ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ ކާރަށް މިއަދު އިރުއޮއްސުނު ވަގުތު ގެއްލުން ދީފިއެވެ.

ފަނޑިޔާރު ހަސަން އަލީގެ ކާރަށް ގެއްލުން ދީފައި ވަނީ ހުޅުމާލެ އިންނެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭގެ ފްލެޓެއްގެ ފުރަގަހުގައި ޕާކް ކޮށްފައި އޮތް ކާރަކަށް ގެއްލުން ދިން މައްސަލައެއް މިއަދު 18:15 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށް ފުލުހުން ވިދާޅެއް ނުވެއެވެ.

ހަސަން އަލީގެ ކާރުގެ ވިންޑް ސްކްރީނާއި ފަހަތުގެ ބިއްލޫރިގަނޑު ވެސް ވަނީ ތަޅާލާފައެވެ.

ގެއްލުން ދިން ކާރު

ހަސަން އަލީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާޗް މަސް ތެރޭގައެވެ.

ހަސަން އަލީ އަކީ ކުރިން ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ޔާމީންގެ ސަރުކާރުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަދި ފަހުން އޭނާ ވަނީ އާސަންދައިގެ މެނެޖިން ޑިރެކްޓަރުގެ މަގާމާއި ހައުސިން މިނިސްޓްރީގެ ނައިބު ކަން ވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިންސާފު

    ދެން ތިހެން ވީމައޭ ޕާރޓެއިން ސެކުއިރިޓީންގެ ގޮތުގައި ބާތިއްބަން ޖެހެނީ . ދައުލަތުން ތިކަމުގެ ޒިންމާ ނަގަން ޖެހޭނެ..

  2. ގަނބޭލަތީފު

    ތީ ކެނަރީގޭ ގަނޖާ ކުމާރާއި އެމްޑީޕީގެ މުށުތެރެއަށް ހައިކޯޓް ނުލެވިގެން އޭނަ އަޑީގަ ހުރެގެން ސީދާ ހަމަ އަދުލު އިންސާފުގެ ނިޒާމު ބަލިކަށިކޮށްލަން ދޭހަމަލާތަށް. މިގައުމަށް ޖެހިފަހުރި ބޮޑުމުސީބާތަކަށް ވެއްޖެމިހާރު މިކަންތައް.

    9
    1
  3. ޖައިހަމް

    ތިކަންވާނިތީ އެމްޑީޕީ އާއި ގަންޖާބޯގެ އޯޑަރަށް ކުރިކަމަކަށްކަން ޔަގީން. ހައިކޯޓް އަތުއަޅުވާނުލެވިގެން ތެޅިފޮޅެނިހަމަ!

    9
    1