ޖެހޭނެބާ؟

  16. ކަންކަށި

    ބަންގާލު ފިރިހެނުން ގެއްނަހެން އަންހެނުންވެސް މަސައްކަތަށް ގެނެވެން ޖެހޭ.ތިޔައީ ބަންގާލުން ވިސްނަންޖެހޭ ކަމެއް.ދޮޅުލައްކަ ފިރިހެނުން ފޮނުވާއިރު އެވެރިން ފިރިހެނަކު ވެސް ނުލިބުނީމަ ދެން ދިމާމިކުރަނީ ދިވެހި އަންހެނުންނާއި، ގިނަފަހަރު ދެބައި އުމުރުގެ އަންހެނުން. ސިޔާސީ ވެފައި އެހެންކަމަކާ އެބަ އުލެވޭތަ.

  17. ޙަސަނު

    މަށަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ލުތުފަރަކީ އެބޯޓުގައި އޭރު އުޅުނު އެންމެ ދުވަސްވީ ބިދޭސީ މީހާ. ޢެހެންވީމަ އޭނައަށް ގަދަކަމުން ޖިންސީ ގުޅުންހިންގޭނެ ކަމަށް ް ޤަބޫލު ނުކުރެވޭ. ތިވާނީ ހުރިހާ އެންމެން އެކައްޗެއް ކިޔާގެން އުޅެނީ ކަމަށް. ދެން ބަލަން ޖެހޭނެ އޭނަ ކުރިންއުޅުނު ތަންތަނުގަ އެކަހަލަ ކަންތައް ދިމާވިތޯވެސް. ފުލުހުންވެސް ހަނަ ބުނާހާ އެއްޗެއްޤަބޫލުކުރަންޖެހޭތަ؟