ފަލަސްތީނުގެ ޣައްޒާގައި "ވަގުތު" ގެ ނޫސްވެރިޔަކު މަސައްކަތް ކުރަން ފަށައިފިއެވެ.

ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ވަފާ އަލީ އަބްދުރައްބު އަލްދަނީ އަށް "ވަގުތު" ވަޒީފާ ހަމަޖައްސާ، ޣައްޒާގެ ޚަބަރުތައް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް މިރޭ ވަނީ ހަމަޖައްސާފައެވެ. ކުރިއަށް އޮތްތަނުގައި ޣައްޒާ އާއި ފަލަސްތީނުގެ ހާލަތު ވަފާ "ވަގުތު" ގެ ކިޔުންތެރިންނަށް ގެނެސްދޭނެއެވެ.

ޣައްޒާގައި ކުރިއަށްދާ މުޒާހަރާތައް މިހާރަށް ވުރެ ވެސް ފުރިހަމަ އަށް ގެނެސްދިނުމުގެ އިންތިޒާމްތައް ވަފާ އާއި "ވަގުތު" ގުޅިގެން މިހާރު ގެންދަނީ ހަމަޖައްސަމުންނެވެ.

"ޣައްޒާގައި "ވަގުތު" ގެ ނޫސްވެރިޔަކު ހުރެ ޚަބަރުތައް މިހާރަށް ވުރެ ވެސް އަވަހަށް ގެނެސްދިނުން އެއީ ވަރަށް ގިނަ ބަޔަކު އެދެމުން ދިޔަ އެދުމެއް. މާތްﷲ އިރާދަކުރެއްވީތީ މިރޭ އެކަން ފުރިހަމަ ވެގެން މިދިޔައީ." "ވަގުތު" ގެ އޮފިޝަލަކު ވިދާޅުވިއެވެ.

ވަފާ ވަނީ އިނގިރޭސި ބަހުންނާއި ލީޑާޝިޕްގެ ދާއިރާ އިން ބެޗްލާސް ޑިގްރާ ހާސިލްކޮށްފައެވެ.

ވަފާ ގެންދަނީ 2013 ވަނަ އަހަރުން ފެށިގެން ޣައްޒާގެ ހާލަތު ބައިނަލްއަޤުވާމީ އެކީ މީޑިއާތަކަށް ފޯރުކޮށްދެމުންނެވެ. އޭނާ މީގެ ކުރިން ވަނީ އިނގިރޭސިވިލާތުގެ ރޭޑިއޯ އަކަށާއި ދެކުނު އެފްރިކާގެ މީޑިއާތަކަށް ޣައްޒާގެ ޚަބަރުތައް ފޮނުވައި ދީފައެވެ.

"ވަގުތު" އޮފިޝަލަކު ވިދާޅުވީ ޣައްޒާގައި "ވަގުތު" ގެ ނޫސްވެރިޔަކު ބަހައްޓަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ޣައްޒާގެ ހާލަތު އޮތްގޮތުން ޣައްޒާގެ ހުރިހާ ޚަބަރެއް ދުނިޔޭގެ އެހެން ބައެއް މީޑިއާތަކުން ނުގެނެސްދޭތީ އާއި ޣައްޒާގެ ޚަބަރުތައް ޣައްޒާ އިން ލިބޭ ނަމަ ކިޔުންތެރިންނަށް އަވަހަށް މައުލޫމާތު ފޯރުކޮށްދެވޭނެތީ ކަމަށެވެ.

"ވަގުތު" އުފެދުނު ފަހުން ފަލަސްތީނާއި ޣައްޒާގެ ޚަބަރުތައް އެންމެ ތާޒާކަމާއި އެކު ގެނެސްދެމުން އަންނަ ރާއްޖޭގެ އޮންލައިން ނޫހަކީ "ވަގުތު" އެވެ.

2014 ވަނަ އަހަރު އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގެ ޚަބަރުތައް ގެނެސްދިނުމަށްޓަކައި "ވަގުތު" އިން ވަނީ މެދުނުކެނޑި 51 ދުވަސް ވަންދެން ލައިވް ބްލޮގެއް ގެނެސްދީފައެވެ. އެއީ ރާއްޖޭގެ ތާރީޚްގައި ވެސް މިހާތަނަށް އޮންލައިން ނޫހަކުން ގެނެސްދިން އެންމެ ދިގު ލައިވް ބްލޮގެވެ.

2014 ވަނަ އަހަރު އިސްރާއީލުން ޣައްޒާ އަށް ހަމަލާ ދިން ދުވަސް ވަރު ވެސް ޣައްޒާ އިން "ވަގުތު" އަށް މައުލޫމާތު ފޯރުކޮށްދޭނެ ނޫސްވެރިޔަކު ހަމަޖެއްސިއެވެ. ނަމަވެސް "ވަގުތު" ގެ ވަޒީފާ ހަމަޖެއްސި ދުވަހު އިސްރާއީލުން ދިން ހަމަލާއެއްގައި އޭނާ ޝަހީދުވިއެވެ.

މިހާރު ވެސް ދުނިޔޭގެ ނަން މަޝްހޫރު މީޑިއާތަކަށް ވުރެ ވެސް އަވަހަށް "ވަގުތު" އިން ޣައްޒާގެ ޚަބަރުތައް ގެނެސްދެމުން ގެންދެއެވެ.

ދާދި ފަހުން "ވަގުތު" ގެ ނޫސްވެރިން ވަނީ އަވައްޓެރި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ވެސް އެގައުމަށް ޒިޔާރަތްކޮށް ކިޔުންތެރިންނަށް ތަފާތު މައުލޫމާތުތަކެއް ގެނެސްދީފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ކާފިއު ހިންގާ އަދި އިތުރު ހަމަލާއެއްގެ ނުރައްކާ ވެސް އޮއްވާ "ވަގުތު" ނޫސްވެރިން ލަންކާގައި ކުރި މަސައްކަތައް ގިނަ ކިޔުންތެރިން ވަނީ ތައުރީފް ކޮށްފައެވެ.

ރާއްޖެ އާއި ދުނިޔޭގައި ހިނގާ ކަންކަމުގެ ޚަބަރުތައް އެންމެ އަވަހަށް ގެނެސްދިނުމުގައި "ވަގުތު" އިން ވަނީ ކިޔުންތެރިން އިތުބާރު ހޯދާފައެވެ.

"ވަގުތު" އަކީ މިހާރު އެންމެ ގިނަ ދިވެހިން ވަންނަ އެއް އޮންލައިން ނޫހެވެ. "ވަގުތު" އަށް ދުވާލަކު އެވްރެޖްކޮށް ދޮޅު ލައްކަ އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ތުނިޔަ

    މަރުޙަބާ ވަގުތު ޓީމް! އަބަދުވެސް ވަގުތު ނޫހުން ޣާޒާގެ ޚަބަރުތަށް ގެނެސް ދެއްވުމަށް ވަރަށް އިސްކަންދެއްވާކަން ފާހަގަކޮށް ށުކުރުވެރިވަން! ވަފާގެ ފޮޓޯއެއް ބަލާލާހިތްވޭ!

    115
    5
  2. ޙަމެ

    ޙަބޭސް ވަގުތު.ހުވަ މިބުނީ

    92
    2
  3. ޢަފީފް

    ވަފާ ގެ ފޮޓޯއެއް ޖަހާލިނަމަ

    71
    4
  4. ހުސޭނުބޭ

    ސަޅި! ވަރަށް ސަޅިކަމެއް!

    78
    2
  5. މާމިގިލީ މީހާ

    ވަގުތަކީ ރާއްޖޭގައި ހިންގާ އޮންލައިން ނޫސްތަކުގެ ތެރެއިން އެންމެ ކަޑަ، 5 ކުޅަދު ވެސް ހަމަނުވާ ނޫހެއް.

    39
    175
    • އިސްމާއީލް

      ކައެއަށް ހަޖަމެއްނުވި ދޯ

      113
      16
    • Anonymous

      ކުޅަނދު ބަހަން ހަވާލުވެފަ ތިބި ބަޔަކަށް އެނގޭނީ ކުޅަނދު ލިބޭވަރެއް. އަހަރެމެންގެ ހެޔޮދުޢާވަނީ ވަގުތު ޓީމަށް. މިނޫހުގެ އަދުއްވުންގެ ރޭވުންތަކުން މިނޫސް ސަލާމަތް ކުރައްވާނދޭވެ. އާމީން.

      52
      3
      • މަންޖެ 17 މެއި 2010

        ސާބަސް

    • ޒަބާދުކުޑޭ

      މޮޔަމީހާއަށް ހީވާނީ އެހެންމީހުންނަކީ މޮޔައިންނޭ. ހަމައެހެން މާމިގިލީމީހާ ކަޑަވީމާ އޭނާ ހީކުރާނީ އެހެން މީހުންވެސް ކަޑަވާނޭ.

    • ކުޅަނދުބެ

      ވަގުތު ކަޑަވެގެން ކުޅަނދު ހަމަނުވެގެން ކަލޭމެން އުޅެނީ.އެކަމު ވަގުތު ނޫހުގެ ހަބަރުތައް ނުކިޔައެއް ނުވެ.އަސްލު ވާގޮތަކީ ހަޖަމު ނުވަނީ ތަމެން ހާއްސަކޮށް ކޮމިޝަން ސަރުކާރު ކުދިންނށް

  6. ޖުމަން

    އެންމެ ތާޒާ ހަބަރު ގެނެސްދޭ ވަގުތު ނޫހަށް ސާބަސް

    94
    12
  7. ޙަސަން އަޙުމަދު

    ވަރަށް އުފާވޭ. ވަގުތު ނޫހުން ކުރައްވާ މަަސައްކަތް ފެނިފައި. ޝުކުރިއްޔާ!

    87
    6
  8. ކައްޑެވި

    ދެރައީ ވަފާ އިސްކޮޅުން ކުޑަވެފާ ޅަގޮތެއް ހުންނާތީއެވެ އެކަމަކު ހީވަނީ ހަބަރުތައް ފުރިހަމަވާނެހެން

    44
    3
  9. ކިޔުންތެރިއެއް

    ދުނިޔޭގެ ނޫސްތަކަށްވުރެ އަވަހަށޭ.. ނެކްޓް ޖޯކް ޕްލީޒް

    16
    56
    • Anonymous

      ކަޕިލްޝޯ ބަލާބަލަ، ލައްކަ ޖޯކް އަޑުއަހާލަން ލިބޭނެ. ވަގުތު ނޫސްހާ ފުރިހަމައަށް މުސްލިމުންގެ ހާލަތު ގެނެސްދޭ އޮންލައިން ނޫހެއް ނިކަން ދައްކަބަލަ.

      30
      2
  10. ޑީ

    ސާބަހޭ ޓީމް "ވަގުތަށް"

    52
    5
  11. ބުރޯ

    ވަރަށް ބޭނުންތެރި ކަމެއް

    51
    3
  12. މީ

    އަލްހަމްދު ލިﷲ

    42
    3
  13. ޖިންނި

    ރާއްްްޖޭގަ މިހާރު ނިކުންނަ ނޫހެއް އެ ހަމަ ފައްކާ ޔަހޫދީ ނޫހެއް

    29
    5
    • Anonymous

      ހަމަތެދެއް. ދެން ބުނެވިދާނެ ސަރުކާރުގެ ފަޔަރ ފައިޓަރއޭވެސް. ސަބްހެޑިން ރިޕޯޓް ހަދާނެތާ އެޑިޓަރަށް މަގާމެއްދީފަ ދައުލަތުގެ ޚަޒާނާއިން މަހަކު 25 ހާހުގެ މުސާރައެއް ދޭވިއްޔާ.

      13
  14. ގޮލާ

    ދިދަ ހިފަހައްޓައިގެން އެ ހުރީ ދޯ..

    4
    17
  15. އަލްހަމްދު ލިއްލާހި

    ވ އުފާވެރި ޚަބަރެއް. މާތް ﷲ ތިޔަ ނޫހުގެ ބޭބޭފުޅުންނަށް ހެޔޮރަޙްމަތް ލައްވާށި. އަދި ތިޔަނޫހަށް ކުރިއެރުމާއި ފާގަތިކަން މުވްރު ކުރައްވާށި. އަޅުގަނޑުވެސް ތިޔަ ނޫހުގައި ވަރަށް މސައްކަތް ކޮށްލާހިތްވޭ. އަޅުގަނޑަކީ އޮސްޓްރޭލިޔާއިން މާސްޓަރސް ހަދާފައިވާ މީހެއް. ފާގަތި ދުވަސްތަކަކަށް އެދެނެ.

    38
    2
  16. ހޖދޖ

    ސީރިޔާގައި ވެސް ނޫސްވެރިޔަކު ބެހެއްޓުން ރަގަޅު. ސީރިޔާގެ ހާލަތު ވެސް އެގެން ބޭނުންވޭ. އެހެން ނޫސްތަކުން ނުލިޔާނެ ސީރިޔާގެ ވާހަކަ ތަކެއް. މި ރޯދަ މަހު ބައްޝާރު ހިންގާ ޖަރީމާ ތަކުގެ ވާހަކަ ވެސް އެއްވެސް ނޫހެއްގައި ލިޔެލާފަ ނެތް

    35
    3
    • ޖފހދ

      ސީރިޔާގައި ތިބި ދިވެހިންގެ ތެރެއިން މީހަކު ވެސް ރަގަޅު ވާނެ

  17. ހުވަދޫ

    ވަގުތު ނޫހައް މަރުހަބާ

    20
  18. ށުކުރިއްޔަ

    ށުކުރިއްޔަ ވަގުތު ޓިމަށް

    19
  19. Anonymous

    މާތް ﷲ ހެޔޮރަޙްމަތާ ބަރަކާތް ވަގުތުގެ ވެރިންނަށާ މުވައްޒަފުންނަށް މިންވަރު ކުރައްވާށި. އާމީން.

    18
  20. Anonymous

    މި ނޫހުގެ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން. އިސްލާމް ދީން ކުރިއަރާ މުސްލިމުނަނަށް ގަދަކަމާއި ބާރާއި ނަޞްރު ދެއްވާނދޭވެ. އާމީން.

    20
    1
  21. ނާއްޓެ

    ހަބޭސް

    13
  22. ޙަހަހަހ

    ވަގުތުން ވީމާ ޝައްކުއުފެދޭ ތިކަމާވެސް. ލޮލް
    ކިހާވަރަކުން ދާނެބާ؟؟؟

    4
    11
    • Anonymous

      ކޮންކަމެއްގެ ޝައަކެއް؟ ކީެްވެ ވަގަށް ނުގޮވީ؟ މިގަެުމުގެ 53% މީހުންގެ އަނގަބަތީ ބަހަކީ "ވަގު" މުޖުތަމަޭު ހަލާކުކޮށް ޝައިތާނާގެ އަޅުންނަށް ހަދަނީ މި ބުނި %25 މީހުން. މި% ބަލާލަން 2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ޗެކްކޮށްލާ.

    • ކިނބޫ

      ތަމެންނަށް ޝައްކު ނުއުފެދޭނެ ރާޓީވީ ނަމަދޯ

  23. އަހުމަދު ޒާހިރު

    ވަގުތު 100+ ހަބޭސް.

  24. ދދދދދދދ

    ސާބަހޭ ވަގުތުގެ ހިއްވަރުގަދަ ފަހުލަވާނުންނަށް. މި ގައުމުގަ ނޫސްވެރި ހެދިގެން އެތިބައުޅޭ މީހުން ލަދުގަނެބަލަ.

  25. ސަލ

    ސަޅި

  26. ރައްޔިތު

    ވަގުތު މިހާރު އިންޓަނޭޝަނަލް ވެއްޖެ. އެހެން ނޫސްތައްވެސް ވަގުތު އުޅޭގޮތަށް އުޅެން ގޮވާލަން.

  27. ާއަފީ

    ސާބަހޭ ވަގުތުން ތިކުރާ ހިއްވަރއް.ގައްޒާގައި އިޒުރޭލުން ހިންގަމުންދާ އަނިޔާވެރި ކަމަަށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނާތީ ހިތާމަ ކުރަން.އެކަން ވެސް ކޮންމެސް ބައެއްގެ ސަމާލުކަމައް ގެންނަން އެބަޖެހޭ.

  28. ބޯހަލާކު 17 މެއި 2019

    ސާބަހޭ ތީނޫސްވެރިންނަކީ ވަރަށް އުފާވެއްޖެ.