އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅޭގޮތުން ޝަރީފް އާއި ހަވާލާދީ ޕީއެސްއެމް ނިއުސްގައި ބުނެފައިވަނީ، އެ ނޫހުގެ "އެކްސްކްލޫސިވް" އަށް އޭނާ ދެއްވި އިންޓަވިއު އެއްގައި، އީސީ މެމްބަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާކަން ހާމަކުރެއްވި ކަމަށެވެ. އެގޮތުން އީސީގެ މެމްބަރު ކަމުން ޝަރީފް އިސްތިއުފާ ދެއްވާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.
ޝަރީފް އާއި ހަވާލާދީ ޕީއެސްއެމް ނިއުސްގައި ބުނެފައިވަނީ، އީސީގެ މެމްބަރުކަމުގައި ހޭދަ ކުރި ދުވަސްތަކުގައި އޭނާއަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެވަޑައިގަތް ކަމަށެވެ. އަދި މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވާފައި ވަނީ މިނިވަން މުވައްސަސާއެއްގެ މެމްބަރު ކަމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގަނެވޭތީ ކަމަށް ވެސް އެނޫހުގައި ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވިގޮތުގައި އަންނަ އަހަރުގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް މިހާރު އިލެކްޝަންސް ކޮމިޝަން ތައްޔާރުވަމުންދާއިރު، އެ އިންތިޚާބަށް މަޤާމު ހުސްކުރުމުގެ ބަދަލުގައި، އޭނާ އިސްތިއުފާ ދެއްވާނީ އެ އިންތިޚާބު ފުރިހަމަ ކޮށްފައި ކަމަށެވެ.
"މިހާރު ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުން މިއަންނަނީ. އިންތިޚާބަށް ތައްޔާރުވާއިރު މަޤާމު ހުސްކުރުމުގެ ބަދަލުގައި އިންތިޚާބު ފުރިހަމަކޮށްފައި ދިއުމުގެ ވިސްނުން ގެންގުޅެނީ." ޝަރީފް އާއި ހަވާލާދީ ޕީއެސްއެމް ނިއުސްގައި ބުނެފައި ވެއެވެ.
ޝަރީފްސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރު އޭނާއަކީ ޔާމީން އާއި ވަރަށް އަރިސް ބޭފުޅެއް ނަމަވެސް، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށްފަހު ދެބޭފުޅުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ.
ޝަރީފް ވަނީ އީސީގެ ރައީސް ކަމުގެ އިތުރުން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަމާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުވެސް އަދާކުރައްވާފައެވެ.
ޝަރީފްގެ އެއްވެސް އިހްލާސްތެރިކަމެއް ހުރިނަމަ ވަގުތުން އިސްތިއުފާ ދިނީސް ސަބަބަކީ މިހާރުވެސް ވިސްނުމުގައި ހުރީ ސިޔާސީދާއިރާއިން ޕާޓީ އަކާ ގުޅުން ވީމާ ލޯކަލް ކައުންސިލް އިންތިހާބު މީނާހުރެގެން މިނިވަން ނުވާނެތީ......
ވިލުފުށީ ގެދޮރުބެހި އިރު އޮޅުވާލި އަތޮޅުވެރިޔާ ޝަރީފް...
އަޅުގަނޑު ހެކިވަން ވިލުފުށީ ގެދޮރު ބެހިއިރު ހަބީބުއާ ގުޅިގެން އޮޅުވާލިކަން މަށަށްވެސް 3 ގެ ދިން
އަނެއްހެން މިހާރު އިސްތިޢުފާ ދިނުމަކުން މައްސަލައެއްނެތްތާ.. ވާވަރަށް ބަނޑު އަޅާލެވިއްޖެނު ދޯ..؟؟
ޝަރީފްގެ އިހްލާސްތެރިކަމެއް ހުރިނަމަ ވަގުތުން އިސްތިއުފާ ދޭންވީ...ސަބަބަކީ ޝަރީފް ނިންމައިގެން ތިހުރީ ޕާޓީ އަކާ ގުޅި ސިޔާސީ ގޮތުން ހަރަކާތް ތެރިވާން ވީމާ ކިހިނެއްތޯ ލޯކަލްކައުންސިލް އިންތިހާބް މިނިވަންވާނީ...
ވިލުފުށީ ގެތަށް ނާއިންސާފުން ބެހި އަތޮޅުވެރިޔާ ޝަރީފް.....
ތަލައަކަސް ހަޤީޤަތުގައި ވަރަށް ބޯ ރަގަޅު! ތިމާގެ މައްޗަށް ހުރިހައި ދިމާލަކުން އަމާންވީމާ ލިބިފައިހުރި ޑޮލަރުތަކާއެކު ހަމަޖެހިލައިގެން ދިމާކަށް ދެވޭނީ ތިހެން ހެދީމާ! އަދި އިތުރު 5 އަހަރު ހުންނަން ދިމާކުރިއްޔާ ފަހަރުގައި ދެން އަންނަ ބަޔަކު ކަލޭގެ ހަވަރަށްދޭންވެސް އުޅެފާނެ!
ދުނިޔޭގައި އުމުރުން ބާކީއޮތްބައިގައި އުޅެވޭނެހާ ފައިސާ ހުންނާނީ ޖަމާވެފަ. އިސްތިއުފާދޭނީ ހުރިހާ އިންތިހާބަކުންވެސް ލިބެން އޮތް އެއްޗެއް އަތުލާފަ.
ލޯކަލް ކައުންސިލް އިންތިހާބު ނިންމާދިނީމާ ދެން ދުވަހަކުވެސް ދުނިޔޭއުޅެން މަސައްކަތެއް ކުރާކައްނުޖެހޭނެ ދޯ؟؟
އެދުވަހާ ޖެހެންދެން ކަލޭ ތިތާގަ ބަހަށްޓައިގެންނު އިސްތިއުފާން ދޭން ކަލެއަށް ހުރެވޭނި! އޭގެ އާ މަޖިލިސް ހުވާކުރުމާއެކު އޭގެ ކުރިން ކަލޭ ލުހެލާ އެއްލާލާނެ ތިތަނުން. ދެންޖެހޭނި ކުކުޅު ފޫކޮޅަށް ތިމަރައަޅަން އުޅެން.
މީތަމްސީލެއް ކުޅޭ ފަހަތުގަ އޮންނާނެ ކޮންމެވެސް ވައްކަމެއް މުޅިންމަކަރާ ހީލަތުން ހުރިހާކަމެއް ކުރަނީ އެނޫން އެއްކަމެއްވެސް ނުކުރާނެ ތީ އީސީޝަރީފެއްނު ވޯޓުން ބޮޑުވައްކަން ކޮށްގެން އެކައުންޓު ފުރާ ލަންކާގައި ފޮރުވި ބޮޑުވަގު ލަދެއް ހަޔާތެއް ނެތް ނުބައި ނުލަފާ މީހެއް ސަހަލުގޮތަކަން ނުދާނެ މީނަގެ ތަމްސީލުތަކެއް ހެހެހޭ
އާ ކޮންޓްރެކްޓް ހަދާފައޮތީ ތިން އިންތިހާބައް ވިއްޔަ ދެން އިތުރައް ހުރުމުގެ ފުރުސަތެއް ނޯންނާނެ ވިއްޔަ ހުންނަން ބޭނުންވިޔަސް ބޭރުކުރާނެކަން އެގޭވިއްޔަ އެވެރިންނަށް އެގޭވިއްޔަ މަމެންގެ ގޮތް
ޝަރީފް އަދިވެސް ކަލޭ އޮޅުވާލި އޮޅުވާލުމުގެ މަތިން ހަނދާން ނުނެތޭ. ރިޔަާސީ އިންތިޚާބް އެއްކޮށް ބަޔަކަށް ހިބަކޮށް ދީފަ. އެތައް މިލިއަން ޑޮލަރެއް ލިބުނީމާ މުއްސަނދި ވީނުން. ކަލޭ ދޫކުރާ ގޮތަކަށްނޫން އަހަރެމެންގެ ވިސްނުން ހުރީ. ކަލޭ އިސްތިއުފާ ދޭނެކަން މާކުރިންވެސް އެނގިފައޮތީ.
އީސީ ސަރީފޫ.........
މީނާ ޖަރީމާ ނުހިންގަނީ ކޮންތާކު މަޖީދިއްޔާ ސްކޫލްގައި ހުރި އިރުވެސް އެހާކޮރަޕްޓް އަދި ވެސް މިހެން ކިތަންމެ ކަމެއް.
ޥާވަރު ވީބާ
ކުރިޔަށް 60 އަހަރު ދިރިހުއްޓަސް އަތުންފައިން މަސައްކަތެްނުކުރިޔަސް ދުނިޔޭގައި އުފަލުގައި އުޅެވޭހާ ފައިސާ ހުންނާނީ ލިބިފަ! ދެން ކޮންކަމަކާ ހަސްވަންވީ؟
...ކޮއްޅަށްހުންނަންޖެހޭދުވަހުބިރުގަންނާނެ
ތުރުތުރުއަޅާނެއެކަމަކުވެސްޖަވާބުދޭނެ ފަހަ
ތައްއެއްމެފިޔަވަޅެއްވެސްނޭޅޭނެ
....ކޮއްޅަށްހުންނަންޖެހޭދުވަހުޖަވާބުދާރީވާން
އެއްމެފިޔަވަޅެއްވެސްނޭޅޭނެކަންހަނދާންކުރާތި