ދަތުވެރިންގެ މާރުކޭޓަށް ބަލާއިރު، ފަޅޮލަކީ ވަރަށް ތިޔާޤި މޭވާއެކެވެ. ރާއްޖެ ތެރެއިން ފަޅޯ ގެންނަ މިންވަރި އިތުރުވެފައިވާތީ، އޭގެ އަގަށްވެސް މިވަނީ ހެޔޮ ބަދަލެއް އައިސްފައެވެ.

އެގޮތުން ފަޅޯ ކިލޯއެއް 15 ރުފިޔާ އަށް ލިބެން އެބަ ހުއްޓެވެ. އަދި ފަޅޮލުގެ ވިޔަފާރިވެސް ވަރަށް ރަނގަޅު ކަމަށް ވިޔަފާރިވެރިން މަޢުލޫމާތު ދެއްވައެވެ. ފަޅޮލަކީ އޭގައި، ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ ބައިތައް އެކުލެވޭ، ވަރަށް މީރު މޭވާއެކެވެ.

ފަޅޮލުގައި ބާރު ގަދަ 3 އެންޓި އޮކްސިޑެންޓެއް އެކުލެވިގެން ވެއެވެ. އެއީ ވިޓަމިން ސީ ، ވިޓަމިން އީ އަދި ބީޓާ ކެރޮޓީން އެވެ. މިބުނި މާއްދާތަކުގެ ސަބަބުން ކޮލެސްޓީރޯލް އޮކްސިޑައިޒް ވުމަށް ހުރަސް އަޅައެވެ. ކޮލެސްޓީރޯލް އޮކްސިޑައިޒް ވެގެން މެނުވީ ލޭހޮޅީގެ ފާރުގައި ކޮބަނޑި ގަނޑެއްގެ ސިފަޔަށް ތަތްވެ، ޖަމާއެއް ނުވާނެއެވެ. މިބުނި ގޮތަށް ލޭހޮޅީގެ ފާރުގައި ކޮލެސްޓީރޯލް ޖަމާވެއްޖެނަމަ ލޭހޮޅި ހަރުވުން ކުރިމަތިވެދާނެ އެވެ. ނަތީޖާއެއްގެ ގޮތުން ހިތުގެ ތަފާތު މައްސަލަތައް ފެންމަތި ކުރުވައެވެ. އެހެން ކަމުން ފަޅޯ ގިނައިން ކާނަމަ ހިތުގެ މިފަދަ މައްސަލަތަކުން މިންޖު ކޮށްދެއެވެ.

މާރުކޭޓުން ވިއްކާ ފަޅޯ / ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

ފަޅޮލުގައި އެކުލެވޭ އެންޒައިމްތަކުގެ ސަބަބުން އާދައިގެ އިންފްލެމޭޝަން ތަކުން ހަށިގަނޑު ހިމާޔަތްކޮށްދީ އަދި ފިހިފައި ހުންނަ ތަންތަން ފަސޭހަވެ ރަގަޅުވުމަށް މަގުފަހި ވެއެވެ. ހުޅުތައް ދުޅަވުން، އަރިދަފުސް ރޯގާ އަދި މިނޫނަސް ތަފާތު ބަލިތަކުން މިންޖުވުމަށް ފަޅޮލުގައި އެކުލެވޭ މާއްދާތައް އެހީތެރި ވެދެއެވެ. މައިދާއަށް ކުރިމަތިވާ މައްސަލަތަކުގެ ތެރެއިން ބަނޑުގައި ވައިހެދުން، ބަނޑު ހިކުން، ބަނޑުގައި އެސިޑް ޖަމާވުން، ފަދަ ކަންތަކަށް ފަރުވާއަކަށްވެސް ފަޅޯ ބޭނުން ކުރެވިދާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު