މަސްތުވާ ތަކެއްޗާއެކު ށ. ފޭދޫ ކައުންސިލް ރައީސް މުހައްމަދު މުސްތަފާ އިސްމާއިލް ހައްޔަރު ކޮށްފިއެވެ.

މިއަދު މެންދުރު ފުލުހުން އޭނާ ހައްޔަރު ކޮށްފައި ވަނީ ކުޅުދުއްފުށީ ބަނދަރު ސަރަހައްދުންނެވެ.

މަންޒަރުދުއް މީހަކު ބުނެފައި ވަނީ ކައުންސިލްގެ ރައީސް ބަނދަރުގައި ހުއްޓާ އާދައިގެ ހެދުމުގައި ދިޔަ ފުލުހުންގެ ބަޔަކު އޭނާ ވަށާލި ކަމަށެވެ. ފުލުހުން އެނާ ވަށާލުމާއެކު ޖީބުގައި އޮތް ޕެކެޓެއް ނަގާ އެއްލާލި ކަމަށްވެސް މަންޒަރުދުއް މީހާ ކިޔައިދީފައިވެއެވެ.

"އެ ޕެކްޓް އެއްލާލުމުން ފުލުހުން ވަނީ އެޕެކެޓް ނަގައިގެން އޭނާ އާއި އެކު ޕެކެޓް ވެސް ގެންގޮސްފައި." މަންޒަރުދުއް މީހަކު ބުންޏެވެ.

މުހައްމަދު މުސްތަފާ ފޭދުއަށް ފުރަން އޮތް ލޯންޗަށް ފަހުން ފުލުހުން އެއްޗެއް ހަވާލުކުރަން ދިޔުމަށްފަހު، އޭނާ ހައްޔަރު ކޮށްފައިވާކަން ލޯންޗުގައި ތިބި މީހުންނަށް އެންގި ކަމަށްވެސް މަންޒަރުދުއް ފަރާތުން ބުނެފައިވެއެވެ.

މުހައްމަދު މުސްތަފާ އަކީ ފުރަތަމަ ރައީސް ނަޝީދުގެ ވެރިކަމުގައި އެރަށު ކައުންސިލް ކަމަށް އައްޔަން ކުރެވުނު ބޭފުޅެކެވެ. ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ކައުންސިލް އިންތިހާބުގައި ވާދަކޮށް އޭނާ ވަނީ ކައިންސިލް ގޮނޑިވެސް ކާމިޔާބު ކޮށްފައެވެ. ކައުންސިލް އިންތިހާބު ޕީޕީއެމް ޓިކެޓްގައި ކާމިޔާބުކުރި ނަމަވެސް ފަހުން އޭނާ މަސައްކަތް ކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކާއެކުގައެވެ. އަދި ނިމިދިޔަ މަޖިލިސް އިންތިހާބުގައިވެސް އެމްޑީޕީގެ ކެނޑިޑޭޓަށް ކެމްޕޭނު ކޮށްދިނުމުގައިވެސް އޭނާ ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ.

މީގެ ކުރިންވެސް އެކިފަހަރު މަތިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ފޭދޫ ކައުންސިލްގެ ރައީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފޭދޫ ކައުންސިލް ރައީސް މިއަދު ހައްޔަރު ކޮށްފައިވާ އިރު، ދާދިފަހުން ފޭދޫގެ ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ހޮޅިދަނޑިއެއްގައި ބަނދެފައި އަނިޔާކުރި މައްސަލައިގައިވެސް ފޭދޫ ކައުންސިލަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢަހުމަދު

    ރާކަނި މަސް ހުންނާނީ ކެވިފަ މިހާރު

    43
    3
  2. ފުލުހުން

    ދެން ވީ ފުލުހުން ރަށުން ބާލަން.

    36
    5
  3. ހުސޭނުބޭ

    އެތަކެތިން ރޯދަވީއްލުމެއް ބާއްވަން އުޅެނީތަ؟ ވަރަށް ގައްޑާ! ބޯންވާނެ! ބޮވެން ޖެހޭނެ!

    43
    4
  4. ބެއްޔާ

    އެޖެންޑާ 19 ގެ ދަށުން އޭނާ ވަގުތުން ދޫކުރަންޖެހޭ. ބޯންޖެހޭނެ ބޮވެންޖެހޭނޭ އެންމެ ފައިދާހުރި ވިޔަފާރިއޭ ރައީސަކު އަޑުނަގާ ބުނެފައިވޭ.

    53
    5
  5. މުހައްމަދު

    ހެހޭ މިކަހަލަ ހުސްވަގުން މިއަދު މިތިބީ ރުހިގެން ގަދަކަމުންހޮވާފަ ވީމާ ތިކަހަލަ ވައްކަން އަބަދުވެސްކުރާނީ ނަންވާނީ ކުރީގެސަރުކާރު ސަބަހޭ މިމީހުން ހޮވަން ރުހުމާ ވޯޓުތައް ވިއްކިމީހުނަށް މިފެންނަނީ ވަގުން މިކަހަލަ އެތަށް ވަގުންނެއް އެތިބީ ކަންކަމުގެ ވެރިންނަށް ހެހެހޭ މިއޮތީވާ ސަރުކާރެއް އަހަރު ހުސްވާއިރު އަދި ރަގަޅުއެއްކަމެއް ނެތް ކޮށްފަކާ ރައްޔިތުން މިތިބީ ކުޑަކޫޖަހައިގެން ފަހަތަށްޖެހިފަ އަރާނެކުރިޔެއް ލިބޭނެ ތަހުޒީބެއްނެތް

    49
    4
  6. އިބުރާހިމް

    ތީ ރައްޔިތުންނަށް ހިދުމަތް ކުރަންތިބޭ މިހުންތަ؟ބޭރުކުރަންވީ ތިކަހަލަ މީހުން ފޭދޫމީހުން ގަމާރީ ހަމަ

    14
    1
  7. ސަންމި

    އެކަކީ މަސްތުވާ ކައުންސިލަރެއް އަނެއްމީހަކީ އަނބިންކައިރިއަށްވަންނަ ކައުސިލަރެއް، އެކަލަ މީހުންހޮވާފަތިބީ ފޭދޫ ރައްޔިތުން ހެއެއްނެތް

    15
    1
  8. ހުސޭނު

    ތިއީ އާކަމެއްނޫން އެކަމަކު ނޫހުގަ ޖެހީމަ ކަޑަ
    ކައުންސިލުންނަކީ އިއްޒަތްތެރިން ބޮއެގެން ތިއްބަސް އެއީ އިއްޒަތްތެރިން ، އެކަމަކު ނޫހުގަޖެހީމަ އެމަނިކުފާނުގެ އަބުރު ގެއްލުނީނު ؟ ކޮބާތަ މިކަލޭގެ ހޮވިމީހުން ؟

    12
    2
  9. ީިިއެޖެންޑާ 19

    ޢެޖެންޑާ 19 ތަފާތު ވާނެ....😂

    15
    1
  10. އަނަމް

    ޖަޒީރާ ރާއްޖޭގަ ދެން މިކަހަލަ ކަން ކަމަކީ މާބޮޑު ކަމެއް ނޫނޭ. އެޖެންޑާ 19 ތަފާތު ވާނެޔޭ! ޕަކާސް!!!!!!

    13
    2
  11. ޥާނުވާ

    މިފެނިގެންދަނީ މިކަން ހުއްޓުވަން މިއަދު މިރަށްރަށުގަ ތިބިވެރިންގެ ފެންވަރަކީ އެޖެންޑާ 19 ކީއްކުރާނީ މާދަމާ ދޫކޮށްލާނެ ވިއްޔާ!

    11
  12. މަރިޔަމް ނަޝްފާ

    ތަރައްގީ ވެފައިވާ ގައުމު ތަކުގައި ޑިސްޕެންސަރީ ތަކުންނާއި ފާރމަސީ ތަކުން ގަންނަން ލިބޭ އެއްޗެއް ތިޔައީ.

    6
    1
  13. ހާރިޘް

    ތިޔަގޮލައި ދޫކޮށްލާނެކަމަކީ އެއްވެސް ޝައްކެއް ހުރިކަމެއްނޫން އޭނާއަކީ އެޖެންޑާ19ޢަށް ފުރިހަމައަށް ތާއިދުކުރާމީހެއް