މާލެ ސިޓީގެ މަގުމައްޗަށް ކުޅުޖެހުން މަނާކުރުމަށް މާލޭ ސިޓީ ކައުންސިލަށް ހުށަހަޅައިފިއެވެ.

މިހުށަހެޅުން ހުށަހަޅާފައިވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޝާމިރުއެވެ. މިހުށަހެޅުމުގައި ބުނެފައިވަނީ މާލެ ސިޓީގެ މަގުމައްޗަށް އާންމުކޮށް މާލޭގައި ދިރިއުޅޭ ބިދޭސީން، ޚާއްސަކޮށް ގިނަ އަދަދަކަށް ބަނގްލަދޭޝް މީހުން ކުޅު ޖަހަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެހެންކަމުން އުފެދެމުންދާ ބަލިމަޑުކަންކަމަށް ހައްލެއް ގެނައުމަށާއި، މާލެ ސިޓީގެ މަގުތަކަކީ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރާ މަސައްކަތުގެ ތެރެއިން މާލެ ސިޓީގެ މަގުތަކަށް ކުޅު ޖެހުމަކީ މަނާ ކަމެއް ކަމަށް ނިންމުމަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމާލޭ ސިޓީގެ މަގުމައްޗަށް ކުޅު ޖެހުން މަނާ ކުރަން ހުށަހަޅާފައިވާއިރު، މިމަހުގެ 16 އިން ފެށިގެން މަގުމަތީގައި ސިނގެރޭޓް ބުއިންވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ވިސްނާ

    މާލޭގެ މަގުމަތީގަ މާރާމާރީ ހިންގުން ވައްކަން ކުރުން ފޭރުން މަނާކުރޭ ތިގޮތަށް މަނާ ކުރާ ކަންކަމުގައި ޖޫރިމަނާ ސްލިޕް ދީގެން ޕޭއި ކުރި މީހުން އިހަށް ހޯދަބަލަ
    ވެރިކަމުގެ ބާރުތައް ލިބުމުން ކައުންސިލުތަކުން ކުރާނެ ކަމެއް ނޭގިގެން ތެޅިބާލާ ތަން މިފެންނަނީ އެކަކު ރަށުގަ ހުރި ހުރިހާ ބިމެއް ވިއްކާނެ ދެން ހުރި ބަޔަކު ރުއްގަސް ކަނޑާނެ މިވަރު މިވެރިކަން ދާނެ ގޮތް ބަލަން ތިބޭ

    46
    8
    • ބަކުރު

      ނެތެއްނު ސަލާމަތެއް. އެއްކަމެއް ކޮށްފަދޯ އަނެއްކަމެއްވާނީ

      17
      5
  2. ޓުކުރި

    މަގުމަތީގައި ސިގިރޭޓް ބޯ މީހުނާއި ކުޅުޖަޙާ މީހުނާ ރަތްކުޅު ޖަހާމީހުން އަދި ކުނިއަޅާމީހުން ޖުރިމާނާ ކޮށްބަލަ.އޭރުން އެވީ ސިންގަޕޫރަށް.

    52
  3. ބަކުރުގެ ތަކުރު

    ތަންފީޒު ނުކުރެވޭ އަމުރު ނުކުރުމަށް ގޮވާލަން

    40
    2
  4. އަޙުމަދު ޙަމީދު

    އަޅޭ މިހާރު ވެސް އެއި ގާނޫނަކުން މަނާ ކަމެއް. ރާބުއިމަކީ ރަސޫލާއަށް އާއިޝަތުގެފާނަށް ފުރައްސާރަކުރުމަކީ، ވައްކަންކުރުމަކީ ދީނުގައި މަނާ ކަމެއް. މައްސަލައަކީ ތަންފީޒުުރާން ނުކެރުން.

    39
    1
  5. ޢައިސަތު

    މަނާ ކަންތައް ކުރީމަ ވާކަމެއް އޮވޭބާ
    މިހާރުވެސް ކަންކަން މަނާ ސަރަހައްދުތައް އޮވޭ

    31
  6. ހުސޭނުބޭ

    ދަރިވަރުންނަށް ނާސްތާ ދޭ ފަދައިން ކުޅުޖަހަން ބޭނުންވާ މީހުންނަށް ސަރުކާރުގެ ޚަރަދުގައި ފީކުދާނެއް ހޯދާދީ ރަޖިސްޓްރީކޮށްދޭންވީނު! ކެކެކެކެކެކެކެކެކެ

    29
    4
  7. ލަތީފާ

    މާލެ މަގުމައްޗައް ނިކުތުން މަނާކޮއްބަލަ އޭރުން ތިޔަ ކުޅެއްނުޖެހޭނެ އެއްނު

    23
    7
  8. އަހުމަދު

    ރަގަޅުކަމެއް އެކަމަކު ކިހިނެއް ބަލާނީ. ކޮއްމެ ހޮޓަލެއްގެ ކުރިމަތީގަ ފުލުހަކު ބަހައްޓައިގެން ވާނީ.

    16
  9. ސާބަސް

    މާލޭ މަގުމައްޗަށް ނުކުންނަނަމަ ފައިސާ ދައްކާގޮތައް ހަދާ. އޭރުން މާލޭސިޓީ ކައުންސިލަށް ލާރިލިބި ތޮއްޖެހުން ކުޑަވެ ކުޅުޖެހުންވެސް މަދުވާނެކަމަށްފެނޭ.

    15
    2
  10. ޙަބީބު

    އާންމުރައްކާތެރިކަމައް ދަރިންނާ ކުޑަކުދިންނާ ޖުމްލަކޮއް ވަރައް ރަނގަޅުކަމެއް މިހާރު ވާގޮތަކީ މަތީބުރީގަ ހުރެފަ ތިރިޔައްވެސް ހަމަޖަހަނީ މީވަރައްދެރަ ކަންކަން

    17
  11. މޮހަނު

    ފުރަތަމަ މާލޭ މަގުތަކުގަ ދުއްްވޭގޮތް ހަދާބަލަ، މި މަގުތަކުގަ ދުއްވުމެކޭ ކަނޑުގަދަ ދުވަހެއްގަ ހުވަދޫ ކަނޑު ހުރަސްކުރުމެކޭ ތަފާތެއް ނެތް، ކުރަން ތިއުޅެނީ ހުސް ރަގަޅު ކަންތައް ތައް، އެކަކަމު ރައްޔިތުން ބަލައި ނުގަންނަ އެއްވެސް ކަމެއް ކުރިއަކަށް ނުދާނެ، މަގުމަތީ ގެ ކިތައް ޤަވާޢިދު ތަންފީޒް ނުކުކުރެވި އޮތްކަން އެނގޭތޯ،

    15
    1
  12. ހުޅުރާއްޖެ

    ހައްހައްހާ! ކުޅުޖެހުންތަ ކުކުޅު ގެންގުޅުންތަ! އަޖާއިބު ހައިރާންވެއްޖެ. ކުރެވޭވަރު ކަންތައް ކުރަން އުޅޭ. ކުރާނެ ކަމެއް ނޭނގިގެން އުޅޭ ކައުންސިލެއް. ތިޔަ ގަވާއިދު ތަންފީޒުކުރާނީ ކާކު؟ އެމީހަކު ބޯކޮޅު މައްޗަށް ޖަހައިގެން އެބަހުރިތަ! ކަންކަންމަތީގައި މަގުމަތީގައި ހުންނަ ކުނިފޮށިގަނޑުތައް ނެގޭތޯ އިހަށް ބަލާ. އޭގެ ފަހުން އެހެން ކަމަކާ އުޅޭ.

    15
    1
  13. ނަގޫގޮށްޖެހި

    ކުޅުޖަހާ މީހާގެ ނަން ހާމަކުރެވިދާނެ. މަސްތުވާތަކެތި ބޮއި ވިއްކައި ހަދާ މީހާގެ ނަމެއް ހާމައެއް ނުކުރެވޭނެ. ސަޅި.

    21
  14. ާައަހުމަދު

    މިމީހުން ހީވަނީ ކުރާނެކަނެއް ނެތިގެން އުޅޭބައެއްހެން. ތިޔަށްވުރެ ރަނގަޅުވާނެ މާލޭގެ ގެތަކުގެ ދިޔަދޮވި ހަރުކުރަން އެންގުމާ އެއާކޯނުން މީހުންގެ ބޮލަށް ފެން ނުފައިބާނެގޮތް ހެދުން. ޒމރ މެންގެ ކަމަކީ ނޫހަށް ނަން އަރާތޯބެލުން

    17
    1
  15. ނަބާ

    މަގުމަތީގައި ކިސް ކުރުމާއި ، ދެޖިންސް އެކަހެރި ކޮށްތިބުން މަނާކުރިނަމަ ހާދަ ރަނގަޅުވީސް! މިހާރަކު ނުކެރޭ ދަރިންގޮވައިގެން ބޭރަށް ނުކުމެ ހިނގާލާކަށް ، ފެންނަ މަންޒަރުތަކުން ލަދުން ބޯހަލާކު ހިތަށް އަރާ މީހަމަ މުސްލިމް ޤައުމެއްބާވައޭވެސް!! މިކަންތައް ހައްލުކުރުން މާ އައުލާ ކަންބޮޑު، އޭރުން ގައިމު އިޖުތިމައީ ފޭރާން ވީދިގެން ނުދާނެ!! އުންމީދުކުރަން ސަރުކާރުން މިކަންތަކާ ދޭތެރޭ ވިސްނާނެ ކަމަށް !!

    19
  16. ނޫރޫ

    ތިއަށްވުރެ ރަނގަޅުވާނެ ފޮޑިޖެހުން ހުއްޓުވިއްޔާ

    16
    1
  17. އަޖުމާ އަލީ

    އިމާރަތްތަކުގައި ކަރަންޓްވަޔަރުކުރުމަކީ މިދާއިރައިންކިޔަވައިގެ މޯލްޑިވްސް އެނަރޖީއޮތޯރިޓީން ހުއްދަކުރާ ލައިސެންސްއެއް ނަގައިގެންނޫނީ ނުކުރެވޭކަމެއް އެކަމަކު މިބަންގާޅިން ގޭގެއާއި އިމާރަތްތަކުގައިހިތައްއެރިގޮތަކަށް ނަރުއަޅައިފައި ރުފިޔާބޮނޑި ހިފައިގެންދާނެ ދިވެހިންތިބެންޖެހެނީ އަތްޖަހަން މިބަންގާޅިންނަށްކަށްނޭގޭ މަތީލޯޑްނަގާ އެއްޗެއްސައް ވައިރުކޮށްފައިހުންނަންޖެހޭނީ ކޮންގޮތަކަށްކަމެއްވެސް އިރުކޮޅަކުންބުނާނެ އޭސީ އަށް ގުޅައިފަންސޮކެޓްހުރީވިރިފައޭ މިވަނީކިހެނެއްކަމެއްބަންގާޅިންނަކަށްނޭގޭ މިވެސްމަނާކަމެއް ކީއްވެނުހުއްޓުވެންވީ

  18. ބަޒިލް

    މިސަރުކާރަކީ ތަރުތީބު އޮޅިފައިވާ ސަރުކާރެއް.. މި މީހުން އޮފީހައްވެސް ހިނގައިދާނެ ފަޓުލޫނު މަތީން ޖަންގިޔާ ލައިގެންވެސް. ބަލަގަ މަގުމަތީގައި ހުރި ވަޅުގަނޑުތައް ރަނގަޅުކޮއް އެއްވަރުކޮއްބަލަ ފުރަތަމަ. އަދި ކާނުތައް ނުބެދޭ ގޮތައް ހަދާބަލަ.. އަދި އެއްގަވާއިދަކުން މަގުމަތި ކުނިކަހާ ކުނީންރައްކާތެރިކޮއްބަލަ.. ޕާކިން ޖާގަ އުފައްދަބަލަ.. އެއައްފަު ސިނގިރޭޓު ބުއިން މަނާކުރިޔަސް ރައްޔިތުންނެއް މަލާމާތެއް ނުކުރާނެ.

  19. ސަތޭކަ އެކާވީސް

    މިހީވަނީ އަލަށް ކުރަން އުޅޭކަމެއްހެން. ބަލަގަ މިހާރުވެސް އެއީ ޤާނޫނީ ގޮތުން މަނާ ކަމެއް..

  20. ބަލާ

    މީދެން ބޮޑުބެގެން ވާ ވަބާއެއްނު. މަގުމަތީގަ ބޫން ކަނޑާފަ ދުއްވާ ސައިކަލު މިއުޅެނީ ނުހުއްޓުވިގެން.... އަދި އެއީ ފާޅުކަން ބޮޑު ގޮތެއްގަ ކުރާ ކަންކަން.... ދެން ސިއްރު ސިއްރުން ޖަހާ ކުޅު ގަނޑު ޖެހުން ކިހިނެއް ހުއްޓުވާނީ ؟؟؟؟؟

    9
    1
  21. ލަލަލާ

    . މަގުމަތީގަ ބޫން ކަނޑާފަ ދުއްވާ ސައިކަލު މިއުޅެނީ ނުހުއްޓުވިގެން.... އަދި އެއީ ފާޅުކަން ބޮޑު ގޮތެއްގަ ކުރާ ކަންކަން.... ދެން ސިއްރު ސިއްރުން ޖަހާ ކުޅު ގަނޑު ޖެހުން ކިހިނެއް ހުއްޓުވާނީ ؟؟؟؟؟

  22. އަލީ ވަހީދު

    ދުވާރު ބެދޭގޮތަށް ވެހިކަލް ޕާރކް ކޮށްފައި ބެހެއްޓުންވެސް މަނާކުރަންވީ.... އިސްފަސް ކުރުމުގަ މައްސަލައެއް އެބައުޅޭ

  23. ކަރާބަނޑު

    މާ ކަންކަންވާ ބައެއްކަމަށް ދެއްކެން ނޫޅޭ.

  24. ޢާށް

    މާލޭގެ ކުލި ބޮޑުކުރުން ވެސް މަނާ ކުރަންވީ އެއްނު، ހެޔޮނުވަާނެ

  25. ރަސުން

    މާލެ މަގުތަށް މަތި ހޭކެޑިގެން އުޅޭ ކުދިން ކޮޅު ސާފުކުރިށް މާތާހިރުވާނެ

  26. ތާޒަން

    އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ހެދުން އަޅައިގެން ނޫނީ ބޭރަށް ނުނިކުމެވޭގޮތް ހަދާބަލަ، ދިވެހި ފާސްކުރި ހެދުމޭކިޔާ ހެދުމުން ނިވާވޭބާ، އަދި އެއާއެކު އަޅާ ބުރުގާ އެހާކުޑަ. މީތި އުވާލާފަ އައުަރަ ނިވާވާ ޤައުމީ ހެދުމެއް ހޯދަންވެއްޖެނު.

  27. ފާތުން

    އަސްލު ތީވަރަށް ރަގަޅު ކަމެއް..މަގުތަކަށް ރަތްކުޅު ޖަހާވަރުން މުޅިމަގުތަށް އޮންނަނީ ރަތްކުލަޔަށް ވެފަ.. އަދި މަގުތަކުގަ ހުންނަ ސައިކަލު ތަކުގެ ފޮޅު ތަކުގައިވެސް ހުސް ރަތްކުލަ.

  28. ށ

    އަވަހަށް ތިކަން ކުރޭ