ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރު އާ ހަރުފަތަކަށް އުފުލިއްޖެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އިންޑިއާގެ "ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވުމަށް ފަހު މިހާރު ހާލަތު އޮތީ ކިހިނެއްތޯ ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރު އޮތީ "ހަރު ހިލައަށް" ވެފައި ކަމަށެވެ.

"ދެގައުމުގެ ގުޅުން ވަނީ ހުރިހާ ދާއިރާއަކުން ވެސް ބަދަހިވެފައި. ދެގައުމުގެ ދެމެދުގައި އޮންނަ އިތުބާރު ބޮޑުވެ، ސަލާމަތީ ދާއިރާ އިންނާއި އެހެނިހެން ދާއިރާތަކުން ވެސް ވަނީ ގުޅުން ބަދަހި ކުރެވިފައި." މިނިސްޓަރ ވިދާޅުވިއެވެ.

ނިރުބަވެރިންގެ ނުރައްކަލާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ނިރުބަވެރިންގެ ނުރައްކާ އޮތީ ވަކި ގައުމަކަށް އަދި ވަކި ދީނަކަށް ނޫން ކަމަށެވެ. އެހެންކަމުން އެނުރައްކާ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެ އަށް ވެސް އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖެ އަކީ އިންޑިއާ ކަނޑުގެ ބެލެނިވެރިޔާ. ސަބަބަކީ ރާއްޖެ މިއޮތީ އިންޑިއާ ކަނޑުގެ މެދުގައި. އެކަމުގެ ސަބަބުން ރާއްޖޭގެ ޒިންމާތައް ވެސް އިތުރު. އަޅުގަނޑުމެން ޒިންމާ އަދާކުރާނީ ހުރިހާ ގައުމަކާއި ވެސް ގުޅިގެން. ނުރައްކާތައް މަދުކުރެވެން އޮތް ހަމައެކަނި ގޮތަކީ ވެސް ގުޅިގެން މަސައްކަތް ކުރުން. ރާއްޖޭގެ ޖާސޫސީ އިދާރާތަކާއި، ސަލާމަތީ ބާރުތައް އަދި ބޯޑަރު ކޮންޓްރޯލް ކުރާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން އެހެން ހަރުފަތަކަށް އުފުލިއްޖެ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވި އިރު ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ސަލާމަތީ ކަންތައްތަކާއި ބެހޭ ސިޔާސަތު އެކަށައަޅަނީ އިންޑިއާ އިން ބޭނުންވާ ގޮތައް ކަމަށް އިންޑިއާގެ ނޫހެއް ގައި ވަނީ ކުރިން ބުނެފައެވެ. ބަދަލެއްގެ ގޮތުން ރާއްޖެ އިން އެދުނު 21 ބިލިއަން ރުފިޔާގެ ލޯނު އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ކަމަށް މީޑިއާތަކުން އެއްބަސްވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ކާމިލު

  އެހެން ވީމަދޯ ރައްޖޭގައި ރޭޕް ގިނަކުރަނީ، އިންޑީޔާގައި ހުންނަ ހުރިހާ ނުބައި ކަންތައްތަކެއް ތާއަރަފް ކުރަނީ. ކާލޭމެން ހިންދޫ ސޭޓްއަށް ސަޕޯޓް ކޮއްލާ. އިންޑީޔާއާއި ގުޅުން ގޯސްވީ މޯދީ ދިނީ މިނިވަންކަމަށް ގޮވާލާތީ

 2. ބޮންދު

  ޤައުމު އަދަވަޅަކަށް ވައްޓާލަން ކަލޭ ފައިނަގައިގެން ހުރޭ، މި ޤައުމުގެ ބަތަލުން ކަލެޔައް މާފެއް ނުކުރާނެ. ފަހުވަގުތު އިންޑިއާއިން ހިމާޔަތް ހޯދިޔަސް

 3. ބެއްޔާ

  ޝާހިދު އިންޑިޔާއަށް ދިވެހިރާއްޖެ ވިއްކާލައިފި. އިންތިޚާބަށާއި ރާޑަރުބެހެއްޓުމާއި ސިފައިން ބޭއްތިއްބުމަށްޓައި އެތައް މިިލިޔަން ރުފިޔާ އެމްޑީޕީގެ އިސް ފަރާތްތަކުންވަނީ އިންޑިޔާއަތުން އަތުލާފަ.

 4. ނާޒުކު

  މިހާރު ތައްޔާރުވަމުން ދަނީ އައިޖީއެމް ހޮސްޕިޓަލްގެ ހަރުފަތަށް އަރަން. ދެން ދަރުމަވަންތަ.

 5. ދެބައި

  ތި ދެން ނުފިލާނެ މިގައުމަކުން. ކުރިން މައުމޫނު ވެރިކަމުގައި ފޭބުނީމަ އެކަމުގެ ބަދަލހުގައި މިފަހަރު ދެން ނުފައިބާނެ، އެމީހުންގެ އަޅުވެތިކަމުގައި އެނެއްހެން ތިބެނީމި

 6. އެހެންތަ.

  ގުޅުން އެހެން ހަރުފަތަކަށް ދިޔައީކީނޫން. ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިޤުލާލު ނަގާލީ. އިންޑިޔާގެ އަޅުންތަކެއްސަރުކާރާ ޙަވާލުވެ. ޤައުމު އިންޑިޔާ އަށް އަޅުވެތިކުރީ. ރާއްޖޭގެ ތާރީޚްގައި މިކަންލިޔެފަ އެބަހުރި
  ނަޝީދު ، ސާލިހު ، ޝާހިދު، މާރިޔާ އަދި މިހާރުގެ ޗީފް އޮފް ސްޓާފް އަށް ދިވެހިދަރީން ދުވަހަކުވެސް މަޢާފެއްނުކުރާގެ. އެދަރީންގެ ތެރެއިން ޤައުމުގެ އަބްތާލުން ނުކުމެ ﷲ ގެ ވާގިފުޅާއެކު ޤައުމު މިނިވަންކުރާނެ.

 7. ޓަވަރު

  އުފުލުނީ އަސްކަރީ ހަރުފަތަކަށް.....އުފުލުނީ ދެން ދުވަހަކުވެސް ސަލާމަތްނުވާނެ ހަރުފަތަކަށް.....އުފުލުނީ ބޯދަމައިގެނެވެން ނެތް ހަރުފަތަކަށް

 8. ބީޗް

  ސަލާމަތް ނުވާ ވަރަށް ދަރަނީއެވ ދެން ބުނާ ގޮތް ހަދަން މިޖެހުނީއެވެވ. މަޖްބޫރު ވަނީއެވެ.

 9. ހުސޭނުބޭ

  އިންޑިޔާއިން ރާއްޖެ އަޅުވެތިކުރުމުގެ މުޅިން އާ ހަރުފަތަކަށް އުފުލިއްޖެ! !

 10. ޙައްޤު1

  ޤައުމު ވިއްކި ވަރަކަށް ތި ހަރުފަތްތަކަށް އަރުވަމުން ދެވޭނެ... ވިއްކާ ހުސްވީމަ ކޮށްޕާ ވައްޓާލާނެ ދުވަސް ވެސް އަންނާނެ އަދި...

 11. ގަބޯ

  ކިތަންމެހާވެސް މައްޗަކަށް އުފުލިއްޖެ. އުފުލުނުވަރުން ގައުމުގެ މިނިވަންކަމާ އިސްތިޤްލާލަށްވެސް ލޮޅުން އަރުވާލައިފި.
  ދެން ނިކަން ކުއްޖަކު ބުނެދީބަލަ އިންޑިއާއިން ދިން ކަމަށް އެބުނާ 21 ބިލިއަން ރުފިޔާވަނީ އަޅެ ކޮންތާކަށް. ބަނދަރެއް ނަހަދާ، ފަޅެއް ނުހިއްކާ، ފްލެޓެއް ނާޅާ، ހޮސްޕިޓަލެއް ނަހަދާ، އިންޖީނެއް ނުހޯދާ، ހުވޭ މިބުނީ މަ އޮޅިއޮޅި މަށަށް ނޭނގުނު އެ ފޭސާއަށް ވީގޮތެއް. އިންޑިއާއިން ރާއްޖެއަށްދިން ހެލިކޮޕްޓަރު ބަލަހައްޓަން 250 އިންޑިއާ ސިފައިން. އެމީހުންގެ ހުރިހާ ޚަރަދެއް ރައްޔިތުންގެ ފައިސާއިން. ދިވެހި ސިފައިންގެ ތެރޭގަ ހެލިކޮޕްޓަރެއް ދުއްވާ ބަލަހައްޓަން އެނގޭ ކުއްޖަކު ހަމަ ނެތީބާ. ނޫނީ މިއީ ޖުހާ ގެ ވިއްކި ގޮތަށް ހިނގާ ކަމެއްބާ. ޖުހާވެސް ގެ ވިއްކި އިރުގަ ގޭގެ ފާރަށް ޖަހާފަ އިން މޮހޮރެއް ފިޔަވާ ހުރިހާ އެއްޗެއް ވިއްކާލީ. ދިވެހިންގެ ތެރޭގަ ތިމާމެންގެ ޤައުމާމެދު ވިސްނަނީ ވަރަށް މަދުބަޔަކު. ގިނަ ބަޔަކު މާއްދީ އުފަލާ ފައިސާއަށް އަޅުވެތިވެފަ. އެކަން މި ރޯދަމަހުގައި ހިނގާ ދީނާ ޚިލާފު ކަންތައް ތަކުންވެސް އެބަ ސާބިތުވޭ.

 12. ނަސީދު

  ޢެޜާޕޯޓް ދެވުނީމަދޯ އެންހަރުފަތައް މިދިޔައި

 13. ނޫސްކިޔާ މީހާ

  އިންޑިޔާއިންބާ ރާއްޖޭގެ ވެރިކަން ވައްޓާލައި ވެރިކަމަށް މީހަކު ހަމަޖައްސަނީ؟ މަށަށް އޮޅިއްޖެ އެހެންވިމާ ވޯޓުވެސްލަނީ އިންޑިޔާ ރައްޔިތުންގެތެރެއިން ވަކިބަޔަކުބާ؟؟؟ އެހެނ ނޫންނަމަ އިންޑިޔާ އާއި ގުޅުން ރަނގަޅުވެގެން އެމްޑީޕީ ވެރިކަން ދެމެހެއްޓޭނޭ ބުނާކަށް ނުޖެހޭނެ އެހެން ނޫނީ އެބުނި ބަހުގެ މާނަ ވަރަށް ނުރައްކާ ރާއްޖެ މިހާޜު މިވަނީ އިންޑިޔާގެ އަޅުވެތިކަމުގެ ދަށުގަކަމަށް އަޅުގަނޑަށް ތަރުޖަމާ ކުރެވެނީ މީ ދިވެހިން ހިތާމަކުރަންޖެހޭ ކަމެއް މި ޤައުމުގަ 30 އަހަރު ވެރިކަންކޮށްފަ މީހަކު ގަދަކަމުން ވެރިކަމުން ބޭލި އިރު މިޤައުމު އެއްވެސް ބަޔެއްގެ އަޅުވެތިކަމުގެދަށަށް ދިޔަނުދޭ އެކަމު މިހާރު އިނގޭސިންނާ އިންޑިޔާގެ އަޅުވެތިކަމުގެ ދަށުގައި ޤައުމު ހަލާކުވެގެންދާކަމަށް ޤަބޫލްކުރަންޖެހިއްޖެ މިއީ ދިވެހިން ހިތާާމަކުރަންޖެހޭނެކަމެއް

 14. ކައްދާދި

  ބެނުން ފުޅުވާ ގޮތް ނޫންތޯ މީ، ދެންދުވަސް ކޮޅަކުން މި ދިވެހިން އަނެއްކާ ކިޔަން ޖެހިދާނެ ބާ ޖޭހިންދު ޖޭހިންދު?

  10
 15. ގެރި

  ގެރިމަސްކާއިން ދިވެހިން މި ރާއްޖޭގެ ފަސްގަނޑުގައި މަރާ ހިސާބަށް ގެންދެވުނީތޯ؟

 16. ގުޅުން

  ގުޅުން އެހެން ހަރުފަތަކަށް ދިޔައީ އެއްނޫނެވެ. އަމިއްލަ ބާރު ކެޑި އަޅުވެތި ކޮށްލީއެވެ. މިއަދު ކަމެއް ނިންމާނަމަ ފުރަތަމަ އިންޑިއާގެ ރުހުން އޮތްތޯ ޖެހެނީ ބަލާށެވެ. އިންޑިއާ އަށް އެތައް ތަނެއް ވަނީ ދޭންޖެހިފައެވެ. ރަގަޅަށްވާނަ މިހާރުވާނީ ދީފައެވެ. އިންޑިއާ އިން ދިންކަމަށް ބުނާ 1.8 ވީތަނެއްވެސް ނޭގެއެވެ. އެ ރުފިޔާ އަށް ވީގޮތެއްނޭގުނުފަދައިން އެ ރުފިޔާ ހޯދަމަށް ވިއްކާލީ ކޮން އެއްޗެއް ކަމެއް އާންމުންނަކަށް ނޭގެއެވެ. މީނަގެ ކަމަކީ ދުނިޔޭގަ ބުރު ޖެހުމެވެ. ރެކޯޑެއް ހަދަނީ ކަންނޭގެއެވެ.

 17. އިންނަޑާ

  ތިޔައިންޑިޔާ ނުދޭނެ ދިވެހިރާއްޖެ ހަމަފައިމައްޗައް ކޮޅައްތެދުވެ ހިންދަމާލިޔަކަ ރާއްޖޭގެ ރަށެއް ފޭރިގަނެގެން އެތިބީ އިންޑިޔާއަކީ ރަނގަޅުބައެއްނަމަ މަލިކު ދިވެހިންނާ ހަވާލުކުރާނެ ނަމަވެސް ނުކުރާނެ އެއައްވުރެ ޖާހިލު ބައެއްތީ

 18. މުހައްމަދު

  ފައިދާ ކޮންބަޔަކަށް!
  1. އިންޑިއާބުނާގޮތަކަށް ރާއްޖޭގެ ސިޔާސަތުހިންގުން
  2. ލޯނުގެ ފައިދާ އިނޑިއާއަށް ލިބުން.
  3. އިންޑިއާ ސިފައިނގެ ޚަރަދު ބެލެހެއްޓުން

 19. ކޮއިމަލާ

  ވަކި ސިޔާސީ ފިކުރަކަށް ބުރަނުވެ ގައުމީ މިންގަނޑުން ވިސްނާއިރު ، ޔާމީން ގެ ސަރުކާރުން އިންޑިޔާގެ ހުރިހާ ސިފައިން އަނބުރާ ގެންދިޔުމަށް އެންގެވި އެންގެވުމަށް އިންޑިޔާއިން “ ބީރުކަންފަތެއް” ދިނުމަކީ ޑިޕްލޮމެޓިކް ލެންގުއޭޖުން އޭގެ މާނަ ވަރަށް ގޯސްކޮށް ނެގިދާނެ ކަމެއް ، އަޅުގަނޑު ގަބޫލުކުރާގޮތުގައި އެފަދަ ގައުމީ މައްސަލަތަކުގައި އަމަލުކުރަންވާނީ ގައުމީ މިންގަނޑުން ޕާރޓީ ފިކުރަކުންނޫން އަދި ހަމަ އެހެންމެ ކޮންމެ ޕާރޓީ އެއް ވެރިކަމުގައި އޮތަސް ގައުމީ މަސްލަހތު އެންމެކުރީގަ އޮންނަންވާނީ ، އިންޑިޔާ ސިފައިން ރާއްޖޭގެ އެއްވެސް ތަނެއްގައި ތިބޭނަމަ އެކަމެއްގެ ތަފްސީލު ރައްޔިތުންނަށް ހާމަވާންޖެހޭ ، ރައްޔިތުންގެ މަޖިލީހުން ފާސްވާންޖެހޭނެ ، ގައުމު ކުޑަޔަސް ބޮޑަސް ރާއްޖޭގައި ހުންނަނީ އެއްދިދަ އިންޑިޔާގެ ވެސް ހުންނާނީ އެއް ދިދަ އދ.ގައި ލެވޭނީ އެއްވޯޓް

 20. ސޯސް

  ދިވެހިންގެ ތެރެއިން ބީފް ކާހިތްވާ މީހުންގެ އަދަދު މޯދީއަށް އެނގެނިކޮށް ތިޔަ ހަރު ހިލަ ގުޅުމަށް ވާނީ ކިހިނެތްބާ؟