ލ. ގަމުގައި އުމުރުން ދުވަސްވީ މީހަކު ރަހީނުކުރި މައްސަލައެއްގެ އިތުރުން މީގެ ކުރިން ކައްދޫއިން މާމެންދޫއަށް ދަތުރު ކުރަނިކޮށް އުމުރުން 19 އަހަރުގެ އާމިނަތު ޝިމާ ގެއްލުނު މައްސަލައިގައި ތުހުމަތު ކުރެވޭ ފަޒީލްގެ ބަންދުގެ މުއްދަތަށް އަނެއްކާވެސް 15 ދުވަސް ޖަހައިފިއެވެ.

ފަޒީލް އެންމެފަހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން ދުވަސްވީ މީހަކު ރަހީނުކުރި މައްސަލައެއްގައި ފިލައިގެން އުޅެނިކޮށް ހުޅުމާލެއިންނެވެ.

ޝިމާ ގެއްލުނު ފަހުން، މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި ފަޒީލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ، ގެއްލުނު ޝިމާގެ އުމުރުން 16 އަހަރުގެ އަންހެން ކޮއްކޮއެއް ރަހީނުކޮށްގެން އުޅޭކަމުގެ ޚަބަރު ފެތުރުމާއި ގުޅިގެންނެވެ. އެ ދުވަހު ފަޒީލް ހައްޔަރުކޮށްފައިވަނީ ޝިމާގެ ކޮއްކޮ ގޮވައިގެން އިތުރު ބަޔަކާއެކު ޑިންގީއެއްގައި ދަނިކޮށް ކަނޑުމަތިންނެވެ. އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ނަމަވެސް ގިނަ ދުވަހެއް ނުވެ ފަޒީލް ވަނީ ދޫކޮށްލާފައެވެ.

ފަޒީލަކީ ކުށުގެ ރެކޯޑު ކުރިންވެސް އޮތް މީހެކެވެ. ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީ ހިންގުން ފަދަ އެތައް މައްސަލައެއްގައި އޭނާ ކުރިންވެސް ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން ގިނަ މަސައްލަތަކުންވެސް އޭނާ ވަނީ ސަލާމަތްވެފައެވެ. އޭގެ ފަހުން ޝިމާގެ މައްސަލައިގައި ފަޒީލަށް ތުހުމަތުތަކެއް ކުރެވިފައި ވީނަމަވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަން

    މީ ރާއްޖޭގެ ކިޑްނޭޕް ދާ ދާ ތަ؟ ހަހަހަ.

    4
    1
  2. އޖޑ 19

    ފަޒީލަކީ މިސަރުކާރުން ބަލާ މީހެއް.. އޭނަޔަކާނުކުޅެވޭނެ

    • ޝިމާ

      އޖޑ އައް ބުނެލަން ސަރުކާރުން ހިމާޔައްދީފަ އޮތަކަސް ﷲ ސުބުހާނަހޫ ވަތަޢާލާގެ ބެލުމުގެ ދަޝައްދާންޖެހެ ދުވަހަކުން ކުރެވޭނެ ކަމެއްނީންނާނެ! އެދުވަހުން ޖެހޭނީ ހަމަ ސައިޒުގަ އޮންނަން