މިދިޔަ މަހުގެ 22 ވަނަ ދުވަހުގެރޭ ށ. ޅައިމަގު ކުރިމަގު ބޯޓުން ގެއްލުނު، ބަންގުލަދޭޝް މީހާ ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު، ކަނޑު އަޑިން އިއްޔެ ފެނިފައިވާ ކަމަށް، އެކި އެކި މީޑީޔާތަކުންނާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ރިޕޯޓު ކޮށްފައިވާއިރު، ގިނަ ބަޔަކު އުފައްދާ މުޙިއްމު ސުވާލުތަކެއް އެބަވެއެވެ. އެއީ ހަމަ ހަޤީޤަތުގައިވެސް ޅައިމަގުން ގެއްލުނުކަމަށްބުނާ ލުތުފަރުތޯ އާއި އެއީ ލުތުފަރުކަން އެނގެނީ ކޮންގޮތަކުން ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

15 ދުވަސް ފަހުން، ކަނޑުއަޑިން މީހަކު ނަގާއިރު އެއީ ކާކުކަން އެނގޭވަރަށް ހަށިގަނޑުގެ ބައިތައް ހުންނާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، މިއީ ހައްތަހާވެސް މި މައްސަލައާއި ގުޅިގެން އުފައްދާ ސުވާލުތަކެވެ. މި މައްސަލައާއި ގުޅިގެން ފުރަތަމަ ފަހަރަށް ފުލުހުން މިވަނީ މީޑިޔާ އާއި މަޢުލޫމާތު ޙިއްސާ ކޮށްފައެވެ.

ލުތުފަރު ގެއްލުނު ހާދިސާ އާއި ގުޅިގެން ބަލާ ހޯދަނިކޮށް ކަނޑުއަޑިން ފެނުނު އިންސާނެއްގެ ހަށިގަނޑުގެ ބައިތަކަކީ ލުތުފަރުގެ ހަށިގަނޑުގެ ބައިތައްކަން އެއްކޮށް ޔަޤީން ކުރެވިފައިވާ ނުވާ ކަމަށާއި، ނަމަވެސް ފެންނަން ހުރި ހެކިތަކަށްބަލާއިރު، އެއީ އޭނާގެ ހަށިގަނޑުގެ ބައިތައް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް، މި މައްސަލައާއި ގުޅިގެން މަޢުލޫމާތު ދެއްވި، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާރޓްމަންޓްގެ ހެޑް، ސްޕްރިންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާޢު ވިދާޅުވިއެވެ.

"އަޅުގަނޑު އެއްފަހަރުވެސް ނުދަންނަވަން އެމީހަކީ ލުތުފަރު އެކޭ. އަޅުގަނޑުމެން މިދަނީ އެއީ އޭނަ ކަން ޔަޤީން ކުރުމަށް އިތުރަށް މަސައްކަތް ކުރަމުން. ހަދަން ޖެހޭ ސައިންޓިފިކް ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރަމުން އަޅުގަނޑުމެން މި ދަނީ. ނަމަވެސް އަޅުގަނޑުމެންނަށް ލިބިފަ ހުރި މަޢުލޫމާތު ތަކަށް ބަލާއިރު އެއީ ލުތުފަރުގެ ހަށިގަނޑު ކަމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ. އަޅުގަނޑުމެން ވަރަށް ގިނަ ހޯދުންތަކެއް ހޯދިން މި މައްސަލައާއި ގުޅިގެން. އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ މަޢުލޫމާތާއި، އެރަށުން އަޅުގަނޑުމެންނާއި ވާހަކަ ދެއްކި މީހުންގެ މަޢުލޫމާތު ތަކަށް ބަލާއިރު އެއީ ލުތުފަރުކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބެލެވޭ." ޝިފާޢު ވިދާޅުވިއެވެ.

އިތުރަށް ޝިފާޢު ވިދާޅުވީ، ލުތުފަރާއި ބެހޭ އެއްވެސް މަޢުލޫމާތެއް ރަސްމީ އެއްވެސް ފަރާތަކުން އަދި ލިބިފައިވާ ނުވާ ކަމަށާއި، އެނާ އާއި ގުޅޭ އެއްވެސް ލިޔުމެއްވެސް މިހާތަނަށް އައިއިރު އަދި ލިބިފައިނުވާ ކަމަށެވެ. ހަމަ އެހެންމެ އޭނާގެ މައިންބަފައިންނާއި ވާހަކަ ދެއްކިފައިވަނީ ވަރަށް ފަހުން ކަމަށާއި، އެމީހުންނާއި ގުޅިގެން އޭނާ އާއި ބެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ޝިފާޢު ވިދާޅުވިއެވެ.

"އޭނާ އާއި ގުޅޭ އެއްވެސް ލިޔުމެއް މިހާތަނަށް ލިބިފައެއް ނުވޭ. އޭނާގެ މައިންބަފައިނާއިވެސް ވަރަށް ފަހުން ގުޅޭގޮތް ވީ. އެމީހުންނާއި ގުޅިގެން އޭނާގެ ފުރިހަމަ މަޢުލޫމާތު ލިބޭތީ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން." ޝިފާޢު ވިދާޅުވިއެވެ.

ކަނޑުއަޑިން ފެނުނު ކަމަށް ބެލެވޭ މީހާގެ ހަށިގަނޑުގެ ބައިތައް ނަގުމަށްފަހު، ވަޅުލާފައިވަނީ ޅައިމަގުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދެރަކަމެއް

  15 ދުވަހުން އަދި އެހާވަރަށް ހަލާކެއް ނުވާނެ.

  15
  2
  • އިންމަބެ

   ކަނޑުގައި ހަށިގަނޑެއް ކަށިކޮޅަށް ވާން ނަގާނީ 4 ދުވަސް - ކެނޭޑިއަން ސައިންސް ސެންޓަރގެ ރީސާޗުން ވަނީ ސާބިތުކޮށްދީފަ،

   2
   1
 2. ސަމާ

  މަސްތައް ކޮށާލާފަ އޮތީ ކަންނޭގެ އެއްނު ކަމުގަ ބައިވެރިވި މީހުން އަދިވެސް ދޮގު ހަދަނީ ކަންނޭގެ

 3. ފަޒީލް

  ށިމާ އަށް ނުވާނެބާ

  4
  1