މާލޭގެ ގެއެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައި ވަނީ ރޭގެ ވަގުތެއްގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓުމަންޓާއި ޑްރަގް އިންޓަލިޖެންސް ޔުނިޓުން ހިންގި ކާމިޔާބު އޮޕަރޭޝަނެއްގައި މާފަންނު ގެއެއް ބަލާ ފާސްކުރުމުގެ ތެރޭގައި 1.209 ކިލޯގެ ކެނަބިސްއާއި، 454.8 ގްރާމްގެ ހެރޮއިން އަދި 0.6 ގަރާމްގެ ކޮކައިން ފެނިފައިވާ ކަމަށެވެ.

އަދި އެ މަސްތުވާތަކެއްޗާ ގުޅުންހުރި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާައަފީ

    ސާބަހޭ ދިވެހި ސިފައިން

    2
    4
  2. ހާރޫނު

    ދިޔަމިގިލިން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލަވެސް މިހާރުވަނީ އޮއްބާލާފަ އެއީ ދިޔަމިގިލިން މަތުވާތަކެތީގެ ފޮށިގަނޑު ގެންގުޅުނީ މިހާރު ހޯމްމިނިސްޓަރަކަށް ހުންނެވި ޢިމްރާނުގެ ކާރުޑުރައިވަރަކަށް ކުރިންއުޅުނު ދިޔަމިގިލީ ޒުހުރީގެ ކޮއްކޮއަކަށްވާތީ އެކަން މިހާރު އޮއްބާލީއެވެ. އަދި ދިޔަމިގިލީ ޕޮލިހުގެ އިންޗާޖަކަށްހުރި ރިފްޝާނުގެ ބައްޕައަށް ފެނަކަ ކޯޕަރޭޝަން ދިޔަމިގިލީ ބްރާންޗްގެ މެނޭޖަރުކަންވެސް ދޭނެކަމަށް ބުނުމުން ޕޮލިހުންވެސް އެމައްސަލަ ކުރިއަށްނުގެންދާގޮތަށް ހަމަޖައްސާފި

  3. އަނިލް

    ބައްލަވާ ރައީސް ހާދަ ގިނަ މަސްތުވާތަކެތީގެ މައްސަލަތަކެކޭ މި ފެންމަތިވަނީ.......
    80% އެމް ޑީ ޕީ އަށް ނިސްބަތްވާ ފަރާތްތައް...
    ރިޔާސީ ވައުދެއްތޯ...

    7
    1
  4. DHONA

    ތިހެން ބުނެވިދާނެ ދޯ ހަމަ ކޮންމެ އެއްޗެކޭވެސް....ކޮބާ އެޑްރެސް...މީހުންގެނަން....ފޮޓޯ....
    އަހަރުމެންވެސް ރޭގަ ހިފިން އެއްގަމުން....ބޮޑު މިޔަރަކާ...ހައެއްކަ ލަނޑަޔާ....ދެތިން މެކުނުވެސް....ދެން ކަލޭމެން ގަބޫލް ކުރާނެތަ.......ހެ ހެ ހެ ހެ ހެ

    6
    1
  5. ޕޯ

    ރޯދަ ވީއްލާ އެތިކޮޅު

    5
    1
  6. ޖިންނި

    ކާމިޔާބު ވާނީ އެއީ ކޮން ގެއެއް ކަމާއި ކޮން ބައެއްކަން ވެސް ހާމަ ކުރިއްޔާ !