މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަޤާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެޑިއުކޭޝަންގެ ނައިބުގެ މަގާމަށް މ. ދިއްގަރު، ޕްރޭމްނަގަރު، މުހައްމަދު އިހުސާން ހަމަޖައްސާފައިވާ ކަމަށެވެ. އެ މަގާމަށް އައްޔަންކުރުމާ ހަމައަށް އޭނާ ހުންނެވީ މަޖީދިއްޔާ ސްކޫލުގެ ހިސާބު ޓީޗަރެއްގެ މަގާމުގައެވެ.

މުޙައްމަދު އިޙްސާނަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ޑިޕްލޮމާ އިން ޓީޗިންގ، މިޑްލް ސްކޫލް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އިހްސާނާއެކު އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު ތިއްބަވާނީ ޑެޕިއުޓީ ދެ މިނިސްޓަރުންނެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާނު

    މާތް ކަލާކޮ! މިހެރަ ބޮޑެތި މުސާރަތަކާއެ ތިޔަ މުސާރަތައް ތިޔަ ޙައްގުވަނީ މަތި ފަޑިތަކުގައި އަރާމު ގޮނޑިތަކުގައި ތިބޭ އަޗާ ތަޅާ މީހުންނަށެވެ. ތިޔައިން މީހަކަށް އެބަ ލިބޭ ސްކޫލްގެ އެއްމެ އައިދައިގެ 6 މަސައްކަތު މީހުންގެ މުސާރަ އެއްމެ މަހަކުން. ސްބުޙާނަﷲ މިއީވާ އިންސާފާއި ހަމަ ހަމަ ކަމެއް...

    17